ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ތަރިއެއްގެ ވާހަކަތައް ބަލާ، ހޯދާ އެއް ފަންނާނަކީ "ޔާރާ" އާއިލާގެ މަރިޔަމް އައްޒަކަން ޔަޤީނެވެ. އައްޒަ ފާހަގަކުރެވެނީ ފޭނުންނާއި ޚާއްސަ ގުޅުމެއް ބާއްވާ ހިތްހެޔޮ ފަންނާނެއްގެ ގޮތުގައެވެ. އައްޒައަކީ އެނާގެ ދިރިއުޅުމުގެ ކަންކަން މީސްމީޑިއާގައި ކޮންމެވެސް ވަރަކަށް ހިއްސާކުރާ ފަންނާނެއްވެސްމެއެވެ.

އައްޒަ އާއި އޭނާގެ ފިރިމީހާ ފިލްމީތަރި އަބްދުﷲ މުއާޒް (މުއާ) ގެ ޖޯޑަކީ ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ސަމާލުކަން ދޭ އެއް ޖޯޑަށް ވާނެއެވެ. ޚާއްސަކޮށް ދެމަފިރިންގެ އުފަންދުވަހާއި، ކައިވެންނަށް ވާ ދުވަސް ފާހަގަކުރުމުގައި އެކަކު އަނެކަކު ދެކެވާ ލޯބި މި ދެމަފިރިން ދައްކާލަނީ ތަފާތު ގޮތަކަށެވެ.

މީސްމީޑިއާގައި ހިއްސާ ކުރާ ފޮޓޯތަކުން ދެ މީހުން އެކަކު އަނެކަކަށް ކޮށްދޭ "ލޯބި" ކަންކަން ފޭނުންނަށް ވެސް ފެންނަން ހުރެއެވެ.

އެގޮތުން މި ދެމަފިރިންގެ ކައިވެންޏަށް 6 މަސް ފުރުނު ދުވަހާއި ގުޅުވައިގެން ދެމަފިރިން ވަނީ އެކަކު އަނެކަަކަށް ހަދިޔާ ބަދަލުކޮށްފައެވެ. އަދި ދެ ކޭކުވެސް ފަޅާފައިވާއިރު އެ ފޮޓޯތައް ފެނި އާޝޯހު ނުވާ ވަރެއް ނޫނެވެ. ކައިވެންނަށް 6 މަސް ފުރުން ފާހަގަކުރީ ވަރަށްވެސް ކުލަ ގަދަކޮށެވެ.

މިފަހަރު އެ ދެ ތަރިންގެ ކައިވެންޏަށް 8 މަސް ފުރުމާއި ގުޅިގން އެ ތަރިން މީސްމީޑިއާގައި ހިއްސާކުރި ފޮޓޯތަކަކީވެސް އެހާމެ ހތްގައިމު ފޮޓޯތަކެކެވެ.

https://www.instagram.com/p/CGiTtz5JhO6/

އައްޒަގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯގެ ކެޕްޝަންގައި ވަނީ " ސަބަބަކީ ތިއީ އަހަންނަށް އެންމެ ކަމުދާ އިހުސާސް ކަމުގައި ވުން، ތިއީއެ ލޯބީގެ ވަހަކީ" މިހެންނެވެ.

https://www.instagram.com/p/CGiTug5AwmP/

ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އައްޒަ އާއި މުއާ ކައިވެނިކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ. މި ދެމަފިރިން ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ގޮސްފައި ވަނީ ހައިޑްވޭ ރިސޯޓަށެވެ.

އައްޒަ އަދި މުއާވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައި ވެއެވެ. އަދި ދެ މީހުންގެވެސް އެއް ކުއްޖަކު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކ

    އެކަމަކު 0.8 އަހަރަކީ ގާތްގަނޑަކަށް 9.59999 މަސް. އައްޒަ އަށް އޮޅުނީ.

    18
    1
    • ާއަސްލުވެސް

      އާނއެކޭ މަ ވެސް އެހެން މިކިޔަނީ ކީއްވެހޭ 6 މަސް ވީމަވެސް މީހުން 0.6 ލިޔަނީ

  2. ޥާވު

    މިވެސް ޙަބަރެއްތަ

    33
    1
  3. ޝާފިޢާ

    ކިތަންމެ ވާނަމޭހިތިޔަސް ބޮލީވްޑްގެ ތަރިންގެ ގޮތެއް ހާމައެއް ނުވޭ! ހެހެހެ

    36
  4. ލާމު ބެއްޔާ

    މަ ހިތަށް އަރާ 1 އަހަރަ ވޫމަ މި މީހުން ޖައްވައް ހަވަޔަށް ފަޓާސް ނާރުވާ ދާޅަބާއޭ!
    އާ ކައިވެނި ކޮށްގެން ފާއިތުވަން ކޮންމެ ހަފްތާ އަކާ ކޮންމެ މަހަކާ ފާހަގަ ކެރަމުން ދަންނާ ފަޓާސް އަރުވާފަ ހުއްޓާން ވާނޫ..

    21
  5. ބޯޖަލީލު

    ތިދެމީހުން ފޮނޑިޔެއްޖެހިޔަސް ކަލޭމެން ހަބަރަކަށް ހަދާލާތި ގޮތެއް ފޮތެއްނެތް ބައެއްތީ

    18
  6. އަންނި

    އައްޒަޔައް މިހިތް އަބަދުވެސް އެދޭނެ.

    3
    11
  7. ކުއްޖާ

    އައްޒަ ފުރަތަމަ އޮރިޔާން ނިވާ ކޮށްބަލަ ލަދެއްވެސް ނުގަނޭތަ ތިހެން ހިލޭ ފިރިހެނުން ނަން އޮރިޔާން ދައްކަން.. އައްޒަ ވ ރީތި އެކަމް ތިމާގެ އައުރަ އެހެން މީހުންނަން ފޮރުވަން ޖެހޭނެ.. އަައްޒަ އާއި ދޭތެރޭ ޖެލެސް ވަނީ އެއްނުން އައްޒަ އަށް ރަގަޅަށް މިބުނީ މިހެން... ބާއްޖަވެރި ކައިވެންޏަކަށް އެދެން..

    33
    4
  8. ދިދަ ދަނޑި

    ދެއްކެން އުޅޭ ބައެއް...

    23