ބޭނުންވާ ތަކެތި:

500ގ އަލުވި (ފެނުކައްކާ މަޑުކޮށްފައި)
1 މޭޒު މަތީ ސަމުސާ ހިކިމިރުސް (މުގުރާފަ)
1 ސައިސަމުސާ އިނގުރު (ގާނާފަ)
3 ހިކަނދި ފަތް
3 ޖޯޑު ގޮދަން ފުށް
ގިތެޔޮ މިރުސް
ލޮނު
ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

ރޮށި ފިހަން ފުއް މޮޑޭ ގޮތަށް ފުށާއި، ލޮނު، ތެޔޮ އަދި ހޫނު ފެން އެޅުމަށް ފަހު މޮޑެލާށެވެ. އެއަށްފަހު ހެޔޮވަރު ސައިޒަކަށް ގުޅަ ޖަހާށެވެ. ދެން އަލުވި ޗިސް ކޮއްފައި ހިކި މިރުހާއި ލޮނާއި އިނގުރާއި ހިކަނދިފަތާއި ގިތެޔޮ މިރުސް އަލައިގެން އަލުވިގަނޑު މޮޑެފައި ކުރިން ގުޅަޖެހި ކޮންމެ ފުއްގުޅައެއް ތެރެއަށް, ތައްޔާރު ކުރި އަލުވި ގުޅައެއް ލާފައި މަސްރޮށި ދަމާ ގޮތަށް ދަމާލާށެވެ. ދެން ތަވަލަށް ކުޑަ ތެޔޮފޮދެއް އަޅާފައި އަލުވި ފަރާޓާ ދެފުށަށް ފިހެލާށެވެ.