މިއަދު މެންދުރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ކައިވެނިބައްލަވާ ގަނެފައެވެ. އޭނާ ކައިވެނި ކުރައްވާފައި ވަނީ ޝަޖާން މުއާޒް ޝަހީމް ނަމަކަށް ކިޔާ ކަނބަލަކާއެވެ.
ދެމަފިރިން އެކުގައި ނަގާފައިވާ އެތައް ފޮޓޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ދެމަފިރިންގެ ކައިވެނި ކުރިއަށްދިޔަ ވަގުތު ނަގާފައިވާ ފޮޓޯތަކެއްވެސް މީސް މީޑިއާގައި ވަކި ހިއްޕާލާފައި ވެއެވެ.
މިހާރު މީސް މީޑިއާގައި އެއްބަޔަކު ދަނީ ހައިތަމް އާ ކައިވެނި ކުރުމަށް ޝަޖަން ރަން ކީ ކިހާވަރަކަށްތޯ ބަލަން ބޭނުންވެގެން ސުވާލު ކުރަމުންނެވެ.
"ވަގުތު"އަށް ވަނީ ހައިތަމް އާއި ކައިވެނި ކުރަން ޝަޖަން ރަންކީ އަދަދު ކަށަވަރުވެފައެވެ. "ވަގުތު"އަށް އެނގިފައިވާގޮތުން ސެޕްޓެމްބަރ 30 ވަނަ ދުވަހު ހައިތަމް އާއި ކައިވެނި ކުރަން ޝަޖަން ރަންކިޔާފައިވާއިރު، އޭނާ ރަންކިޔާފައި ވަނީ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާއަށެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިތަމްއާ ކައިވެނި ކުރަން ޝަޖާން ރަން ކިޔާފައި ވަނީ -/614520 (ހަ ލައްކަ ސާދަ ހާސް ފައްސަތޭކަ ވިހި ރުފިޔާ) އަށެވެ.
ހައިތަމްގެ ދެކަނބަލުން ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ދުވަސްކޮޅެއް ވަންދެން އުޅުމަށްފަހު އެވެ. މިއީ މި ދެމަފިރިންގެވެސް ދެވަނަ ކައިވެނިކަން ވަނީ އެނގިފައެވެ.
މި އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ބައެއް މެންބަރުންވެސް ކައިވެނި ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހިމެނެއެވެ.
ފަހުޒަމާނުގައި ލާރި ދެކެ ލޯބިވާ އަންހެނުން ގިނަވާނެ..
6 ލައްކަޔަށް އެދޭނީ ފައިސާގެ ދަހިވެތިކަންހުރުމުން ގޯލްޑްޑިގަރ..މާދަމާ ތިއަށްވުރެ މުއްސަނދި ފިރިހެނަކު ފެނުމުން ދުއްވައިގަންނާނީ
ގޯލްޱް ޱިގަރ
ރާއްޖޭގެ ރެކޯޑެއްދޯ. 6 ލައްކަ ދީފަ ގަނެލީތަ އަންހެން ކުއްޖާ
މިއީ ހައިތަމްގެ 2ވަނަ ކައިވެންޏެއް ނޫން. 4 ވަނަ ކައިވެނި. މީގެ ކުރިން 3 މީހުންނާ ހައިތަމް ވަނީ އިނދެ ވަރިކޮށްފަ. ދެވަނަ އަށް ކައިވެނި ކުރި މީހާއަށް 2 ދެ ދަރިން ތިބޭނެ.
ވީމާ މިދާ ރޭޓުން ވިއްޔާ 10 ވަނަ ކައިވެނީގެ ރަން 15 ލައްކައަށް ކުޑަނުވާނެދޯ!
މިހެންވެ ދޯ މަޖިލީހުގަވެސް ތާކުންތާކު ޖެހޭކަމެއް ނުކުރެވެނީ.. މީހުބާ އިންނަމުން ދުވާ މޫސުން މިއޮތީ ލައްވާލާފަ
ތިކައިވެންޏައް ނުވާނެ 6 މަސް ވެސް... ޗޮކައް ދާނީ..
