އިންޑިއާ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ސަނީ ލިއޯންގެ އަސްލު ނަމަކީ ކަރެންޖިޓް ކަރުވް ވޮހްރާއެވެ. އެކަމަކު ސަނީ ލިއޯން މި ނަން އައީ ކިހިނެއް ހެއްޔެވެ؟.

ރަގްނީ އެމްއެމްއެސް 2 އިންވެސް ފެނިގެން ދިޔަ ސަނީ ލިއޯން ވަނީ އޭނާއަށް އެ ނަން އައި ގޮތް ކިޔާ ދީފައެވެ. އެގޮތުން ސަނީ ބުނީ "ސަނީ"އަކީ އޭނާގެ ބޭބެ ސަންޑީޕް ސިންގއަށް ނިސްބަތްވާ ނަމެއް ކަމަށެވެ.

ކެނެޑާގެ ސިޚް އާއިލާއަކަށް އުފަން ސަނީ ލިއޯން އިންޑިއާ އަށް ބަދަލުވެފައި ވަނީ މީގެ އަހަރުތަކެއް ކުރިން ފިރިމީހާ ޑޭނިއަލް ވެބާ އާއި އެކުގައެވެ. މި ދެމަފިރިންގެ ތިން ކުދިން ތިބޭއިރު، އެއީ ނިޝާ ކައުރް ވެބާ، އާޝާ ސިންގ ވެބާގެ އިތުރުން، ނޯއާހް ސިންގ ވެބާ އެވެ.

ސަނީ ލިއޯންގެ ނަން އައި ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، ފަހު ނަން ހިޔާރު ކުރުމުގެ ފުރުސަތު އޭނާ ދިނީ މެގަޒިން އަކަށް ކަމަށެވެ.

"އަހަރެން އުޅުނީ އެމެރިކާގައި މެގަޒިންއަކަށް އިންޓަވިއުއެއް ދިނުަމަށް، އެ މީހުން އެހީ އަހަރެންގެ ނަމަކަށް ބޭނުން ކުރާނީ ކޮން ނަމެއް ތޯ. އެގަޑީގައި ބޮލަށް ނައި އެއްވެސް ނަމެއް. އަހަރެން ބުނިން ފުރަތަމަ ނަމަކަށް ސަނީ ބޭނުން ކުރަން، ދެން ތިކޮޅުން ބޭނުން ނަމެއް ފަހު ނަމެެއްގެ ގޮތުގައި ބައިންދަން.".

އެގޮތުން ސަނީ އަކީ އޭނާގެ ބޭބެގެ ވަނަން ކަމަށް އޭނާ ބުންޏެެވެ. އަދި އޭނާގެ ނަން ސަނީ އަށް ބަދަލު ކުރުމުން މަންމަ ރުޅިވެސް އައި ކަަމަށް އޭނާ ބުންޏެވެ.

ސަނީ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ޖިސްމު 2 އިންނެވެ. އޭގެ ކުރިން އޭނާ ބިގް ބޮސްގައި މަސައްކަތް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެނެރީ

    ޕޯން ސްޓަރ އަކަށް ވީ ގޮތްވެސް ކިޔާލަދީބަލަ

  2. މުޙައްމަދު

    ނުބައިކަންކަން ޕްރޮމޯޓް ނުކުރާތި އެއްވެސް މީހަކު!

    6
    2
  3. ފަނީ

    ދެން އެވައްތަރު ފިލްމު ކުޅެން ފެށިގެން އައި ގޮތްވެސް ބުނެދިން ނަމަ..! ލޮލް