ސައުތު ކޮރެޔާގެ މަޝްހޫރު ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ބުލެކް ޕިންކާއި ސެލީނާ ގޮމޭޒުގެ ވީޑިއޯ ލަވައެއް އާއްމު ކޮށްފިއެވެ.

''އައިސްކްރީމް'' މި ލަވަ ވަނީ ޔޫޓިއުބުގެ ޓްރެންޑިން 9 ވަނައިގައެވެ. ލަވަ ފެށޭއިރު ސެލީނާ ހުންނަނީ ރަތާއި ހުދުމުގެ ރޮނގުދެމި ފޭރާމެއްގައި އައިސްކްރީމް ތައްޔާރު ކުރާ އުޅަނދެއްގައެވެ. އަދި ބުލެކް ޕިންކުގެ މެމްބަރުންކަމަށްވާ ޖިސޫ، ޖެނީ، ރޯސް އަދި ލިސާ އައިސްކްރީމް ހިފައިގެން ނަށައެވެ.

ބުލެކް ޕިންކުގެ މެނޭޖިން އެޖެންސީ ވައިޖީ އެންޓަރޓެއިންމަންޓުން ބުނެފައިވަނީ ''އައިސްކްރީމް'' މި ލަވައަކީ ސަމަރ ދުވަސްވަރަށް އަށް އެންމެ ކަމުދާނެ ލަވަ ކަމަށެވެ.

މި ލަވައަކީ ބުލެކް ޕިންކުގެ ކުރީގެ ލަވަތަކާއި ވަރަށް ތަފާތު ލަވައެކެވެ. ބުލެކް ޕިންކުގެ ސަޕޯޓަރުންވެސް ތިބީ މިކަހަލަ ތަފާތު އައު ލަވަތަކެއްގެ އިންތިޒާރުގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ލަވައިގެ ޓްރެއިލާ ނެރުނުތާ 17 ސިކުންތުގެ ތެރޭގައި ވަނީ 14.5 ބިލިއަން މީހުން ބަލާފައެވެ.

މި ލަވައާއި ސެލީނާގެ ކެއްކުމާއި ބެހޭ ޝޯވް ''ސެލީނާ+ޝެފް'' އާއި ގުޅުމެއް ވެއެވެ. މި ޝޯވްގައި މޮޅު ކެއްކުންތެރިން އައިސް ތަފާތު އެއްޗެހި ކައްކަން ސެލީނާއަށް ދަސްކޮށްދެއެވެ. އެއީ ބިސްގަނޑާއި، ކުކީސްއާއި ބޯވާ ފަދަ އެއްޗެހި ތައްޔާރު ކުރާނެ ގޮތެވެ. އެޗްބީއޯ މެކްސް އިން މި މަހު ދައްކަން ފެށި މި ޝޯވްގެ 10 އެޕިސޯޑު މިހާރުވަނީ ނިމިފައެވެ.

ބުލެކް ޕިންކުގެ އެންމެ ފަހު ލަވަކަމަށްވާ ''ހަވް ޔޫ ލައިކް ދެޓް'' ވަނީ 24 ގަޑިއިރުގެ ތެރޭގައި 82.4 މިލިއަން ވިއުސްއާއި އެކު ޔޫޓިއުބުގެ ރިކޯޑެއް ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    މިދިޔަ ބުރާސްފަތި ދުވަހު މި ލަވައިގެ ޓްރެއިލާ ނެރުނުތާ 17 ސިކުންތުގެ ތެރޭގައި ވަނީ 14.5 ބިލިއަން މީހުން ބަލާފައެވެ. ސުވާލަކީ ދުނިޔެގައި މިވަގުތު އުޅެނީ ކިތައް ބިލިއަން މީހުން ތޯއެއެވެ؟

    16
    4
    • އާރމީ??

      ބަލަ 24 ގަޑިއިރު ތެރޭގައި ބްލެ ކްޕިން ކް ގެ މި ލަވަ އަށް ލިބުނީ 13 މިލިޔަން ވިއު ??
      ކޮން 14 ބިލިޔަން އެއް؟

  2. ބbs

    މިހަރު 120މިލިއަން ފަހަނައަޅަ ގޮސްފި. ސެލްޕިކް

    5
    3
  3. ޖިންގެ ފޭނެއް

    ކޮބާ ބީޓީއެސްގެ ޑައިނަމައިޓް؟؟؟ ގައިމުވެސް ޔޫޓިއުބްގެ ރިކޯޑް މުގުރާލީ މި ލަވަ

    10
    3
  4. Anonymous

    ސެލްޕިންކް

    1
    3
  5. Kookie?

    ރެކޯޑް މުގުރާލި ބީޓީއެސް ގެ ޑައިނަމައިޓް ގެ ވާހަކަ ކޮބާތަ؟ ކޮން ބްލެކްޕިންކް އެއްތަ؟

    8
    3
    • ޖިންގެ ފޭންއެއް

      އަސްލުވެސްދޯ؟

      3
      1