އިންޑިޔާގެ އަވަށެއް ކަމަށްވާ މީރަތުއަށް ލަންޑަނުން އައި ޑޮކްޓަރަކަށް އޮޅުވައިލައިގެން ''އަލާލްދީން ކުރައެއް" 2.5 ކްރޯރް ރުޕީސްއަށް ވިއްކައިލައިފިއެވެ.

މި ކުރައި ވިއްކާލައިފައިވަނީ އެއީ އަސްލު އެއްޗެއްކަމަށާއި، އެ ކުރާގައި އަތް ކާއްތާލުމުން ޖިންނިއެއް އައިސް އޭނާ ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދޭނެ ކަމަށް ބުނެއެވެ.

ޑރ. ލައީކް ޚާން ވަނީ މި މައްސަލަ ހަރީނަގަރު ސަރަހައްދުގެ ބުރަހަމްޕޫރީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފައެވެ. ފުލުހުން މިހާރު ވަނީ މިކަން ކުރި ދެމީހުން ހައްޔަރު ކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަން ހިނގި ގޮތް ކިޔައިދެމުން ޑރ.ލައީކް ބުނެފައިވަނީ 2018 ވަނަ އަހަރު އޭނާގެ ގާތަށް އަައި ސަމީނާ ނަމަކަށް ކިޔާ ބަލިމީހެއް، އޭނާގެ ސާޖަރީއަށްފަހު ބޭސް އަޅައިދިނުމަށް އެ ގެއަށް ދާން ޖެހުނު ކަމަށެވެ. އެ ދިޔުމުގެ ތެރޭގައި ސަމީނާގެ ފިރިމީހާ އިސްލާމުއްދީން ވަނީ އޭނާއަށް އެ ކުރައި ދައްކައި ބުނީ އެއިން އޭނާ ބިލިއަނަރަކަށް ހަދައިދޭނެ ކަމަށެވެ.

އިސްލާމުއްދީނާއި އޭނާގެ ރަހުމަތްތެރިއެއްވެގެން ކުރައިން ޖިންނިއެއް ވެސް ގެނެސް އޭނާއަށް ދައްކައިފައިވެއެވެ. އެ ޖުރައި ގެއަށް ގެންދަން ބޭނުން ވާހަކަ ބުނުމުން އިސްލާމުއްދީން ބުނެފައިވަނީ އެ ލޭމްޕުގައި އޭނާ އަތްލައިފިނަމަ އޭނާއަށް ދެރަގޮތްތަށް މެދުވެރިވާނެ ކަމަށެވެ.

އަސްލު ޖިންނިއެއް ކަމަށް ބުނެ އެ ދައްކަނީ އިސްލާމުއްދީނު ކަން ޑރ.ލައީކްއަށް އެނގުނީ ވަރަށް ފަހުންނެވެ. އެކަން އެނގުނުއިރު އިސްލާމުއްދީންއާއި އޭނާގެ ރަހުމަތްތެރިޔާ ވަނީ ޑރ.ލައީކްގެ އަތުން 2.5 ކްރޯޑް ރުޕީސް ނަގައިފައެެވެ. އެއީ ކުރައި ވިއްކާލުމުގެ އަގުގެ ގޮތުގައެވެ.

އޭގެފަހުން ޑރ. ލައީކް މި މައްސަލަ ފުލުހަށް ހުށަހަޅައި އޭނާގެ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ގަމާރު

  ގަމާރު ވިޔަސް ތަންކޮޅެއް ބޮޑު ވަރު!

  24
  2
 2. އަ ސޭލާ

  ކުރީ ސަރު ކާރުން ވެސް މި ކުރަ ގަންނަން ވަރަށް މަސައްކަތް ކުރި!

  14
  11
 3. ޑޮކްޓަރ ކުރާ

  ތިއީ ޑޮކްޓަރެ ތަ ... ތި މީހާ ލައްވާ ނުވާނެ ބޭސްފަރުވާ ކުރާކަށް...
  ފައިސާގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ...

  މަގޭ އަތުގައި އެބަ އޮތް ރަން ބިސް އަޅާ ކުކުޅެއް.. މަ ދީފާނަން މީތި 2.5 ކްރޯރް ރުޕީސްއަށް.. ބާގޭން ކޮށްގެން ކުޑަކޮށް އަގުހެޔޮކޮށް ލެވިދާނެ... މިގޮތް މާ ރަނގަޅު ވާނެ

 4. ރިފާއު

  ކުރަ އެއް ނުން! ވޮށް ކިޔާނީ! އިގިރޭސިން ކިޔަނީ ލޭމްޕް! ވޮށަކީ ބައްތި !

  4
  2
 5. ޓ

  ބަލަ މުޅި މާލޭގައި ދުންކިބާ ހިފައިގެން ހިނގީ ކޮނބައެއް
  ޙަމަ ލާދީނީ. ޢެމްޑީޕީ ދޯ

  4
  1