ފްރާންސްއަށް ނިސްބަތްވާ ދެމަފިރިއަކު، އޮންލައިންކޮށް އޯޑަރު ކުރި ހާއްސަ ބުޅަލަކީ އަސްލު މިނިކާވަގެއްކަން އެނގުމުން އެ މީހުންނަށް މި ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ.

ޓީއެންެއެންއިން ރިޕޯޓް ކުރި ހަބަރެއްގައި ބުނެފައި ވަނީ ލެ ހަވްރޭ، ނޯމެންޑީއަށް ނިސްބަތްވާ އެ ދެމަފިރިންނަށް މީގެ ދެ އަހަރު ދުވަސް ކުރިން އިޝްތިރާހަކުން ފެނުނު ސަވަންނާހް ބުޅަލެއް ބޭނުންވެގެން ފައިސަ އެއް ކުރިއެވެ.

އަދި އެ މީހުން އެ ބުޅާ ގަތުމަށް 7000 ޑޯލަރު ހޭދަކުރި ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް އެ މީހުން ގެނައި ބުޅާވެފައި ވަނީ ކުޑަ މިނިކާވަގަށެެވެ. އެ މީހުންނަށް ފުރަތަމަ އެއީ މިނިކާވަގެެއް ކަމެއްވެސް ނޭނގެއެވެ. އެ މީހުން އޭތި އޮޅުކޮށްގެން ގެންގުޅޭތާ ހަފްތާއެއް ފަހުން އެ މީހުންނަށް އެއީ ބުޅަލެއް ނޫންކަން އެނގުނީ އެވެ.

އަދި ފުލުހުން ގެއަށް ގެނެސްގެން، ހިންގި ތަހުގީގުން އެއީ ބުޅަލެއް ނޫން ކަން ވަނީ ކަށަވަރުވެފައެވެ. އެއީ ސުމަތްރަން ޓައިގާ ކަބް އެކެވެ.

އަދި މިހާރު އެ މިނިކާވަގު ވަނީ ފްރެންޗް ބަޔޯ ޑައިވާސިޓީއަށް ގެންގޮސްފައެވެ. އެ މިނިކާވަގުގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ދެމަފިރިން އެ މިނިކާވަގު ގަތުމުގެ ކުރިން، ސެލްފީތަކުންވެސް އެ މިނިކާވަގު ފެނިފައި ވެއެވެ. އަދި ވީޑިއޯއަކުންވެސް އެ މިނިކާވަގު ފެނިފައި ވެއެވެ.

އެ ވައްތަރު މިނިކާވަގަކީ ދުނިޔެ މަތިން ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ވައްތަރުގެ މިނިކާވަގެކެވެ. އިންޑޮނޭޝިއާއަށް ނިސްބަތްވާ އެ ވައްތަރުގެ މިނިކާވަގު ދުނިޔޭގައި އުޅެނީވެސް ވަރަށް މަދުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު