ނަސް ދިވެހިން ސިފަކުރަނީ ހަނގުރާމަވެރި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސްއާ ކަމަށް ނަސް ރާއްޖެ އަންނަމުން ހެދި ވަޓްސްއެޕް ގުރޫޕްގެ ލީކް ވެފައިވާ ސުކްރީން ޝޮޓްތަކަކުން ހާމަވެއްޖެއެވެ.

މަޝްހޫރު ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް) ރާއްޖެ އާ ބެހޭގޮތުން ހެދި ވީޑިއޯތަކުގެ ސަބަބުން ދިވެހިން ވަރަށް ނުރުހުންވެފައިތިބި ދަނޑިވަޅެއްގައި ނަސް ރާއްޖެ އަންނަމުން ވަޓްސްއެޕްގައި ހެދި "ނަސް ޑެއިލީ މޯލްޑިސްވް ޓީމް" ގެ ވާހަކަތަކުގެ ސުކްރީންޝޮޓްތަކެއްވަނީ ލީކްވެފައެވެ. މި ސުކްރީން ޝޮޓްތަކުން ހާމަވާ ގޮތުގައި ނަސް ރާއްޖެ އާމެދު ހެދި ވީޑިއޯތަކުގެ ސަބަބުން ރާއްޖޭގައި ނަސްއަށް އެހީތެރިވާން ހެދި ގުރޫޕްގެ މެންބަރުންވަނީ ނުރުހުންވުން ފާޅުކޮށްފައެވެ.

މިގޮތުން މިގުރޫޕްގައި ބައެއް ދިވެހިން ބުނަމުން ދިޔައީ ނަސް ދިވެހިންގެ ޘަޤާފަތާއި އާދަކާދައާއި ބެހޭގޮތުން އެއްވެސް ވަރަކަށް ދިރާސާއެއް ނުކޮށް ވީޑިއޯ ހަދާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ދިވެހިންނަކީ ސައްތައިން ސައްތަ އިސްލާމުންކަމުގައި ނަސްއަށް ހަދާންކޮށްދެމުން ދިވެއްސަކު ބުނެފައިވަނީ، ދިވެހިންގެ ދީނާ ކުޅެފިނަމަ ދިވެހިން މަޑުން ނުތިބޭނެކަމަށެވެ. މި މެސެޖްގެ ޖަވާބުގައި ނަސް ބުނެފައިވަނީ އެވީޑިއޯގައި ދީނޭ ކިޔާފައި ނޯންނާނެ ކަމަށާއި ވާހަކަ ދެއްކީ ދިވެހި ޘަޤާފަތާ ބެހޭގޮތުން ކަމަށެވެ. އަދި ގިނަ ދިވެހިންނަށް މުޚާތަބުކޮށް ނަސް ބުނެފައިވަނީ އައިއެސްއައިއެސް މީހުނަށް ލިޔެފައިއޮތް އެއްޗެއް ކިޔަން ނޭނގޭކަމަށެވެ.

ރާއްޖޭގައި ނަސްހެދި ފުރަތަމަ ވީޑިއޯގައި ނަސް ބުނެފައިވަނީ ރާއްޖޭގެ މީހުންތިބީ ރޯދައަށް ކަމަށާއި އެހެންވެ ފިހާރަތަކާއި ރެސްޓޯރެންޓްތަށްވެސް ނުހުޅުވާކަމަށެވެ. އެހެންނަމަވެސް ނަސްއަކީ ދީންވެރި މީހެއް ނޫން ކަމުން ނަސް ރޯދަ ނުހިފާކަމަށްވެސް މިވީޑިއޯގައި ނަސް ބުނެފައިވެއެވެ. އެހާ ހިސާބުން ދިވެހިންގެ ނަފްރަތް ނަސްއަށް އާއްމުވިއެވެ. ދެން ނަސް ހެދި ވީޑިއޯގައި ދައްކައިދެނީ ދިވެހިން އަންހެނަކު ބުރުގާ ބާލަން ބޭނުންވާކަމަށާއި ބުރުގާ ބާލަން ނުކެރެނީ މުޖުތަމައުގެ ސަބަބުން ކަމަށެވެ. އިސްލާމް ދީނުގައި އަންހެނާގެ އައުރަ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާއިރު، ނަސް މަސައްކަތް ކުރީ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އާދައަކީ ނުބައި އާދައެއް ކަމުގައި ދައްކުވާދޭށެވެ. ދިވެހިން އެންމެ ބޮޑަށް ނަސްދެކެ ރުޅިއައީ މިހާ ހިސާބުންނެވެ.

ނަސްގެ ފޭސްބުކް ޕޭޖް ރާއްޖޭގައި ނުވަދެވޭގޮތަށް ނަސް އަމިއްލަޔަށް ހަދާފައިވާއިރު، ނަސް ބުނީ މިއީ އެވީޑިއޯގައި އުޅޭ އަންހެން ކުއްޖާއަށް ޓަކައި ކުރި ކަމެއް ކަމަށެވެ. އަދި ޕޭޖްއަށް ވަދެވޭ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށްވެސް ލީކްވި ސުކްރީންޝޮޓްތަކުގައި ނަސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރާފު

    ކޮން ނަސްއެއްތަ؟ ތީ ޔަހޫދީ އައިއެސް ރަޑެއް. ތިކަހަލަ ރަނޑުންގެ ވާހަކަ ނުގެނެސްބަލަ

  2. ޒަރާ

    ތީީ ޓެރަރިސްޓް ހަތް އުޑުމަތިން ލައުނަތް ލައްވާފަވާ ޒަޔަނިސްޓްއިން.

  3. މަ

    ކޮން ނަހެއް ބަނަހެއް އޮންނާނީ؟

  4. Anonymous

    ތިބުނާ ނަސް އަކީ އަރަބި ޔަހޫދީއެއް.މުސްލިމް ނަމެއް ކިޔަސް އަދި ނުވާނެ މުސްލިމަކައް.އަމަލްތައް ސީދާ ނުވާހާ ހިނދަކު

  5. ރަށު މީހާ

    ތިޔަ އެކްސް ތީ ކާކުތަ. ވަކި މީނަވެސް ނަސް އަކަށް ދޫ ނުކުރޭ. ކޮންމެ އެއްޗެއް ކިޔަސް ހަމަ ދީނާ ކުޅެންނާ ހޭއަރުވާލަންވީ.

  6. ދޯމަ

    މިއެކްސް އަކަށް ވާނުވާނޭގި ތިކަލޭގެގެ ވީޑިއޯއަށް އަރާލަންލިބުނީމަ މަމޮޅުވާން ދައްކައިދިން ވާހަކަޔަކީ ތިކަލޭގެ އާރުކާޓީކޮށްލަދިން ދީނީ ފުރައްސާރައެއް. ތިކަލޭގެއަށް ޒައިނިސްޓުން ފަންޑުކޮށްގެން ހިންގާ އެޕްރޮގުރާމުގެ މައިގަނޑު މަގުސަދުއެވަނީ ޙާސިލުކޮށްފަ. ދިވެހީންގެތެރޭ ބުރުގާއަޅާ ބާލާ މޫނުއަޅާބާލާ ސޯޓުކޮޅަށް ބަދަލުކުރި މީހުންވެސް އެބައުޅޭ، ފިލްމީ ފަންނާނުން، ލަވަކިޔާމީހުން ސިޔާސީ މީސްމީހުންގެ ތެރޭންނާ މަޖިލީހުންވެސް މިމަންޒަރުފެނޭ! އެކަމާ އެނީހުން ހަފާ ކަމުންދުވާ ބަޔަކު އަހަރެމެން ނުދެކެމު. އިސްތަށިގަނޑު ނުދެއްކިގެން އުޅޭމީހާގެ “ގަޓު” ނެތުމީ ދިވެހިން ކުށްވެރިވާންވީ ސަބަބެއްނޫން. ދިވެހީންނަކީ އައިއެސްނަމަ ގަޔަށްބާރުކޮށް އަރުވާފަހުރި ދުލިފަށް އަތުވައިގެންވެސް ނޫޅެވޭނެ. މިއީ ނުސީދާކޮށް ދިވެހީންގެމައްޗަށް ހުޅަނގަށް ބަސްބުނެވޭނެ މަގެއްހޯދަން ދުވަސްގަނޑެއް ކުރިއަށްލާ ކުޅުނު މޮޅު ޑުރާމާއެއް.

    • މޫސަ

      މިކަހަލަ ޔަހޫދީ ފުރޭތައެއް ރާއްޖެއަށް ގެނައުމަށާ މަރުހަބާކިޔާ ހުރިހާ ޖަރީމާއެއް މިތާ ހިންގީ މީޑިޔާ މީހުނާ ގުޅިގެން މީޑިޔާ.. އޭނަޔަށް ހިތްވަރުދީ ގުޅިގެން އުޅުނު މީޑިޔާ އެންމެންނަކީ ހަމަ އެ ޔަހޫދީ ކަހަލަ ޔަހޫދީންނޭ ބުނެވިދާނެ... އިސްލާމީ ދިވެހި ގައުމީ ލޯތްބެތް ހުރި މީހަކު ނަމަ އެކަހަލަ މިތުނަޔަކަށް ރުހުމެއް ނުދޭނެ.

  7. Anonymous

    މިކަންވެސް އަހަރެން ޖަހާނީ އަންނިގެ ބޮލަށް މިކަހަލަ އެތައްކަމެއް ގެ އުނދަގޫ ފޯރާނެ ވޯޓާ ކައިރި ވީ ވީހެން މަތިމައްޗަށް މަރުވެސް އަންނާނެ ބޭނުމަކީ ސަރުކާރު ބަދުނާމުކުރުން

  8. އާވައީ

    ތިއައީ ކެރަފާ ނަޝީދުފޮނުވަގެން އުޅޭ މީހެއް އެކަން އެގޭ ވަރައްގިނަމީހުނައް

  9. ވަސް

    ބޭޒާރު ވެއްޖެ ދޯ މުޅީން..

  10. އެއްމެން

    ތިޔަކަހަލަ މަގުފުރެދިފަ ތިބި ޝައިތާނީ ކަންތައްތަކަށް ދެވިހިފާފަ ތިބޭ މީހުންނަށް މަރުހަބާ ކިޔަންޏާ ދެންވާނީ ތިޔަހެން. ކީއްކުރަން ތިޔަހެން ދިމާވާމީހަކު ކަންފަތަށް ފަސޭހަ ދެބަހެއް ބުނެލާއިރަށް އޭނަގެ ބައިވެރިޔަކަށް ވެގެން މޮޔަވެގަނެގެން އުޅެނީ.

  11. ރެޓޭ

    އަދިވެސް ތާކުން މީހަކު ފެންނަ އިރަށް ގެނެސް އުނގަށްލާ!

  12. އާދަމް

    ކޮން ނަސް އެއް.. އޭނައަށް ކިޔާ އެންމެ ހުތުރު ނަމަކުން މުޙާތަބު ކުރޭ

  13. ޒާ

    މި ނުބައި މުނާފިގު ކަލޭގެ ރާއްޖެ އައުމުންވެސް އެކަމަށް މަރުހަބާކީ މީޑިއާއިން. ދެން މިހާރު ކޮން ވާހަކައެއް މިދައްކަނީ.

  14. ލަޠީފް

    އަހަރެން ތި ނައްސެއް ސިފަކުރަނީ ސަލްމާން ރުޝްދީ އެއްގޮތަށް ،، އަހަރެން ތި ނައްސެއް ސިފަކުރަނީ އަބޫޖަހުލެއްގެ ގޮތުގައި..

  15. ހައިރާން

    ތި ނަސް ހެދި ވަޓްސް އެޕް ގްރޫޕުގަ ތިބި ބައެއް ދިވެހިންގެ ވާހަކަތައް ހުރި ގޮތުން އެމީހުންނާ ދޭތެރޭވެސް ޝައްކު.. އެޔަހޫދީ ބުނާ އެއްޗެކާ އެއްކޮޅަށް ވާހަކަ ދެއްކި ދިވެހިންވެސް އެބަތިބި

  16. ބަނަސް

    ތިގޮލަ ރަށަށް ގޮައްސަ ނޫނީ ރާއްޖެއިން ބޭރުވެވުމާއި އެކީ ރާއްޖެއޭ ކިޔައިގެން ވަރަށް އެއްޗެހި ޕޭޖުގަ ޖަހާނެ... އަދި ޕޭޖު އަމިއްލަޔައް ނަމަވެސް ބްލޮކް ކޮށްގެން އެއުޅެނީ ރާއްޖެއިން ނުފުރި އުޅޭތީ ހަމަ ފުރުމާއެކީ ކުޅިސަމާ ދައްކާލާނެ ޕޭޖް އައް ވަދެވޭގޮތްވެސް ހަދާނެ

  17. ރޫޏީ

    އިސްލާމް ދީން ވަރުގެ ދީނެއް ނެތް..... އެކަމް މި ދީނަކަށް ނޫޅޭ އެދީން އުފެއްދި އަރަބިންނެއް.... ރިސޯރޓް ތަކަށް އައިސް ޜަބޮނީ...

    • ބުލޫ

      ތެދެއް ތިބުނީ...އިސްލާމްދީން ވަރުގެ ފުރިހަމަ މާތްދީނެއް މިބިންމަތީގަ ނުވޭ.އެކަމަކު މިދީނަކީ އެއްވެސް ހާލެއްގަ އަރަބީން ނުވަތަ އަޖަބީއެއްވެސް އުފެއްދި ދީނެއް ނޫން.މިއީ ހަމައެކަނި މާތްﷲ ބާވައިލެއްވި ދީނެއް.އަރަބިން ނޫނަސް ދުނިޔޭގަ އުޅޭ ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެ.އިންސާނާ ހައްދަވާފަވަނީ ކުއްކުރެވޭ ގޮތައް.ހަމައެފަދައިން ކުށުން ރައްކާތެރިވެވޭނެ ގޮތްތަކާއި ތައުބާވުމުގެ ދޮރުވެސްވަނީ ލައްވަވާފަ...ތިމާޔަށް ނޭންޏާ އިލްމުގެ އަހުލުވެރީންކުރެ އަހާ އުޅުންފިލުވަން މަސައްކަތްކުރޭ.....އެހެންނޫނީ މަޑުން ހުރުން އެދެން.

  18. ކަރީމާ

    މިކަލޭގެ ދެން ދުވަހަކުވެސް ރާއްޖެ ނާދެވޭގޮތަށް ހަދަންޖެހޭ.މީހަމަފައްކާ ޝައިތޯނެއް.

  19. އަލީ މުހައްމަދު

    ހުރިހާ ލޯބިވާ ދިވެހީއްނައް
    ދީން ހުރިހާ ތާކައް ނުވައްދަމާ ހިނގާ، ދިވެހީއްނަކީ ސައްތައިން ސައްތަ މުސްލިމުއްނެއް ނޫން، ނަމާދު ކުރަނީ ހިތައް އެރިއްޔާ، އައުރަ ނިވަލެއް ކުރުމެއް ނޯވޭ، ރޯދަ ހިފަންށޭ ކިޔާފަ ނުކައި ހުރުމަކުން ރޯދަ ހިފުމުން ލިބޭ ފުރިހަމަ ސަވާބު ލިބޭނެ ހީނުކުރޭ،
    ދީނޭ ކިޔާފަ އަނެއް މީހާއާއި ދިމާލައް އަތް ދިއްކޮއްލެވޭނެ އެކަކުވެސް މިތާކު ނޫޅޭ.
    ނަމުގާ މުސްލިމުން، އުޅުމުގާ ކާފަރުއްނައް ވުރެންވެސް ހާލްދެރަ.

  20. ޚަސަނު

    ޢެއިކިހަފެންވަރެގެ މިހެބަ