ބައެއް މީހުން ބުނެއެވެ. މިވެނި މީހަކީ "ވަރަށް ކާމިޔާބު" މީހެކެވެ. އޭނާގެ ކިބައިގައި ހުރި ތިމަންނަގެ ކިބައިގައި ނެތް ސިފަ އަކީ ކޮބައި ހެއްޔެވެ. ލޯބިވެރިޔަކު ހޯދުން ނުވަތަ ރީތި އަންހެން ކުއްޖަކު ހަޔާތައް ގެނައުން އެއީ މާފަސޭހަ ކަމެއް ނޫނެވެ. އެއީ އުނދަގޫ މަސައްކަތްތަކަކުން ނޫނީ ނުނެރެވޭނެ ނަތީޖާއެކެވެ.

އަންހެނަކު ހޯދަން ފުރަތަމަ ފަށާ ދަތުރާއި އެކު ކުރަން ޖެހޭ ސުވާލަކީ އަންހެނަކު ތިމާގެ ކިބައިން ބޭނުން ވާނީ ކޮން ކަމެއް ހެއްޔެވެ؟

މިކިޔައި ދެނީ ކޮންމެ އަންހެނަކު ވެސް އެމީހަކުގެ ހަޔާތުގެ ބައިވެރިޔަކަށް ހަދަން ބޭނުންވާނެ ފިރިހެނެއްގެ ކިބައިން ފެންނާނެ ކަމަށް އުއްމީދު ކުރާ ސިފަތަކެވެ.

ލަސްލަހުން ކުރިއަށް ދިޔުން

އެއްވެސް އަންހެނަކީ އޭނާ އާއި ވާހަކަދައްކާ ފިރިހެނަކު މާ އަވަހަށް ކަންތައްތައް ކުރަން އުޅޭނަމަ އެކަމާއި ގަޔާވާނެ މީހެއް ނޫނެވެ. ކޮންމެ އަންހެނަކު ވެސް ބޭނުން ވާނީ ލަސްލަހުން ދެމީހުންގެ ގުޅުން ބަދަހިކޮށް ދެމީހުން އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރުގަދަ ކުރާށެވެ.

ހެދުން އަޅާގޮތް

ބައެއް ފަހަރު ފިރިހެނުންނަށް އެމީހުން ހެދުން އަޅާ ގޮތައް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް އެއީ ގޯހެކެވެ. ފިރިހެނުން ވެސް އެހެން މީހުންގެ ޝައުގުވެރިކަން ހޯދަން ބޭނުންވާމަ ރީތި އަންނައުނު ލުމަށާއި ރީތިކޮށް ހުރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

ވިސްނުންތެރިކަމާއި އެކު ވާހަކަދެއްކުން

ފިރިހެނުން ވާހަކަ ދެއްކުމުގައި ވިސްނުންތެރިކަމާއި ހަރުދަނާކަން ގެންގުޅޭނަމަ ކައިރީގައި އިންނަ އަންހެނަކު އެފިރިހެނަކާއި މެދު ޝައުވެރިވާނެއެވެ. އެއީ އިތުރަށް ޝައްކު ކުރަން ޖާގަ އޮތް ކަމެއް ނޫނެވެ.

އޭނާ އަށް ސަމާލުކަން ދިނުން

އޭނާ ދައްކާ ވާހަކައާއި އޭނާ ކުރަން ކަންތައްތަކަށް ހާއްސަ ޝައުގުވެރިކަމަކާއި ހާއްސަ ސަމާލުކަމެއް ދޭން ކޮންމެހެން ވެސް ހަނދާން ކުރާށެވެ.

އޭނާއަށް ހިނިތުންވުން ގެނެސްދިނުން

ކޮންމެ ވާހަކައަކުން ވެސް އޭނާގެ މޫނު މައްޗަށް ހިނިތުވުން ގެނެސްދެވޭނަމަ ތިހޯދީ ޕްލަސް ޕޮއިންޓެކެވެ. ޖޯކް ކިޔައި ދީގެން ނަމަވެސް ނުވަތަ ޝައުގުވެރި ވާހަކައެއް ދައްކައިގެން ނަމަވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން ގެނައުމުގެ ގާބިލްކަން ތިބާގެ ކިބައިގައި ހުރިނަމަ އޭނާގެ ހިތް އަތުލުން އެއީ އުނދަގޫ ކަމެއް ނޫނެވެ.

