ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު އަމިއްލައަށް މަރުވެފައި އޮއްވާ ފެނުނު ނަމަވެސް ސުޝާންތުގެ ބައްޕަ ބުނެފައިވަނީ އެއީ ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށެވެ. އެހެންކަމުން މި މަރުގެ ތަހުގީގުތައް އެ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން އެތައް ބަޔަކާއި ސުވާލު ކުރެވި ކަމުގެ ހަގީގަތް ހޯދުމަށް ވަނީ އެތައް މަސައްކަތެއް ކުރެވިފައެވެ. ނަމަވެސް މި މައްސަލަ އަދި ވެސް އެއްވެސް ކޮޅެއްގައި ނުޖެހެއެވެ.

އަނެއްކާ ވެސް މި މައްސަލައަށް އިތުރު ވާހަކަތަކެއް އައީއެވެ. ސުޝާންތުގެ ގޭގައި ކައްކަން އުޅުނު ނީރަޖު ސިންގގެ ފަރާތުން މި ފަހަރު އެނގުނީ ސެމިއުލް މިރަންޑާ، ޝޯވިކް ޗަކްރަބޯތީ އާއި ޑިޕޭޝް ސާވަންތު ވެގެން ސުޝާންތުއަށް ޑުރަގު ދިން ކަމެވެ. ހާއްސަކޮށް ''މަރުވާނާ'' ޑުރަގު ދީފައިވާކަމަށް އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ނީރަޖު ބުނެފައިވެއެވެ.

ޖޫން 13 ވަނަ ދުވަހު ސުޝާންތުއާއި ރިއާ ޕާޓީއަކަށް ގޮސްފައިވާކަމަށް ދެކެވޭ ވާހަކައަށް ނީރަޖު ބުނެފައިވަނީ އެ ދުވަހު އެއްވެސް ޕާޓީއަކަށް ސުޝާންތު ގޮސްފައިނުވާކަމަށެވެ. އަދި ޖޫން 8ގައި ސުޝާންތުގެ ގެއިން ރިއާ ނިކުމެގެން ދިޔުމަށްފަހު ވަޓްސްއެޕްއިން ސުޝާންތުގެ ނަންބަރު ބްލޮކް ކޮށްފައިވާ ކަމަށް ވެސް ސުޝާންތުގެ ފުލެޓްމޭޓް ސިދާތު ޕިޓާނީ ބުނެފައިވެއެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގައި ސީބީއައި އިން ސިދާތުއާއި އެއް ފަހަރު ސުވާލުކޮށްފައިވީ ނަމަވެސް އަނެއްކާ ވެސް ތަހުގީގަށް ސުވާލު ކުރުމަށް ސިދާތު އެންސީބީއަށް ހާޝިރު ކުރާނެއެވެ.

ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް އެދި އޭނާގެ ސަޕޯޓަރުން އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މ

    ވާހަކަ ވިހަނީ ތޯޗެ

    5
    2
  2. ދީޕޫ

    މި ސްޝާންތަކާ ހެދި މުޅި ބޮލީވުޑް އެކޮޅުކޮޅުން ޖެހިއްޖެ. ވާވަރެއްގެ މީހެއް. އަމިއްލަ އަށް މަރުވެގެން މިދިޔައީ އެތައްބަޔަކަށް ނުތަނަވަސްކަން ދީފަ

    8
    14
    • Kevin

      ހ7ވާ ބޮޑު ފޫއްސެއް މީ

      1
      3