މަޝްހޫރު ފަންނާނުންނާއި ބެހޭ މަޢުލޫމާތު ހޯދުމަށާއި ފޮޓޯ ބެލުމަށް އިންޓަނެޓް ބަލައި ހޯދައި ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ. މި މަޢުލޫމާތުތައް ހޯދުމަށް އިންޓަނެޓް ބަލައި އިރު އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ފިއްތާލުމުގެ ކުރިން ވަރަށް ރަނގަޅަށް ވިސްނާލާށެވެ. ކޮންމެ ފަދަ ނުރައްކާތެރިކަމަކާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

ސައިބަރ ސެކިޔުރިޓީ ފަރމްއަކުން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ހެކް ކުރާ މީހުން، މަޝްހޫރު ފަންނާނުންނާއި ބެހޭ މަޢުލޫމާތު ހޯދައި މީހުންގެ އަމިއްލަ މަޢުލޫމާތުތައް ހެކު ކުރެއެވެ. ހެކު ކުރުމަށް ބޭނުންކުރަނީ އެ މަޢުލޫމާތުތައް ހޯދައިއިރު އެ އަންނަ ތަފާތު ލިންކުތައް ބޭނުން ކޮށްގެންނެވެ.

އިންޑިޔާގެ ސައިބަރ ސެކިޔުރިޓީ ފަރމްއަކުން ބުނާގޮތުގައި އިންޑިޔާގައި އެންމެ ގިނަ މީހުން އިންޓަނެޓުން ބަލައި ހޯދައި ފަންނާނުންގެ ތެރޭގައި ހިމެނެނީ ކުޅިވަރު ދާއިރާގެ އެންމެ މީހެކެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެން އެންމެ ގިނަ މީހުން އިންޓަނެޓުން ބަލައި ހޯދައި ފަންނާނުންނަކީ ބޮލީވުޑުގެ ތަރިންނެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި ފަންނާނުންގެ މަޢުލޫމާތު ހޯދައި ފަރާތްތަކުގެ މަޢުލޫމާތުތައް ހެކު ކުރާ ފަރާތްތަކުން ބަލައި، އެ ފަރާތްތަކަށް ތަފާތު ވެބްސައިޓްތަކަށް ވައްދާ، އެ މީހުންގެ ޑިވައިސްތަކުގައި މެލްވެއަރތައް ޢިންސްޓޯލް ކުރުވައެވެ.

ސައިބަރ ސެކިޔުރިޓީ ފަރމްއިން ބުނެފައިވާ ގޮތުގައި އިންޓަނެޓުން ފަންނާނުންނާއި ބެހޭ މަޢުލޫމާތު ހޯދުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ފަންނާނުންނަކީ ކްރިސްޓިއާނޯ ރޮނާލްޑޮ، ތާބޫ، ތާޕްސީ ޕަންނޫ، އަނުޝްކާ ޝަރުމާ އަދި ސޮނާކްޝީ ސިންހާއެވެ.

ފުރަބަންދާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެގެން މި މަސައްކަތް ކުރާ ދުވަސްވަރުގައި މިކަން ވަނީ ހައްދުފަހަނަ އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު