ވިހެއިއިރު ދިމާވި ހާލަތެއްގެ ސަބަބުން، ހަށިގަނޑު، "މާމެއިޑް" އަކާއި ވައްތަރު ކުއްޖަކު އުފަންވެއްޖެއެވެ. އިންޑިޔާގެ އަވަށަކަށް މި ކުއްޖާ އުފަންވިއިރު، އުފަންވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ކުއްޖާ ވަނީ މަރުވެފައެވެ.

ޞިއްޙީ މާހިރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ސިންޑްރޮމް އަށް، އެފަރާތްތަކުން އާއްމުކޮށް ކިޔާ އުޅެނީ "މާމެއިޑް ސިންޑްރޮމް" އެވެ. އެހެންނަމަވެސް، މި ސިންޑްރޮމްގެ އަސްލު ނަމަކީ "ސިރެނޮމެލިއާ" އެވެ. ސިރެނޮމެލިއާގެ ސަބަބުން ހަށިގަނޑުގެ ތިރީ ބައިތައް ރަނގަޅަށް ނުއުފެދި، އެބައިތަކުގައި އުނިކަން ހުރެއެވެ. އަދި، މިކަމުގެ އަސަރުކުރާ ކުދިން ވިހާއިރު، ހަށިގަނޑުގެ ތިރީ ބައިތަކާއި ފައި ރަނގަޅަށް ނުއުފެދޭނެއެވެ.

މިއަދު ހެނދުނު، އިންޑިޔާގެ މަހަރަޝްތުރާގެ ރަށްފުށުގެ އަވަށެއްގައި ހުންނަ ހޮސްޕިޓަލަށް ވިހޭ ކުއްޖަކަށްވެސް، މި ޙާލަތު ދިމާވެފައިވާއިރު އެކުއްޖާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް، ޚިޔާލީ ކެރެކްޓާއެއްކަމުގައިވާ މާމެއިޑް އަކާ ވައްތަރުކަމަށް، އެޤައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.

މި ކުއްޖާ ވިއްސި ގައިނީ ޑޮކްޓަރާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ކުއްޖާގެ ބަރުދަނުގައި 1.8 ކިލޯ ހުރިކަމަށެވެ. އަދި، ކުއްޖާ ދުނިޔޭގައި އޮތީ އެންމެ 15 މިނެޓުކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ "އަޕަރ ބޮޑީ" ރަނގަޅަށް މަސައްކަތް ކުރި ނަމަވެސް، "ލޮވަރ ބޮޑީ" ރަނގަޅަށް މަސައްކަތް ނުކުރާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު