މާލޭގެ ގެއެއްގެ ތެރޭގައި ދަން ޖެހުނު ފުލުސް މީހާ ދެ ފަހަރެއްގެ މަތިން އެކަން ކުރި ކަން "ވަގުތަށް" އެނގިއްޖެއެވެ.

އެ ފިރިހެން މީހާ ދަން ޖެހިފައި ހުއްޓައި ސަލާމަތްކޮށްގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރެއެވެ. އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާގެ ހާލު ސީރިއަސްއެވެ.

އެނގިފައިވާ ގޮތުގައި އެ ފުލުސް މީހާ ދެ ފަހަރަށް ދަން ޖެހިފައިވެއެވެ. ފުރަތަމަ ފަހަރަށް ދަން ޖެހުމުން ވާގަނޑު ކަނޑައިގެން ގޮސް ބިން މައްޗަށް ވެއްޓި ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި އަންހެނުން އޭނާ އަށް އެހީތެރިވެ، ބޮލުގައި ބެންޑޭޖް އަޅައި ދީފައިވެއެވެ. ބެންޑޭޖް އަޅައި ދިނުމަށް ފަހު، އަންހެން މީހާ ދިޔަ ކަމަށްވަނީ ގެ ކައިރީގައި ހުރި ފިހާރައަކަށެވެ.

ފިހާރައަށް ގޮސް އައިއިރު، ފިރިހެން މީހާ އަނެއްކާ ވެސް ހުރީ ދަން ޖެހިފައެވެ.

އެމީހާ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަން ވެސް އެނގިފައިވެއެވެ.

އެޑިޓަރުގެ ނޯޓު:

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑްރެއިން

    ވާސަރީވާ ފުލުހަކު މަސްތުވާތަކެއްޗަށް ދެވިހިފާފަވުން،މިއޮތީވާ ގައުމެއް

    46
    1
  2. Anonymous

    ތިކަހަލަ މީހުން މިދުނިޔެއަށް ބޭނުމެއް ނުވެއެވެ. މި ދުނިޔެއަށް ބޭނުންވަނީ މިދުނިޔެ އާރާސްތުކުރާނެ ބަޔެކެވެ.

    38
    7
  3. Anonymous

    މަސްތުވާތަކެތި ބޭނުންކޮށް އެއަށް ދެވިހިފާފައިވާ މީހަކު ފުލުހުންގެ ވަޒީފާގައި ހުރުން ،އަދި ދަންޖެހުން ފަދަ ބޮޑު ކަމެއް ކުރުން އެއީ ވަރަށް ކަންބޮޑުވާ ކަންކަން.. ފުލުހުންގެ ނަފްސާނީ ހާލަތާއި މެދު މުޅި ގައުމު ކަންބޮޑުވޭ.. މިހާރު ރައްޔިތަކު މަގުމަތިން ނުގޮތަކަށް ބަލާލިޔަސް ލޭ ހޫނުވާ ފުލުހުން ވަރަށް ގިނަ .ފުލުހުންގެ ހުރިހާ ޑިޕާރޓްމަންޓަކުން އެބަޖެހޭ ކޮންމެ ދުވަހު ގަވައިދުން ކަސްރަތަށް ނިކުންނަން މަޖުބޫރު ކުރަން.. އެ ހެޔޮ ވަޒީފާގެ ވަގުތުގެ ތެރެައަށް އެގަޑި ހިމަނައިގެން ވިޔަސް.

    26
    1
  4. Anonymous

    ބެކް ގްރައުންޑް ހެދުމެއއްނެތި ޕޮލިސް ވަޒީފާ ދޭން ފެށުމުގެ ނަތީޖާ.
    އޭނާއަށް ތެދުމަގު ދައްކަވާށި. އާމީން

    32
    1
  5. އަހަންމަދު

    ދޮގެއް. ފުލުހުންގެތެރެއަކު މަސްތުވާއެއްޗިހި ބެނުންކުރާ އެއަށް ދެވިހިފާފައިވާ މީހުންނެއް ނުތިބޭނެ!
    އެތަނަށް ވައްދާނީވެސް ނުލާހިކު ވަރުގަދަ ޓުރޭނިންގ ހައްދާފަ، އަދި ވަރަށްބޮޑަށް ބެކުގުރައުންޑު ޗެކުކޮށްފަ!

