މީސް މީޑިއާގައި ދައުރުވަމުންދާ ކޮންމެ އެއްޗަކީ ވެސް ހަޤީޤަތަކަށް ނުވެއެވެ. ތިރީގައި އެވަނީ ފާއިތުވި ދެދުވަހު ޓްވިޓާގައި ގައި ވަރަށް ބޮޑަށް ދައުރުވެފައިވާ ވީޑިއޯ އެކެވެ.
ވީޑިއޯ އިން ފެންނަނީ ފިހާރައެއްގެ ތެރެއިން ވައްކަން ކުރަން ދެޒުވާނަކު އުޅޭ މަންޒަރެވެ. ވަގުން އެމީހުންގެ "މަސައްކަތުގައި" ތިއްބާ ދެން ފިހާރައަށް ވަންނަނީ އަދި މާ ނުރައްކާތެރި ވަގެކެވެ.
އޭނާ ފިހާރަ އަށް ވަނީ ބަޑިއެއް ވެސް ހިފައިގެންނެވެ. ސޭޓަށް ބަޑިން ބިރުދެއްކުމަށް ފަހު ފިހާރައިން ފައިސާ ފޭރެން އޭނާ މަސައްކަތް ކުރެއެވެ. ނަމަވެސް ކުރިން ފިހާރައިގެ ތެރޭގައި ތިބި ދެވަގުންގެ މަސައްކަތުން ފަހުން ވަން ވަގުގެ ދުވަސް ދުއްވާލައެވެ.
https://twitter.com/wrycolf/status/964292690564341761
މިއީ ވަރަށް ހައިރާން ކުރަނިވި މަންޒަރެއް ފެނިގެންދާ ވީޑިއޯ އެކެވެ. މިވީޑިއޯ ވަނީ މިހާރު ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައެވެ. ނަމަވެސް މިއީ ހަޤީޤަތުގައި ފިހާރައިގެ ސީސީޓީވީ ފޮޓޭޖެއް ނޫނެވެ. މިއީ "ފައިވް ޕޮއިންޓްސް" ކިޔާ ފޭސްބުކް ޕޭޖެއް ހިންގާ ފުރާވަރު ކުދިންތަކެއް ކުޅެފައިވާ ވީޑިއޯ އެކެވެ.
ސަޅި ފިލްމެއް