ރާއްޖެއަކީ ގިނަ ލޯބިވެރިންގެ މަންޒިލަކަށްވީނަމަވެސް ރާއްޖެއަކީ ދުނިޔޭގައި ވަރީގެ ރޭޓް އެންމެ މަތީގައި އޮތް ޤައުމު ކަމުގައި ބުނެ ނަސް ދިވެހި ރާއްޖެއަށް ފާޑުކިޔައިފިއެވެ.

މަޝްހޫރު ވީލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް) ރާއްޖެއަށް ޒިޔާރަތް ކުރުމަށްފަހު ރާއްޖެއާ ބެހޭގޮތުންހެދި ހަތަރުވަނަ ވީޑިއޯގައި ބުނެފައިވަނީ ދިވެހި ރާއްޖެއަކީ ރޮމާންޓިކް ޤައުމުތަކުގެ ތެރެއިން ޤައުމެއް ކަމަށާއި ލޯބިވެރިން ހަނީމޫނަށާއި ކައިވެނި އެނިވަރސަރީތަކުގައި ރާއްޖެއަށް ލޯބިވެރިން އަންނަ ކަމަށާއި ނަމަވެސް އެމީހުނަށް ނޭންގޭ ޙަޤީޤަތަކީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަރީގެ ރޭޓް އެންމެ މަތީ ޤައުމު ކަމަށެވެ. އަދި ބުނެފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރިއަކީ އެހެން ޤައުމުތަކުގައި ބޮޑު ކަމަށްވިނަމަވެސް ރާއްޖޭގައި ބޭނުން ހާލަތެއްގައި ވަރި ކުރެވޭ ކަމަށާއި ވަރިއަކީ ރާއްޖޭގައި ކުރަން އުދަގޫ ކަމެއް ނޫންކަމަށެވެ.

ނަސް ރާއްޖޭގެ އަންހެން ކުއްޖަކު ބުރުގާ ބާލަން ނުކެރިފައި ހުރި ކަމަށްބުނެ ހެދި ވީޑިއޯގެ ސަބަބުން ގިނަ ބައެއްގެ ނަފުރަތާއި ފާޑުކިޔުން ނަސް އަށާއި އެވީޑިއޯގައި އުޅޭ "އެކްސް" ކިޔާ މީހާއަށް އަމާޒުވެފައިވާއިރު، ނަސްގެ ފޭސްބުކް ޕޭޖްކަމަށްވާ "ނަސް ޑެއިލީ" ވަނީ ރާއްޖެއަށް ނުފެންނަ ގޮތަށް ބުލޮކްކޮށްފައެވެ.

އުމުރުން 25 އަހަރުގެ ނަސްއަކީ އިސްރާއީލަށް އުފަން ފަލަސްތީނު މީހެކެވެ. ނިއުޔޯކްގައި އުޅެ ބޮޑުވި ނަސްއަކީ އެކި ޤައުމުތަކަށް ގޮސް އެޤައުމަކާ ބެހޭގޮތުން އެއް މިނެޓްގެ ވީޑިއޯ ހަދައި ފޭސްބުކްގައި އާއްމު ކުރަމުން އަންނަ މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނަން

    ރަނގަޅު ވާހަކައެއް،

  2. ވަރި

    އެއީ ހަގީގަތް. މީހުން ކުރާ މަލާމާތަށް އަހަރުމެން

    ލަދު ގަންނަން ޖެހޭ.

  3. ދެންދޯ

    ބަލަ ކައިވެނި ކުރާތަނެއްގަދޯ ވަރިގިނަވާނީ! ކައިވެނިނުކޮށް ބޭނުންދުވަހަކު އެކީއުޅެފަ، ދަރިންހޯދާ ދިހައަހަރުފަހުން ކައިވެނިކުރާތަންތަނާ މިތަނާ ތަފާތުވާނެ. މީހަމަ "ބިޓަރ ޓްރްތް"

    • ކެނެރީ ސޮނި މުގާބޭ

      އަސްލުވެސް

    • ޔެސް ސަރ

      އާ ކާވެނި ކޮށްގެންދޯ ވަރި ކުރެވޭނީ

  4. ސަން

    މީނަގެ އަމިއްލަ ގައުމުގަ ކަމެއް ނެތީތަ.މިކަލޭގެ މިއީ ހަމަ ޔަގީނުންވެސް ބަޔަކު ފޮނުވައިގެން މިރާއްޖެއާ ބެހޭ ގޮލައެއް. މިކަލޭގެ ކިޔާއެއްޗިއްސައް ވަރަށް އުފަލުން ޖަވާބު ދޭ ކޮހުން ވެސް އެބަހުޅޭ.

