އެމެރިކާގެ ސްޓޭޓަކަށް ނިސްބަތްވާ ބްރިޓަނީ އާއި ބްރިއާނާ ޑީން ސެލްޔާސް މިއީ އެއްވަތަރު ޖަހާ އެއްމާބަނޑު ދެބެއިންނެވެ. އެ މީހުން ކައިވެނި ކޮށްފައި ވަނީވެސް އެއް ވަރު ޖަހާ އެއްމާބަނޑު ދެ މީހުން ކަަމަށްވާ ޖޯޝް އާއި ޖެރެމީ ސެލްޔާސް އެވެ. މިހާރު ބްރިޓަނީ އާއި ބްރިއަނާވެސް ބަނޑުބޮޑެވެ.

މިއީ ފިލްމްތަކުން ދިމާވާ އަސްލެއް ނެތް ކަންކަން ކަަމަށް އެއްބަޔަކު ބުނި ނަމަވެސް، މިއީ ހަމަ އަސްލު ހަގީގަތެވެ.

މި މީހުން އެމީހުން ބަނޑުބޮޑުކަން ހާމަކޮށްފައި އިންސްޓަގްރާމްއަށް ލި ޕޯސްޓެއްގައެވެ.

"އިނގޭތަ؟ މި ދެ ދެމަފިރިންވެސް ބަނޑުބޮޑު!" އެ މީހުން އިންސްޓަގްރާމް ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ދެ ދެމަފިރިންގެ ވާހަކަ އެންމެ ބޮޑަށް ދެކެވިގެން ދިޔައީ އެ މީހުންގެ ކައިވެންޏަށް ފަހުއެވެ. މި މީހުން ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރު ތެރޭގައި އޯހިއޯއެވެ.

"އަހަރުމެންގެ ދަރިން ވާނީ ހަމައެކަނި ކަޒިންއަށް ނޫން. ފުލް ޖެނެޓިކް ސިބްލިންގއަށް ވާނީ". އެ މީހުން އިންސްޓްރާމްގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މީހުންގެ އާއިލާ ބޮޑުވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އެ މީހުން ބުނެފައި ވަނީ، ދަރިފުޅު އަންނަން ދެން އިންތިޒާރު ކުރަމުންދާ ކަމަށެވެ.

އެ ވާަހަކަ މީސް މީޑިއާގައި ހިއްސާ ކުރުމާއެކު ގިނަބަޔަކު ވަނީ މި ދެ މީހުންނަށްވެސް އެއްމާބަނޑު އެއް ވައްތަރު ޖަހާ ކުދިން ލިބިދާނެ ކަމަށް ބުނެފައެވެ.

އެހެންކަމުން އެންމެންވެސް ޖެހޭނީ އިންތިޒާރު ކުރަން ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ކުރިން އެއްބާނޑު މީހުންނަށް އެއް ދުވަހެއްގައި އެކު އެކީ ދަރިން ލިބިފައި ވެއެވެ. އެހެންކަމުން ބްރިޓަނީ އާއި ބްރިއަނާ ވެސް ދަރިން ލިބިދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޖޯ

    ތި މީހުން ތި އެއްމާބަނޑު ކަމުގެ އެޑްވާންޓޭޖް ނަގާފަ ގޯސް ހަދާފާނެ ކަމަށް ހާދަލަފާ ކުރެވެއެވެ.