ބޭނުންވާ ތަކެތި:
2 1/2 ޖޯޑު ހަކުރު
1 1/2 ޖޯޑު ބަޓަރ
4 ބިސް
3 1/2 ޖޯޑު ފުށް
1/2 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ބެކިން ސޯޑާ
1 ޖޯޑު ބަޓަރ މިލްކް
1 ސައިސަމުސާ ލުނބޯ އެސެންސް
2 ޖޯޑު އައިސިން ޝުގާ
1/2 ޖޯޑު ލުނބޯ ޖޫސް
2 މޭޒުމަތީ ސަމުސާ ބަޓަރ
1 މޭޒުމަތީ ސަމުސާ ލުނބޯ ޒެކްޓް

ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ 1 1/2 ޖޯޑު ބަޓަރު އަދި ހަކުރު ރީއްޗަށް އެއްވަންދެން އިލެކްޓްރިކް މިކްޗަރުން ގިރުވާށެވެ. ދެން ފަހަރަކު ބިހެއް ލަމުން ގިރުވާށެވެ.

ދެން ތައްޓެއްގައި ފުށާއި ލޮނު އަދި ބޭކިން ސޯޑާ އެއްކޮށްފައި ގިރުވި ބައި ތެރެއަށް އަޅާށެވެ. އެއްވުމުން ބަޓަރ މިލްކް އަޅާ ގިރުވާށެވެ. ހުރިހާ އެއްޗެށް އެއްކޮށް މިކްސް ވުމުން ލުނބޯ އެސެންސް އަޅާ ކުޑަކޮށް ގިރުވާލާށެވެ. ދެން 165 ޑިގްރީގައި 60 އާއި 75 މިނެޓް ދޭތެރޭ ފިހެލާށެވެ.

ކޭކު ރީތިކުރުމަށް އައިސިން ޝުގާ އާއި ލުނބޯ ޖޫސް، 2 ސަމުސާ ބަޓަރު އަދި ލުނބޯ ޒެކްޓް އެއްކުރާށެވެ. ކޭކް ފިހެވުމުން ހިހޫ ކުރުމަށްފަހު މަތީގައި މި މިކްސްޗާ ހާކާށެވެ.