ބޭނުންވާ ތަކެތި:

3 ޖޯޑު ގޮދަން ފުށް

1/3 ޖޯޑު ކޮކޯ ޕައުޑަރ

¼ ސައިސަމުސާ ލޮނު

½ ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ބިސް

2/3 ޖޯޑު ބްރައުން ޝުގަރ

¼ ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ދިޔާކޮށްފައި ހުރި ބަޓަރު (ހިހޫ ކޮށްފައި)

1/3 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޑާކް ކުކިންގް ޗޮކްލެޓް (ކުކީ ފުށްގަނޑަށް އަޅަން)

¼ ޖޯޑު ކުދިކޮށް ކޮށާފައި ހުރި ޑާކް ކުކިންގް ޗޮކްލެޓް (މައްޗަށް އަޅަން)

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފުށާއި، ކޮކޯ ޕައުޑަރާއި، ލޮނާއި، ބޭކިންގް ޕައުޑަރު ފުރާނާލާފައި އެއްކޮށްލާށެވެ. ބިހާއި، ބްރައުން ޝުގަރ، ވެނީލާ އެސެންސް، އަދި ދިޔާކުރި ބަޓަރު އެހެން އެއްޗެއްގައި ރަނގަޅަށް އެއްވަންދެން ގިރާށެވެ.

ދެން ފުރާނާފައި ބެހެއްޓި ފުށާއި ކޮކޯ ޕައުޑަރު ބިސް އެތީގެ ތެރެއަށް އަޅާފައި ސަމުސަލަކުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

ދެން 1/3 ޖޯޑުގެ ކޮށާފައި ހުރި ޑާކް ކުކިންގް ޗޮކްލެޓް ބޯތައްޓަށް އަޅާ ހުރިހާ އެއްޗަކާއެކު ރަނގަޅަށް އެއްކޮށްލާށެވެ.

ބޯތަށީގެ މަތި ޕްލާސްޓިކް ރެޕް ބޭނުން ކޮށްގެން ރަނގަޅަށް ބަންދު ކޮށްފައި ބޯތަށި ފްރިޖަށް ލާށެވެ. ފްރިޖްގައި 30 މިނިޓު ބަހައްޓާށެވެ.

ތަބަކެއްގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާށެވެ.

ތިރީސް މިނެޓު ހަމަވުމުން ފްރިޖުން ބޯތަށި ނަގާފައި އޭގައި ހުރި ސާމާނުން ދެ މޭޒުމަތީ ސަމުސަލުގެ އެތިކޮޅެއް ނަގާފައި ބޯޅައެއްހެން އަތުން ވަށްކޮށްލާފައި ތަބަކުގައި ބާއްވާށެވެ. ދެން އަތުން އޮބާލައިގެން އެ ކުޑަކޮށް ފަތާކޮށްލާ ކުކީ އެއްގެ ބައްޓަން އެއަށް ގެންނާށެވެ.

170 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓުވަންދެން އަވަން ހޫނު ކުރަން ޖައްސާށެވެ.

އަވަން ހޫނު ކުރަން ހަމަ ޖައްސާ ގޮތަށް ކުކީ އަތުރާފައި ހުރި ތަބަށް އައިސް އަލަމާރީގެ ގަނޑުކުރާ ބަޔަށް ލާށެވެ.

ދިހަ މިނެޓު ހަމަވުމުން ތަބަށް ގަނޑުކުރާ ބައިން ނަގާށެވެ. ދެން ނިކަން އަވަހަށް މައްޗަށް އަޅަން ހުރި ¼ ޖޯޑުގެ ޑާކް ކުކިންގް ޗޮކްލެޓް ކުކީ ތަކުގެ މައްޗަށް އަޅާށެވެ. ޗޮކްލެޓް އަޅާފައި ކުކީ ތަކުގެ ތެރެއަށް ޗޮކްލެޓު ކޮޅު ކުޑަކޮށް ވައްދާލުމަށްޓަކައި އޮބާލާށެވެ.

ކުކީތައް ރަނގަޅަށް ފިހެވެންދެން ކުކީތައް ފިހާށެވެ.