  5. ތުނިޔަ

    މިތާ ކައިވެނި ކުރާތީ ވަރި ގިނަވަނީ! ކައިވެނި ނުކޮށް ދަރިން ހޯދާ މާމަ ކާފަވެ ހޫރު މާމަ ކާފަ ކިޔާ ގައުމު ތަކުގަ ވަރިއެއް ނޯންނާނެތާ! ތިކަހަލަ ފަރަންޖީން ކިޔާ އެއްޗަކުން އަހަރުމެން ކަހިރުވަކެކޭވެސް ހީނުވޭ!

  6. މަސް

    ނިސްބަތުން ހަލާކު ކައިވެނިވެސް މިގައުމުގަ ގިނަވާނެ

  7. މަންޖެ

    ކަލެއަށް މާބޮޑަށް އިނގެނީ. ރާއްޖޭގައި މިހާރު ވަރިކުރާކަށް ފަސޭހައެއްނުވާނެ.

  8. ބީވާ

    ހެޔޮ ގޮތެއް ނެތެއްނު. ވަރި ނުވެވެންޏާ އިސްލާމީ ހަރުކަށި ގައުމެއް، ވަރި ކުރެވެންޏާ އަންހެނުން ވެލިއު ނުކުރަނީ.

  9. ހަމަ ބުނެލީ

    އެހެން ގައުމުތަކުގަ މީހުންނާ ނީންދެ ދަރިން ހޯދާ އަނެއްކާ އެހެން މީހަކާ ހިތާވެ ގޮސް މުސްކުޅިވެ މަރުވެ ދާ މީހުންގެ ރޭޓް ކިހާވަރެއް ތޯ ބަލާލަބަލާށޭ ބުނެބަލަ ނަސް ކައިރީ

  10. ޥިސްނޭ

    މީކާކުތަ މީނާ މިރާއްޖޭން ފިނުވާނުލެވިގެން މިއުޅެނީ ކީއްވެގެންތަ . ނޫނީ މީނާ މީ ސަރުކާރުން މިކަންތައް ކުރަން ގެނެސްސަ ހުރިމީހަކީ ތަ

  11. ހަގީގަތް

    ނަސް ބުންޏަސް އެއީ ތެދު ވާހަކައެއް. 100% މުސްލިމް ގައުމެއްގަ އޮންނަން ނުޖެހޭ ވަރަށް ވަރި ގިނަ ރާއްޖޭގަ. މީހުންގެ ދީނީ ހޭލުން ތެރިކަން ކުޑައީ. ހުޅަނގަށް ތަބާ ވެެވެނީ މާ ބޮޑަށް. ދީނުގައި ހުއްދަ ކަންތަކުގެ ތެރެއިން ކަލާނގެ އެންމެ ރުހި ވޮޑިނުގަންނަވާ ކަން ވަރި އެއީ.

    • ޙޮއި

      ﷲ ނުރުހިވޮދިގަންނަވާ ކަމެއް ހުއްދަ ކުރައްވާނެބާ؟ ޢެކަމް ވަރި ހަރާމްވެސް ވާ ހާލަތު އަންނާނެ! ތަފާތު މަރުޙަލާ އޮވޭ އެކަމުގައި ؟ ތީ ލޮއިފް ހަދީސް އެއް ކަމަށް ބެލެވޭ!

      • ޢަލީ

        ލައްބަ... ވަރިއަކީ ﷲ އެންމެ ނުރުއްސަވާ ކަންތައް... ނަމަވެސް ވަރިކުރުން ހުއްދަކުރައްވާފައިވަނީ އަެގެ ފަހަތުގަ ހިކުމަތްތަކެއްވާތަަީ...

    • ތުނިޔަ

      ހުޅަނގަށް ތަބާވެގެންތޯ ވަރި ގިނަ މިވަނީ! ތިޔަބުނާ ހުޅަނގުގަ ކައިވެނިވެސް ކުރާނަމަތާ!

  12. މޭޑްޔައި

    މިއީ ނަސްއަށް ހެދުނު އެންމެ ފައްކާ ރަނގަޅު، ސައްޙަ މަޢުލޫމާތުގެ މައްޗަށް ހެދުނު ފުރިހަމަ ވީޑިއޯއެއް. މިއަށް ވުރެން ބޮޑު ތެދެއް މިގައުމުގަ ކޮބާ. މިފަހަރު ކޮންމެ އެއްޗެކޭ ކިޔަސް މީނަގެ ވާހަކަ ރަނގަޅު. އަދި ކައިވެނީގެ ކުރީގެ ގުޅުމުގެ ބައިގެ ވާހަކަ ނެތްތަންކޮޅު މީގަ ފުރިހަމަކަން ނައީ. ޢެހެންނަމަ މިއީ ހަމަ އެއްވަނަ. ކައިވެނި ކުރާ ތަނަކަސް ވަރި ކުރީމައި ވާނީ ވަރި ކުރި ކަމަށް.

    • ވަރި

      ކާވެނި ނުކޮށް އުޅޭ ތަން ތަނުގަ ކިހިނެއް ވަރި ކުރާނީ، މިތާއުޅެނީ ކާވެނިކޮށްގެން، ނަސްމެން އުޅެނީ ކާވެނި ނުކޮށް، ކިހިނެއް ވަރި ކުރާނިީ

  13. ދިވެއްސެއް

    ރާއްޖޭގަ ވަރި ގިނަވަނީ އަހަރުމެން ތެރޭ ލިވިންގް ރިލޭޝަންޝިޕްގަ ނޫޅެ ސީދާ ކައިވެންޏަށް އެންމެން ދާތީ. ޔޫރަޕް ތަންތާ އެންމެން ކަހަލަ ގޮތަކަށް މި އުޅެނީ ލިވިންގް ރިލޭޝަންޝިޕްގަ. ޚައިވެނި ނުކޮށް އެމީހުން ދަރިންވެސް މި ހޯދަނީ. ދެން އެމީހުން ވަރި ނުކުރެޔޭ ބުނެވޭނެތާ އެމީހުން ވަކި ވާނއވީމަ ބްރޭކްއަޕް ވީޔާ ވާނީ. މި ނަސް ދިވެހީނާ ޖައްސާލައިގެން މިުޅެނީ ކީއްވެ؟

  14. މީނާ

    މިކަލޭގެވެސް މިއުޅެނީ ކޮންމެވެސް ކަމެއް ނުކުރެވިގެން

  15. ޙުއްބުލް ވަތަން

    ޔޫރަޕްގަ މާ ވަރިގިނަވީސް، ޒިނޭކުރުމަކީ އެމީހުންގެ ޤައުމުތަކުގަ ހުއްދަ ނޫން ކަމެއްނަމަ، އެމީހުން ހުރިހައި ކަމެއް ކުރަނީ ކައިވެނި ނުކޮއްތިބެ ދޯ؟ އެހެންވީމާ ކޮން ވަރިއެއް؟

  16. އަބުތި

    އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ވަރިމަދުވާނެ އިސްލާމީ ގައުމުތަކުގައި ވަރި ގިނަ ވާނެ ސަބަބު އެނގިލައްވާތޯ. އެމީހުންނަކީ 4 ކުދިން ލިބޭރިރުވެސް އިންނަބައެއް ނޫން ނީންނަ ބަޔަކު ކުރާނެ ވަރިއެއް ނޯންނާނެ.. އަހަރުމެން އިސްލާމީ ގައުމުތަކުގައި ނިދެ ދެމަފިރިންހެން ނޫޅޭނެ

  17. Anonymous

    މޮޔަވެގެން އުޅޭ މީހެއްތަ އެއީ؟

  18. ވޭލްޝާރކް

    އިނަސް ނީނަސް ވަރިކުރިއަސް ނުކުރިއަސް މީނައަކާ ކޮން ބެހޭކަމެއް..