ކޮވިޑް-19 ގެ ދުވަސްވަރު އިންސާނިޔަތުކަމުގެ ނަމޫނާ ދައްކުވައިދިން ސޯނޫ ސޫދްގެ ނަމުގައި ފޭކް ޓްވިޓަރ އެކައުންޓަކުން ޓްވީޓްކުރަމުން ދިޔަ ފަރާތަކަށް ނިސްބަތްކޮށް ކޮށްފައިވާ ޓްވީޓްގައި އޭނާ ބުނެފައިވަނީ ކުށެއް ނެތް މައުސޫމު މީހުންނަށް އޮޅުވާލާ މަކަރު ހެދުމަކީ ހައްޔަރު ކުރެވޭނެ ކަމެއް ކަމުގައެވެ. އަދި ލަސްނުވަނިސް މަކަރު ހެދުމުގެ ވިޔަފާރި ހުއްޓާލުމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކޮވިޑް-19 ގައި އިންޑިއާ ފުރަބަންދު ކުރުމުން އަމިއްލަ ގެދޮރަށް ނުދެވިފައި ތިބި އެތައް ބައެއް އެމީހުންގެ ގެދޮރަށް ފޮނުވައިދިނުމުގެ އިތުރުން ފައިސާގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމުގައި އެންމެ ޖޯޝާއި ފޯރިއާއި އެކު މަސައްކަތް ކުރި އެއްފަރާތަކީ ބްލީވުޑްގެ އެކްޓަރ ސޯނޫ ސޫދެވެ.

އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށް ބޭނުންކޮށްފައިވާ ވަސީލަތަކީ ޓްވިޓަރއެވެ. ޓްވީޓަރ މެދުވެރިކޮށް އެހީއަށް އެދެމުން ދިޔަ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް އެކްޓަރ ބުނެފައިވެއެވެ.

އިންސާނިޔަތަށް ކޮށްދެމުން ދިޔަ މި މަސައްކަތް ވެސް ނޭދެވޭ ގޮތުގައި ބޭނުން ހިފުމަށް ބަޔަކު މީހުން ސޯނޫ ސޫދުގެ ނަމުގައި ޓްވިޓަރ އެކައުންޓެއް ހަދައިގެން ޓްވީޓް ކުރަމުން ދިޔުމަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޮޅުންބޮޅުން އަރާނެ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

ބާރަވަރަކަށް މީހުން ހިމެނޭ ގޮތަށް މަސައްކަތް ފެށި މި ޓީމުން ވަނީ އިންޑިޔާގެ އެކި ހިސާބުތަކަށް އެހީތެރިވެދީފައެވެ. މަތިންދާބޯޓާއި ބަހާއި އަދި ޓްރެއިންތަކުގައި އަމިއްލަ ގެދޮރަށް ދިޔުމަށް ދަތުރު ކުރި ފަރާތްތަކުން ބުނެފައިވަނީ ގެއާއި ހަމައަށް ދެވެންދެން ވެސް އެމީހުންގެ ކަންތައްތައް ވަރަށް ގާތުން ބަލައިފައިވާ ކަމަށެވެ. އިންޑިއާގެ ގިނަ ބަޔަކު ސޯނޫ ސޫދަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއެވެ.