އާދައިގެ އާއިލާއެއްގެ މީހަކާއި ކައިވެނި ކުރަން ނިންމުމުން ރަސްކަމުގެ ބާރުތަކާއި، އިއްޒަތާއި، އަރާމު ދިރިއުޅުން ދޫކޮށްލަން ޖެހުނު ޖަޕާންގެ ޕްރިންސެސް މަކޯގެ ކައިވެނި 2020 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

ޕްރިންސެންސް މަކޯ މިދިޔަ އަހަރު އާދައިގެ އާއިލާއެއްގެ މީހަކާއި ކައިވެނި ކުރަން ނިންމުމުން އެކަން މީޑިއާތަކުގެ ބޮޑު ޚަބަރަކަށް ވެެގެން ދިޔައީ ޖަޕާންގެ އާދަކާދަ އޮންނަ ގޮތުން ރަސްމަތިފުށުގެ މީހުން އާދައިގެ އާއިލާއެއްގެ މީހަކާއި ކައިވެނި ކޮށްފިނަމަ ރަސްކަމުގެ ފަރާތުން ލިބޭ ހުރިހާ އިނާޔަތެއް ދޫކޮށްލަން ޖެހޭތީއެވެ.

ޕްރިންސެސް މަކޯ ބުނެފައި ވަނީ ރަސްކަމުގެ ފަރާތުން ލިބޭ އެއްވެސް އިނާޔަތެއް އަދި ޝަރަފެއް ވެސް ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުންވަނީ އޭނާގެ ލޯބިވެރިޔާ އާއި ކައިވެރި ކުރަން ކަމަަށެވެ.

ކުރިން ހަމަޖެހިފައި އޮތީ މަކޯ އާއި އޭނާގެ ލޯބިވެރިޔާ ކޮމުރޯގެ ކައިވެނި މިއަހަރުގެ ނޮވެމްބަރ މަހު ކުރާށެވެ. ކައިވެނި 2020 ވަނަ އަހަރަށް ފަސްކުރުމަށް ފަހު ޕްރިންސެސް މަކޯ ނެރުނު ބަޔާނެއްގައި ބުނީ ކައިވެނި ލަސްކުރީ ކައިވެންޏާއި މެދު އިތުރަށް ވިސްނާ އިތުރު ބައެއް ކަންކަން ނިންމުމަށް ކަމަށެވެ.

ފާއިތުވި ދެތިން އަހަރަކީ ޖަޕާންގެ ޝާހީ އާއިލާގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދެތިން އަހަރެވެ. އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ޕްރިންސެސް މަކޯގެ ކާފަ އެޕެރާ އަކިހީޓޯ 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިކަން ދޫކޮށްލަން ނިންމެވުމެވެ.

ކިޔުންތެރިންގެ ހިޔާލު