އަންެހެއްގެ އެވްރެޖް އުމުރަކީ 70-80 އަށް ވާއިރު އެ އަންހެން މީހާގެ 69 ދަރިން ތިބެއޭ ބުންޏަސް އެވާނީ ގަބޫލް ކުރަން ދަތި ވާހަކައަށެވެ.

ނަމަވެސް މީގެ އަހަރުތަކެއް ކުރިން ރަޝިއާގެ ސޫޔާއަށް އުފަންވެފައިވާ ވަސިލްލެވާ ވަނީ 69 ކުދިން ދުނިޔެއަށް އުފަންކޮށްފައެވެ.

1707 ގައި ދުނިޔެއަށް އުފަންވި ވަސިލްލެވާ އަށް ފުރަތަމަ ކުށްޖެއްލިބިފައިވަނީ އޭނާގެ އުމުރުން އެންމެ 14 އަހަރުގައެވެ. އެފަހަރު އޭނާއަށް އެއްމާބަނޑު ދެކުދިން ލިބިފައިވެއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ 26 ފަހަރު ވިހައިފައެވެ. އަދި ވިހާ ކޮންމެ ފަހަރަކު އެއްމާބަނޑު ދެކުދިން ނުވަތަ ތިނެއް އަދި ހަތަރު ކުދިންވެސް ވިހާފައިވާ ކަމަށް ތާރީހުގެ ލިޔުންތަކުން ހާމަވެއެވެ.

ވަސިލެސް 10 މީހުންނާއި ކައިވެނިކޮށްފައިވާއިރު އޭނާއަށް ލިބުން 69 ކުދިންގެ ތެރެއިން 40 ކުދިން ވަނީ ކުޑައިރު ޖެހުނު ބައެއް ބަލިތަކުގެ ސަބަބުން މަރުވެފައެވެ.

1782 ވަނަ އަހަރު އުމުރުން 76 އަހަރުގައި ވަސިލެސް މަރުވެފައިވާއިރު އޭނާއަށް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން އެންމެ ގިނަ ކުދިން ވިހި މީހާގެ ރެކޯޑް ލިބިފައެވެ.

ވަސިލެސްއަށް އެންމެ ގިނަ ދަރިން ލިބިފައިވަނީ އޭނާ އެންމެ ފަހުން ކައިވެނި ކުރި އެސްޓީ ޕީޓާބާގްއަށް ކަމަށްވެސް ރަޝިއާގެ ގަދީމީ ބައެއް ލިޔުންތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު