މީގެ އެތައް ސަތޭކަ އަހަރެއް ކުރީން ދުނިޔޭގައި ފެތުރުނު ބޮޑު ބަލިމަޑުކަމެއްގައި މަރުވި ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ބޮޑު ގަބުރުސްތާނެއް ޖަމާނީގެ ހުޅަނގުގައި އޮންނަ އޮސާކާއިން ފެނިއްޖެ އެވެ.

މި ގަބުރުސްތާނު ފެނިފައި ވަނީ، އެ ސިޓީގައި ހިންގަމުންދާ މަޝްރޫއެއްގައި ބޮޑު ސަރަޙައްދެއް ކޮންނަމުން ދަނިކޮށެވެ. މި ގަބުރުސްތާނަކީ 19 ވަނަ ގަރުނުގައި މީހުން ވަޅުލާފައިވާ ގަބުރުސްތާނެއް ކަމަށް ވަނީ ބެލެވިފައެވެ.

މިހާތަނަށް މި ގަބުރުސްތާނުން 1500 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، މި އެންމެންގެ ގައިންވެސް އެއްގޮތް ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ. މި މީހުން މަރުވެފައި ވަނީ މީގެ ކުރިން ދުނިޔެއަށް ނުރައްކާ ކުރިމަތި ކުރުވި ނުރައްކާތެރި ބަލިމަޑުކަމެއްގައި ކަމަށް ބޮޑަށް ޤަބޫލުކުރެވިފައި ވަނި މި ސަބަބަށްޓަކައެވެ.

އޮފިޝަލުން ބުނާގޮތުން މި ގަބުރުސްތާނުގައި ވަޅުލާފައިވާ މީހުން، ވަޅުލާފައި ވަނީ ވައްކޮށް ކޮނެފައި ހުރި ވަޅުތަކުގައެވެ. އަދި އެމީހުން ވަޅުލާފައިވަނީ ސަންދޯކެއްގައެއްވެސް ނޫނެވެ.

މި ސަރަޙައްދުން މީގެ އެތައް ސަތޭކަ އަހަރެއް ކުރީން މީހުން ހިނފައި ގެންގުޅުނު ބައެއް ތަކެތިވެސް ފެނިފައިވާތީ، އާކިއޮލޮޖިސްޓުން މިހާރު ދަނީ ސަރަޙައްދު އިތުރަށް ބަލައި ދިރާސާ ކުރަމުންނެވެ. އެފަރާތްތަކުން ޤަބޫލުކުރާ ގޮތުން މި ސަރަޙައްދުން ތާރީޚީ މުޙިންމު މަޢުލޫމަތުތަކާއި އާސާރީ ތަރިކަ ހޯދޭނެއެވެ.