އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތުގެ ދެ ބެއިންގެ ދަރިއެއް ކަމަށްވާ އެލިޒަބަތު ޝާކާލީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އުމުރުން 79 އަހަރުގައި އެލިޒަބަތު ޝާކާލީ މަރުވެފައިވާ އިރު އޭނާ އަކީ ރާނީ އެލިޒަބަތުގެ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ލޭޑީ އެލިޒަބަތު ބޮޑަށް ފާހަގަ ކުރެވެނީ ޝާހީ އާއިލާގެ ހަފްލާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ މީހެއްގެ ގޮތުގައެވެ.

ވިންޑްސަ ކާސަލް އަށް 1941 ވަނަ އަހަރު އުފަންވި ލޭޑީ އެލިޒަބަތު ރާނީގެ ހާއްސަ ޕާޓީ ޕްލޭނާއެއްގެ ގޮތުން މަސައްކަތް ފަށާފައި ވަނީ 1960 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވަނީ ޝާހީ އާއިލާގެ ގިނަ ކައިވެނި ހަފްލާތައް ވެސް އިންތިޒާމް ކުރުމުގައި ޙަރަކާތްތެރިވެފައެވެ. އެގޮތުން ޑޫކް އެންޑް ޑުޗެސް އޮފް ކެމްބްރިޖްގެ 2011 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ކައިވެނި ހިމެނެއެވެ.

ލޭޑީ އެލިޒަބަތު މަރުވީ އޭނާގެ އާއިލާ އާއި ކައިރީގައި ހުންނަވަނިކޮށެވެ. އޭނާ މަރުވި އިރު އޭނާގެ އަންހެން ކުއްޖަކާއި ދެ މާމަ ދަރިން އެބަ ތިއްބެވެ. ޝާކާލީ މަރުވި އިރު ރާނީ އެލިޒަބަތު ވަނީ ޝާކާލީއަށް މީގެ މަސްތަކެއް ކުރިން ރޯޔަލް ވިކްޓޯރިޔަން އޯޑާގެ ކޮމާންޑަރުކަން ވެސް ދީފައެވެ. އަދި އޭނާ ވަނީ ރާނީގެ އަމިއްލަ ހަފްލާތައް ވެސް ރާވައި އިންތިޒާމް ކުރުމުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ އިންތިޒާމް ކުރި އެއް ހަފްލާ އަކީ ރާނީގެ 90 ވަނަ އުފަން ދުވަހުގެ ހަފްލާއެވެ.

ޝާކާލީ ގެ ފޮޓޯއެއް

އެލިޒަބްތުއަކީ އިނގިރޭސި ވިލާތުގެ ޝާހީ ބޭފުޅުންގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ވެސް ދަންނަ އެ ފަރާތްތަކަށް މަސައްކަތް ކޮށްދީފައިވާ މީހެކެވެ. އެގޮތުން ސާ މިކް ޖެގާ އާއި ބިލް ކްލިންޓަން އަދި ހިލަރީ ކްލިންޓަން ހިމެނެއެވެ.

ލޭޑީ އެލިޒަބަތު ކައިވެނި ކޮށްގެން ހުރީ ސާ ޖޮފްރީ ޝާކާލީ އާއެވެ. މި ކައިވެނި ބާއްވާފައި ވަނީ 1972 ގައި ވެސްޓްމިންސްޓާ އަބޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަލާމު

    ދުނިޔޭގައި އަރާމާ ލައްޒަތުގައި ދިގުޢުމުރުގައި އުޅެވިއްޖެ ! ދެން އޮތީ ބަރުޒަޚް! ބުދަށް އަޅުކަންކުރުމައި ހުރެ ނިމިގެންދިޔަނަމަ ހިތާމާގެ ކޮޅެއްވެސް ނެތް!

    28
    3
  2. ބޯކިބާ

    މާލެތެރޭވެސް މިހާރު އަނެއްކާ ތިކަހަލަ އާއިިލާއެއް އެބައުޅޭ، ހުރިިހާ ވުޒާރާތަކެއްގެ ކޮންޓުރޯލު އެއް އާއިލާއަކަށް.

    21
    2
  3. ޖިންނި

    ސެޓަނިކް ރޯޔަލް ފެމިލީ

    12
    1
  4. އަލްޖިބްރާ

    އިގިރޭސި ވިލާތުގެ ޝާހީ އާއިލާގެ ނިމުމުގެ ފެށުން ކަމަށް ވެދާނެ !

    5
    3