ބޭނުންވާ ތަކެތި

½ ޖޯޑު ރަވާ

4 މޭޒުމަތީސަމުސާ ހަކުރު

4 ޖޯޑު ފުލްކްރީމް މިލްކް

2 ސައިސަމުސާ ފޮނިތޮށި (މުގުރި)

8 ކަޖޫނަޓް (މެދުން ފަޅައިފައި)

1 މޭޒުމަތީސަމުސާ ތެޔޮ

½ ސައިސަމުސާ ރޯސް ވޯޓާ

ތައްޔާރު ކުރާނެ ގޮތް

މަޑު މުށިކުލަ އަރަންދެން ކަޖޫނަޓުކޮޅު ހަނާކޮށްފައި ބަހައްޓާށެވެ. އެހެން ތެއްޔެއް ކުޑަކޮށް ހޫނުކޮށްލައިފައި، މަޑު ގިނީގައި ރަވާކޮޅު ހަނާކޮށްލާށެވެ. ރަވާ ހަނާވާން ފެށުމުން ވަސްދުވާނެއެވެ. ވަސްދުވަން ފެށުމުން އޭގެ ތެރެއަށް ކިރު އަޅާލާށެވެ. ކިރު އަޅާނީ މަދުމަދުން އެއްކުރަމުންނެވެ. އެއީ ގަނޑުވިޔަ ނުދިނުމަށްޓަކައެވެ. ހަކުރު އަޅައި ބޮކިޖަހައި ކެކެންދެން އެއްކުރަމުން ގެންދާށެވެ. އޮލަވާން ފެށުމުން ރޯސްވޯޓާ އަޅާށެވެ. ހޫނުކޮށް ހުއްޓައި ތަށިތައްޓަށް އަޅާށެވެ. އަދި އޭގެ މައްޗަށް ފޮނިތޮށި ކަޖޫނަޓު އަޅާށެވެ.