    7
    31
    • ބެކުގުރައޫންޑު

      ބަލަގަ ކިތަންމެ ވަރުގަދަ ޓުރޭނިން ހަދާ ކިތަންމެ މަތީ ޑިގުރީއެއް ނެގިއަސް ބޯ މީހުން ބޯނެ. ދެން ބެކްގުރައުންޑް. ތިވަރުގެ ބެކްގުރައުންޑެއް ނުހަދާ. އަހަރުން ދަންނަ ފުލުހުން ވެސް ބައިވަރޭ ކަލޯ

      • އަހަންމަދު

        އޮޅުންފިލުވައިދިނީތީ ޝުކުރު ދަންނަވަން.

    • ލޮލް

      އެތަނަށް ވަދެފައި ގޭންގުތަކާ ގުޅިގެން މަސްތުވާއެއްޗެހި ބޭނުންކުރަނީ. އެހެންނު.

  6. މުޙައްމަދު

    މިކޮޅުން އެސޮރަށް ލިބޭވަރަށްވުރެން ގިނައިން އެކޮޅަށް ދިޔައިމަ ލިބޭނެ ވާހަކަ އިވިގެން އަވަހަށް އެކޮޅަށް ނުދެވިގެން އުޅެނީހެން ހީވަނީ. ފުލުހަކު ފުލުހެއްގެ ގޮތުގަ ހުރެގެން މަސްތުވާ ތަކެތި ބޭނުން ނުކުރާނެ އަދި ޖިނާއީ ކުށަކަށްވެސް އަރައެއް ނުގަންނާނެ. އެސޮރަށް ތެދުމަގު ދައްކަވާށި.

  7. ޔޫސުފް ނަބީލް

    ދަންޖެހޭމީހެއް ހަމަ ހުރެފަ މަޖަލަކަށް އެކަމެއް ނުކުރާނެ. ފަރުދާގެ ފަހަތުގަ އެތައް ކަމެއްވާނެ. ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ވެސް ދަންޖެހޭމީހުންގެ ތެރެއިން ގިނައީ ފިރެހެނުން. މީހުންނަށް ސިފަ ވެފަ ހުންނަނީ ފިރެހެނުން އަކީ ވަރުގަދަ ބައެއް ގޮތަށް. އެއީވެސް ހަގީގަތެއް ފިރެހެނުން ހައްދަވާފަ ވަނީ އަންހެނުންނަށް ވުރެ ވަރުގަދަ ބައެއް ގޮތުގަ. އެކަމު އެކަން ގިނަ މީހުން މާނަ ކުރަނީ ފިރެހެނުން އަކީ ބަލިކަށިކަމެއް ނެއް ބައެއް ގޮތުގަ. ފިރެހެނުންގެ އިހުސާސް ތަކާ ފިރެހެން ދަރިން ނުރޯނެ ކަމަށް ބުނުމާ ފިރެހެން ކުދިން ކެތްތެރި ވާން ޖެހޭނެ ކަން ބުނުމަކީ މި މުޖްތަމައުއިން ވަރަށް އާންމުކޮށް ފެންނަ ކަންކަން. އޭގެ ބަދަލުގައި ފިރެހެނުންގެ މެންޓަލް ހެލްތް ރަނގަޅުކުރުމަށް އެންމެން ވެސް އެއްބާރު ލުން ދޭންވީ. އަޅުގަނޑަކީވެސް މީގެ ކުރިން އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލަ އަށް މަރުވާ ހިޔާލު ގެންގުޅުން ކުއްޖެއް. ﷲ އިރާދަފުޅުން މިއަދު ނަފްސާނީ ބަލީގެ ދާއިރައިން ކިޔަވަމުންދާ ޑަކުޓަރެއް.

    9
    2
  8. އަދުހަމު

    ދެންކިހިނެތް ގައުމު ރަނގަޅުވާނީ މިވެރިކަން އައިފަހުން މަސްދުވާތަކެތި ވ ފަސޭހައިން ލިބޭ

  9. ވިކީ

    ސިފައިންނާ ފުލުހުންގެ ތެރޭގަ ބޯކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުން އެބައުޅޭ

  10. އަހުމަދު

    މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން ފުލުހުންގެ ވަޒީފާ ލިބުނީ މަ ދެން މި ރައީސަށް 100 ދޭން ޖެހޭ.

    3
    3
  11. ހަނަސްހޮއްހޮއް

    ފުލުހުންގެ ތެރޭގަ ޕާޓޭން ގެންގުޅޭކަމުގެ ހެކި!