ރީތި ގޮތްގޮތަށް ނަގާފައިވާ ކޮންމެ ފޮޓޯއަކީ އޭގައި ޖާދޫއެއް އެކުލެވޭ ފޮޓޯތަކެކެވެ. ހިތަށް ފިނިކަމާއި އަރާމު ގެނައުމުގެ ބާރު ލިބިފައިވާ ފޮޓޯތަކެކެވެ. ބޮޑެތި އެޑިޓުތަކާއި އިތުރު ގޮތްގޮތް ހަދާފައި ނެތްކަމުގައިވިޔަސްމެއެވެ. ތަފާތު ކޮންސެޕްޓެއް ނުވަތަ ޚިޔާލެއް ވާކަމުގައިވާނަމަ، އޭގައި ބާރެއްވެއެވެ.

އެގޮތުން، ދާދިފަހުން މީސް މީޑިޔާގައިވަނީ މިފަދަ ތަފާތު ފޮޓޯތަކެއް އާއްމުވެފައެވެ. އޭގެ ހަތަރު ފޮޓޯއެއް އާއްމުވިއިރު، ފޮޓޯތަކުން ފެންނަނީ އެއް ރަށެއް އެއް ތަނަކުން، ތަފާތު ހަތަރު މޫސުމުގައި އޮންނަ ގޮތެވެ.

https://www.instagram.com/p/BV7RGGughUW/?utm_source=ig_embed

ފިންލެންޑަށް ނިސްބަތްވާ ނޭޗަރ ފޮޓޯގްރާފަރ ޖާނީ ލިނަމްޕާ ނަގާފައިވާ މި ފޮޓޯތަކުން ފެނިގެންދަނީ އެޤައުމުގެ ރޮވެނިއާމީގައި އޮންނަ ކުޑަކުޑަ ރަށެއްކަމުގައިވާ ކޮޓިސާރީ އައިލެންޑެވެ.

https://www.instagram.com/p/BUeBH0UA-LJ/?utm_source=ig_embed

ކޮޓިސާރީ ރަށުގައި ކުޑަކުޑަ ހަތަރު ގެއާއި ކޯރެއްވެސް އޮންނައިރު، ޑްރޯން ބޭނުންކޮށްގެން މި ފޮޓޯތަކެއް ނަގާފައިވަނީ އެއް ލޮކޭޝަނެއްގައި ހުރެގެންކަން ފާހަގަކޮށްލެވެއެވެ. މިގޮތަށް ފޮޓޯތައް ނަގާފައިވުމުން އަހަރުގެ ތެރޭގައި އަންނަ ތަފާތު ހަތަރު މޫސުން ކަމުގައިވާ ވިންޓަރ، ސްޕްރިންގ، ސަމަރ އަދި ފޯލްގައި އެރަށަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ހާމަވެއެވެ.

https://www.instagram.com/p/BK0DrdQjCtS/?utm_source=ig_embed

އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ މި ހަތަރު ފޮޓޯ ނެގި ޖާނީއަކީ ފޮޓޯގުރަފީގެ ދާއިރާގައި ހަރަކާތްތެރިވާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތަޖުރިބާކާރު މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީރޯހަސަން

    4 ފޮޓޯނަގާފައިވަނީ 4ޒަމާނުގައި. ވިންޓަރ މޫސުމުގައި ރަށުގެ ފާލަމެއްނެތް.

    6
    2
  2. ކިނާން

    ދާދި ފަހުން ނޭ ބުނާއިރު ތީ 2016-2017 ގެ ފޮޓޯ ތަކެއް.