ކުދިން ވިހަން މަނާކޮށްފައިވާ ބްރެޒިލްގެ ރަށަކަށް 12 އަހަރު ފަހުން ކުއްޖަކު ވިހައިފިއެވެ.

ފާރނެންޑޯ ޑި ނޮރޮންހޯ އައިލެންޑަކީ ގާތްގަނޑަކަށް 3000 ވަރަކަށް މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި މީހުން ވިއްސުމުގެ އިންތިޒާމު ހަމަޖެހިފައިނުވާއިރު އެރަށުގައި މީހަކު މާބަނޑުވެއްޖެނަމަ މެއިންލޭންޑަށް ދަތުރުކުރުމަށް އޮންނަނީ އަންގާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، 22 އަހަރުގެ އެ އަންހެން މީހާ ވިހާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާއަށްވެސް ކުރިން އޭނާ ބަނޑުބޮޑުކަމެއް ނޭގެއެވެ.

"މިދިޔަ ހުކުރު ދުވަހުގެ ރޭ އަހަރެންގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސާތީ އުޅޭތީ ފާހަނައަށް ގޮސް އުޅެނިކޮށް ވިހެއީ. އެ ކުއްޖާ ވިހެއުމުގައި ފިރިމީހާގެ އެހީތެރިކަންވެސް ލިބުނު". އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ވިހެއުމާއި ގުޅިގެން އެ ރަށު މީހުން އެ އަންހެން މީހާއަށް އެކި ކަހަލަ ހަދިޔާތައް ގެންނަމުންދާކަމަށް ވެއެވެ. އެގޮތުން އެ ކުއްޖާ ލާނެ ހެދުންތަކާއި އެެއްޗެހި ދަނީ ގެންނަމުންނެވެ.

މިގޮތަށް އެރަށު މީހުން އެ ކުއްޖާއަށް ހަދިޔާ ހިފައިގެން ދަނީ އެ އަރަށުގައި އެތައް އަހަރެއް ވަންދެން ނުވާކަމެއް ވުމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެރަށަކީ މަޝްހޫރު ރަށެކެވެ. އެ ރަށް މަޝްހޫރުވެފައި އޮންނަނީ ރީތި ބީޗެއް އޮންނަ ރަށެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު