ކޮވިޑް-19ގެ ސަބަބުން އިންޑިޔާ ފުރަބަންދު ކުރުމާއި ގުޅިގެން މަގުމަތީގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް ވަނީ އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މިފަދަ ބައެއް މީހުންގެ ވާހަކަތައް އިންސްޓަގުރާމުގައި ހިއްސާ ކުރުމުން މަޝްހޫރު ފަންނާނުންނާއި އެހެނިހެން މީހުން ވެސް އެހީތެރިވެދެއެވެ.

''ބާބާ ކާ ޑާބާ''އަކީ ވެސް މިގޮތަށް އިންސްޓަގުރާމުގައި ހިއްސާކުރެވުނު ޕޯސްޓަކުން އެންމެންގެ އެހީތެރިކަން ލިބިގެންދިޔަ ފަރާތެވެ.

މިފަހަރު މީސްމީޑިޔާ ހަލަބޮލިކޮށްލައިފައިވަނީ ސައި ވިއްކަން އުޅޭ އުމުރުން 70 އަހަރުގެ މީހެއްގެ ވާހަކައިންނެވެ.

ފުޑީވިޝާލުގެ ނަމުގެ އިންސްޓަގުރާމަރ 70 އަހަރުގެ މި މީހާއާއި އޭނާގެ އަންހެނުންގެ ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ އެމީހުންގެ ފިރިހެން ދަރިފުޅު މި މިހާގެ އަތް ބިންދާލައިފައިވާ ކަމަށާއި އެދެމަފިރިންނަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މި ފިރިހެން މިހާގެ ދަރިފުޅު ވަނީ އޭނާއަށް ވަރަށް އިހާނެތިކޮށް ކަންތައްކޮށް އަނިޔާ ވެސް ކޮށްފައެވެ. މި އަނިޔާކުރުމުގެ ތެރޭގައި މި މީހާގެ އަތް ވެސް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ވަނީ މިދެމަފިރިން ވަނީ ގެއިން ވެސް ނެރެލައިފައެވެ. އަދި މި ފިރިހެން މީހާގެ އަންހެން ދަރިފުޅުގެ ފިރިމީހާވަނީ އަނިޔާކޮށް މި މީހާގެ މައިބަދައަށް ވެސް ގެއްލުންދީފައެވެ.

ނަމަވެސް މި މީހުންގެ އަންހެން ދަރިފުޅު ވަނީ އެ ދެމަފިރިން ކައިބޮއި އުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކުޑަކުޑަ ސައި ވިއްކާ ފިހާރައެއް ހުޅުވައިދީފައެވެ.

އިންސްޓަގުރާމުގައި މި ޕޯސްޓު ހިއްސާކުރުމުން އެތައް ބައެއްގެ ސަމާލުކަންވަނީ މި މީހާއަށް ލިބިފައެވެ. އަދި ބޮލީވުޑުގެ ފަންނާނުން ވެސް ތިބީ މި ދެމަފިރިންނަށް އެެހީތެރިވެދިނުމަށް ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދ

    އަދިޔޯއި!!!

  2. ައަހުމަދު

    ތިފިރިހެން ދަރިފުލަކީ އިންސާނުންގެ ތެރެއިން ވާމީހެއްނޫންތާ ބައްޕައާއި މަންމަ ނިކަމެތިކޮށްނުލާނެ އެނޫންނަމަ.