ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީއާ ދެމެދު ކަންކަން ނުތަނަވަސްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއީ ފެންނަން ހުރި މަންޒަރު ތަކާއި ހިނގާފައިވާ ހާދިސާތަކަށްބަލާއިރުވެސް މުޅިން ގޯސް ވާހަކައެއްވެސް ނޫނެވެ.

މިފަހަރު ދެން އެންމެ ގިނަބަޔަކު ހައިރާން ކޮށްލި އަނެއް ވާހަކަ އަކީ އިނގިރޭސި ޝާހީ ޑްރާމާގެ މިހާރުގެ ރަސްގެފާނު ޗަލްސް އާއިޕްރިންސް އެންޑްރޫގެ ވާހަކަ އެވެ.

އަވަހާރަވެފައިވާ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، މިހާރުގެ ރަސްގެފާނު ޗާލްސް އާއި ރަސްގެފާނުގެ ކޮއްކޯފުޅު އެންޑްރޫއާއި ބައްދަލުކުރެވުނެވެ. އެ ބައްދަލުވުން ވެގެން ދިޔައީ ޕްރިންސް އެންޑްރިއު އަށް ބޮޑު ނިކަމެތިކަމެއް ލިބެން އުޅޭކަމުގެ ސިގްނަލް އަކަށެވެ.

ޖިންސީ ގޯނާގެ ތުހުމަތަށް ފަހު އެންޑްރޫގެ ޝާހީ މަސްއޫލިއްޔަތަށް އެނބުރި ނާންނާނެކަން އޭނާއަށް އަންގައިދިނީ ޝާހީ އާއިލާގެ އެންމެ އިސް ބޭފުޅުންނެވެ. އެއް ފަރާތަކުން ބުނި ގޮތުގައި އެކަމުގެ ސަބަބުން އޭނާގެ ހާލުކޮޅާ މެދު އާއިލާ އިން ކަންބޮޑުވާ ވަރަށް ވަނީ ގޯސްވެފައެވެ.

ހައިރާންކުރުވަނިވި ކަމަކީ ޖެފްރީ އެޕްސްޓީންގެ ޖިންސީ ވަގުފާރީގެ ޝިކާރައަކަށްވި ކަމަށް ތުހުމަތު ކުރެވޭ ވާޖީނިއާ ޖިއުފްރޭ ހުށަހެޅުއްވި ޖިންސީ ގޯނާގެ މައްސަލަ ނިމުމަކަށް ގެނައުމަށް ފަހުޑިއުކް އޮފް ޔޯކް އަށް ޝާހީ މަސައްކަތަށް ނުކުތުމުގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމެވެ. ނަމަވެސް އެއީ ރާނީގެ ދުވަސްވަރުގައެވެ. މި މައްސަލައިގެ ތެރެއިން އެންޑްރޫގެ އަރިހުގައި ތެދުވުމަށް ރާނީ މަސައްކަތް ކުރެއްވި ނަމަވެސް ޗާލްސްގެ ވިސްނުމެއް އެކަމުގައި ނެތެވެ. އަދި މިހާރުވެސް އެކަމަށް ފުރުސަތެއް ނެތްކަން ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.