ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑުގެ ފަންނާނެއް ކަމަށްވާ ސަނީ ލިއޯން މިހާރު ދިރިއުޅެމުން ދަނީ އޭނާގެ ފިރިމީހާ ޑެނިއަލް ވެބަރއާއި ތިން ކުދިން، ނިޝާ، އެޝާ އަދި ނޯހް އާއި އެކު ނިއުޔޯކްގައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގައި ވެސް ސަނީ ދަނީ އޭނާގެ މޭކަޕް ވިޔަފާރީގެ ކަންތައްތައް ހުއްޓުމެއްނެތި ކުރަމުންނެވެ. ވިޔަފާރީގެ މަސައްކަތް ކުރި ނަމަވެސް ސަނީ ހުރީ އޭނާގެ ސަޕޯޓަރުންނާއި ވާހަކަ ދައްކައިލުމަށް ކެތް މަދުވެފައެވެ.

މި ފުރުޞަތު ސަނީއަށް ލިބިގެން ދިޔައީ ވަރަށް ފަހުން ޑުބާއީގައި އޮތް ޓްރޭޑް ޝޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމުންނެވެ. މި ޝޯގައި ސަނީ ބައިވެރި ވެފައިވަނީ ''ބިޒްނަސްވުމަން''އެއްގެ ހައިސިއްޔަތުންނެވެ. މި ޝޯ މެދުވެރިކޮށް ސަނީއަށް އޭނާގެ ސަޕޯޓަރުންނާއި ''ވާރޗުއަލް''ކޮށް ވާހަކަދެއްކިއެވެ.

ސަޕޯޓަރުންނާއި އެކު ''ވާރޗުއަލް''ކޮށް ވާހަކަދައްކާ ވަގުތު ހޭދަކޮށްލަން ލިބުމުން ސަނީ ހުރީ ވަރަށް ހިތްހަމަ ޖެހި، އުފާވެފައެވެ. ސަނީ ބުނެފައިވަނީ މި ޝޯގައި ބައިވެރިވުމަކީ އޭނާ ވަރަށް އުފާވާ ކަމެއްކަމަށާއި ސަޕޯޓަރުންނާއި ވާހަކަދައްކާލުމަށް ބޭނުންވެފައި ހުއްޓައި އެ ފުރުޞަތު ލިބުނީކަމަށާއި އަދި އައު އާއްމު ހާލަތުގައި ބޭއްވުނު މިފަދަ ފުރަތަމަ ޝޯއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީތީ އުފާ ކުރާ ކަމަށެވެ.

މި ފުރަބަންދުގައި ސަނީ ދަނީ އޭނާގެ އާއިލާއާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންނެވެ. އޭނާގެ ދަރިންނަށް ބައިސްކަލު ދުއްވަން ދަސްކޮށްދީ، ދަރިންނަށް ލަވަ ކިޔައިދީ، އެ ކުދިން ނިންދަވާއިރު ވާހަކަ ކިޔައިދީ އަދި އޭނާގެ ފިރިމީހާއާއިއެކު ''ޑޭޓްސް''ތަކަށް ގޮސް ފުރަބަންދުގައި ވެސް އުފާވެރި ދުވަސްތަކެއް ދަނީ ހޭދަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އެކޮއި އަބަދުވެސް ވަރަށް ވާޗުއަލް ވާނެ!

    17
    5
  2. ޗިޗިއަޗީ

    އައްޗީޑި ފާހިޝް ފަކުރު ގަނޑު🤢🤮🤮

    16
    2
    • ހޯސް

      ސޭމް އޭޒް ޔޫ

      5
      10
  3. އަލީ

    މީނަގެ ވާހަކަ މި ދަށްކަނީ އިރުއިރުކޮޅާ ކީއްކުރަން. މީ އޮރިޔާންކާޑު ފިލްމް ކުޅޭ އެއްޗެއް

    16
    4