ޙައިތަމްގެ 3 ވަނަ ކައިވެނި މީ
ގޯލްޑިގާސް އަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ އަންހެނުންނައް ކިޔާ ނަމެއް ! އަޅުގަޑު ފަހަރެއްގަވެސް ނުބުނަން ހައިތަމް ކައިވެނި ބައްލަވައިގަތީ އެފަދަ ކަބަލަކާ ކަމައް ! ނަމަވެސް 6 ލައްކަ ރުފިޔާ ދޭން އެދޭނީ ފައިސާ އައް ވަރަށްވެސް ޑިމާންޑް ކުރާ ކުއްޖެއްހެން ހީވަނީ .. ކިހާދުވަހެއް ވަންދެން މެއިންޓެއިނަންސް ފީ ދައްކައިގެން ހުރެވޭނެބާ ؟
ގޯސް. ޟީ ޝަޖަން ގެ 3 ވަނަ ކައިވެނި
ވަގުތަށް އެނގިއްޖެއްނު.. މީ ދެމީހުންގެވެސް 3 ވަނަ ކައިވެނި
މިއީ މަޖުލިސް މެމްބަރެއްކަން މިއެގުނީ އަދިކިރިޔާ
ނޭނގުނެއްނު މީ ހައިތަމްގެ 4 ވަނަ ކައިވެނި
އެއްފަހަރުން ފަގީރު ވީ ދޯ
ތިދެން ޚަބަރެއްތަ.
މަޖިލީހުގެ މެންބަރުން ޗުއްޓީއަށްދާ ގޮތަށް މަޖިލީހުގެ މެންބަރުން މީހުންނާ އިނުމަށްވެސް ވަކިދުވަސްވަރެއް އޮންނަނީތާދޯ. މަޖިލީހުގެ ޤަވާއިދުގައި މިފަދަ މާއްދާއެއް އޮވެދާނެ.
މިއީ މަޖުލީހުގައި އިންނަ މީހެއްތަ؟
ކިތައްވަނަ ކައިވެނި ތޯ އެންނު ޔަގީން ކުރަންވީ ފުރަތަމަ. 😂😂
ބުއްލަބޭ ކައިރިން ދަސްލުރަނީ
ހައިތަމް ކުޑަކޮއް މޮޔަ ތަ
ކުޑަކޮށްތަ؟ ހެސްކިޔާފަ މޮޔަވެފަ އެހެރީ
ގައިމުވެސް ތިފަދަ ކަމެއް ކުރާކައް މެމްބަރ ޖާބިރު އަކައް ހަމަ ލާހިކު ކުލަދާނައެއްނުން.
ތާށިނުވާމީހުން ކުރާނެ
އޯއެމްޖީ ހަލައްކަ. ނޮޓް ވޯތް. ބައި އަޅައިގެން ލިބުނު
ފައިސާކޮޅުން ހަލައްކަ ވީމާ ގޯހެއް ނޫން. އެކަމް ނޮޓް ވޯތް. ލޯތްބަކީ ފާޑެއްގެ އެއްޗެއް.
ތިއީ ލޯބީގެ ކައިވެންޏެއްނޫން ތިއީ މަޖުބޫރީ ހާލަތެއްގައިކުރި ވިޔަފާރިއެއް އަންނަ ދައުރަށް ހައިތަމް ނުހޮވޭހިސާބުން ތިކައިވެނި ރޫޅޭނެ
ޏަޖޫގެލާރިގަޑުޢަދިވެސްހުސްނުވޭދޯ
މީ ހާދަ އޮފް އަރާ މީހެއް
ހައިތަމް ޖެހޭނީ ރަނަށް މުސާރަ 6 މަސްވަންދެން އަންހެނުންނަށް ދޭން.. ގައިމުވެސް މަޖިލިސް އޮޑިޓުން މިވަރުދޭނެ ފަދައެއް ނެތް
މުޅި އުމުރު ހުސްވަންދެންވެސް މަސައްކަތް ކުރިއަސް ހަލައްކަ ރުފިޔާ ހަމަލޮލުން ނުފެނޭ. މަޖިލިސް މެންބަރުކަން ލިބުނީމަ ރަނަށް ހަލައްކަރުފިޔާދޭން ލިބޭނީ.
6 ލައްކަ ... 😁 އެއްގޮތަކަށްވެސް ބޮޑެއްނޫން... ވަރަށް ސަޅި
Millianakah kiyas koba massala ަakެ e
ތީ ޝަޖަންގެ 3 ވަނަ ކައިވެނި.
އަހަންނާ އިނދެގެން ހުންނާނެ އަންހެން ދަރިއެއް.