ފްލާޓް ކުރަން ވާނެ

އަންހެނެއްގެ ހިތުން ޖާގައެއް ހޯދުމަށްޓަކައި އޭނާ އާއި ފްލާޓް ކުރަން ޖެހޭނެއެވެ. ކާމިޔާބާއި ހަމައަށް ވާސިލް ވެވޭނީ އޭރުންނެވެ.

ހަދިޔާ ދިނުން

ހަަދިޔާއެއް ދިނުމަކީ ކޮންމެ މީހެއްގެ ހިތައް ވެސް ހިތްހަމަ ޖެހުން ގެނުވާނެ ކަމެކެވެ. މިހަދިޔާ އަކީ ކޮންމެހެން މާއަގުބޮޑު ހަދިޔާ އަކަށް ވުން މަޖުބޫރެއް ނޫނެވެ. މުހިންމީ ވީއެންމެ ގިނައެއްކޮށް ހަދިޔާ ދިނުމެވެ.

ރޮމޭންޓިކް

ރޮމޭންޓިކް ވާހަކަތަކާއި ރޮމޭޓިކް ޑިނާތަކަށް އޭނާ އަށް ދައުވަތު ދޭނަމަ އެހިތުން ތިބާ އަށް ޖާގަ ލިބޭނެ ކަން ޔަގީނެވެ. އެހެންކަމުން މިކަމަށް އިސްކަން ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުނައްވަރު

    ލާރި ލާރި

    30
    10
    • ޓ

      ބޭރު ސިފަޔަކުން ރީތިނުވާތާ އެތެރެ ފުށުން ރީތި ފިރިހެނަކު ހޯދުން އެއީ އުމުރު ހުސްވާއިރުވެސް ނުވާނެ ކަމެއް. ދުވަސްކޮޅެއް ފަހުން ކެހިދީފަ ފިލާދާނެ. ހެއްލިފަ ތިބެގެން ވޮލެޓުވެސް ދީފަ ކޮން ލާރިއެކޭ ތިކިޔަނީ.

      11
      4
  2. ސަކީ

    ތިޔައީ ދިވެހި އަންހެން ކުދިންނަށް ކަމުދާ ސިފަތަކެއް ނޫން. ދިވެހި އަންހެން ކުދިން ގަޔާވާނީ ބޮލުގެ އިސްތަށިގަނޑު ދިގު، ނިޔަފަތި ދިގު، ސިނގިރޭޓް ބޯ، ރުޅިގަދަ، އަނގައިން ހަޑިއެއްޗެހި ކިޔާ އަދި ދަރަނި ސައިކަލު ދުއްވާ ފިރިހެން ކުދިންދެކެ.

    64
    21
  3. ބައްޕަ

    ގިނައިން ކާން ދޭ ވަރަކަށް ކާމިޔާބު ވާނެ އަގުބޮޑު ރެސްޓޯރަންޓް ތަކުން ލޮލް 😂

    49
    9
  4. Kamana

    ޖީއެން އަކަށް އަރާފައި ގޮޅިޖެހި ގަމީހެއް ލާފަ ސިގެރޭޓު ބޯމީހެއް ވެއްޖިއްޔާ އެ ނިމުނީ މިހާރު ގެ އަންހެން ކުދިންނަށް. ދެން އަގުބޮޑު ރެސްޓޯރެންޓުން ކާންދީފިއްޔާ

    20
    8
  5. ކަމަނަ

    ޖީއެން އަކަށް އަރާފައި ގޮޅިޖެހި ގަމީހެއް ލާފަ ސިގެރޭޓު ބޯމީހެއް ވެއްޖިއްޔާ އެ ނިމުނީ މިހާރު ގެ އަންހެން ކުދިންނަށް. ދެން އަގުބޮޑު ރެސްޓޯރެންޓުން ކާންދެންޔާ

    11
    3
    • Anonymous

      ބައެއް މީހުނަށް.. ޢަހަރުނަށް ކަމަކުނުދޭ އެކަހަލަ މީހުނެއް

      14
  6. ކުޅިވަރާއި މަޖަލެއްކަމުގައި ދުނިޔޭގެ ދިރިއުޅުން ނުވެއެވެ!

    ދީނުގެ ވާހަކަ ދެއްކީމަ ޖޭވާ މިޝާނީ އަށް ލައުނަތް ލައްވާށި... 😡😠🤬

    6
    2