ދެން ބުރުގާ ނަގާފަ ޝަހުދުއާ އިނދެގެން ލަންކާގަ އުޅުނީ
ނަޖޫ އާއި ބަލާފައި ރީއްޗެއް ނޫން ނަޖޫ މާރިތި މިބުނީ ހައިތަމް އެންމެ ފަހުން ކައިވެނި ކުރި މީހާގެ ވާހަކަ
މައްޗަންނެގޮޅި ދެކުނުދާއިރާއަށް ހޮވިފަހުރި ބޭކާރު މީހެއް! ދާއިރާއަށް ހޮވުމަށް ކުރީގެ އަނބިމީހާ ކުރިޚަރަދުވެސް ހަނދާންނެތި، ދާއިރާގެ މިހުންގެ މަތިންވެސް ހަނދާން ނެތި، ދާއިރާގެ ކުރިއެރުމަށް ސަރުކާރުގެ ތެރެއިން ކޮއްދިން އެއްވެސް ކަމެއްނެތް ބޭކާރު މީހެއް!
ސާބަހޭ މަންޖޭ.... 6 ލައްކައެއްނޫން.... 7 ލައްކަ ކިޔާންވެސް ފިރިމީހާގެ ހައްގުތައް އަދާކޮށްދީގެން އުޅެވޭތޯ ބަލާ.... ލާރި ހުރި މީހަކު ތާކުން ފެނުނީމަ ވީ މޮޔައޭ ދޯ ކަމަނާ....
ޝަޖާން ރަންކިޔާނެ އަގެއް އެނގޭނީ އޭނާއަށް. މިއީ މީހަކާ ބެހޭ ކަމެއް ނޫން. އެއީ ޝަޖާންގެ ޙައްޤެއް. ނުބެހޭކަންކަމާ ނުބެހެން ދިވެހިން ދަސްކުރަން އެބަ ޖެހޭ. ހައިތަމް އާއި ޝަޖާން އަށް ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް އެދެން.
ތީނަ އަތުގަ އޮއްނަނީ ރަން ގަނޑެއް ތަ؟
ރަން މުތެއްގެ ވެރިއެެެއެއްތަ
މަޖްލީހައް ވަނުމުގެ ކުރިން އެއްވެސް ލާރިއެއް އޮތް މީހެއްނޫން. ވިސްނާލަބަލަ މިމީހުން މަޖްލީހއް ވަދެ ރަތްޔިތުންގެ ލާރި ކައި، ކަޓު އާއި ޑީލް އަޅުވައި ގަންނަ ގަނޑު!
ކައިވެންނަށް ބޮޑެތި ފައިސާގެ އަދަދުން ރަންކިއުމަކީ އެއީ އިސްލާމް ދީނުގައި އޮންނަ އާދައެއް ނޫން މާތްވެގެންވާ ނަބިއްޔާގެ ކައިވެނިން މިސާލު ނެންގުވުން ރަނގަޅުވާނެއޭ މަމެން އެއްގޮތަކަށް ވެސް ތިޔާ ފައިސާގެ ރަނަށް ތާއީދު ނުކުރަމޭ ތިޔާ ފައިސާ އަކީ ކަޅު ފައިސާ އަށް ވުން ގާތޭ ވެސް މަމެން ބުނަން ނެތީމޭ...
ނަފުސު ވިއްކާ ލަނީ !
ދެހިތް ފައްތަރުވީ އޯ ދެހިތް ފައްތަރުވީ ކަލާ މާމަދިން ފައްޓަރުބައިންނޭ.
ފައިސާގެ ދަހިވެތިކމުގައި ލާމެހިފަވާ ކައިވެންޏެއް ތިއީ ދުނިޔޭގެ ހުރިހާވެސް އުފަލަކީ ފައިސާ އާއި އަންހެނުން އާޚިރަތް ގެ ހުރިހާވެސް އުފަލަކީ ޞާލިޙް އަންބެއް ނުވަތަ ޞާލިޙް ފިރިއެއް ހެއޮލަފާ ޞާލިޙް ދަރިން
ތިޔައިނީ މީހަކާނޫން ، ތިޔައިނީ ރުފިޔާ ތަކަކާ ފުކެއްބޮޑުވަރު ...
އަވަސް އަވަހަށް ކާވެނި ރޫޅި އަންހެނުން ނިކަމެތިވަމުންދާ ޒަމާނެއްގައި ކާވެނީގެ ރަނުގެ އަގު އަރުވާލުމުން އަންހެނުންގެއަގު ވަޒަންކުރެވޭނެއެވެ. ލިޔާމީހާގެ ނަޒަރުގައި މިދުނިޔޭގައި އަންހެނުންނަށްވުރެ އަގުބޮޑު މުދަލެއްނުވެއެވެ.