އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މާލެ ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް ރަސްކަމާއި ރަސްމީކޮށް ހަވާލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ދެކަނބަލުން ލަންޑަށް ފުރާވަޑައިގެންނެވީ މެއި ތިން ވަނަ ދުވަހުއެވެ.

ރައީސްގެ ދެކަނބަލުން ވަނީ އިނގިރޭސިވިލާތަށް ވަޑައިގެން، އެކި އިވެންޓަކުގައިވެސް ބައިވެރިވަޑައިގަންނަވާފައެވެ.

ޗާލްސް ރަސްކަމާއި ރަސްމީ ގޮތުން ހަވާލުވުމުގެ ރަސްމިއްޔާތު އޮތީ ހަ ވަނަ ދުވަހުއެވެ.

ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަންނަވަނީ އެމަނިކުފާނުގެ މަންމާފުޅު އަދި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެންނެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެމްބަރ 8 ވީ ބުރާސްފަތި ދުވަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީގެ ޖަނާޒާގައި ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެލެއްވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އަނެއްކާ ޔޫއެސްއަށް ފުރާ. ގައުމުގެ ހަޒާނާގަ ބައިލާރި އޮއްވަވެސް ދެފައި އެއްތާ ނުޖަހާތި. ތިހިރީ ފައްކާ އުޅުމެއް ދަސްވެފަ.

    13
    1
  2. އަމާބުނީތީ

    ބަޖެޓު ތަޅާލާފަ އަނބުރާ އަތުވެއްޖެ. ނެތް ފައިސާ ހަރަދު ކޮށްފި. ވަގު ސީލިހު

    11
  3. އާދަނު

    ޖާހިލަކަސް ލައްކަ ތަންތަނަށް ދަތުރުކޮށްފިތާ!

  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ފަޒުނާ ބޫޓަށް އަރާފައި ހުރި ފަހަރެކެވެ. ކުރިން ފަޒުނާ ކޯޓު ފަޓުލޫނު ލާފައި އަރަނީ ފައި-ފެއްނަ ކަހަލަ ފައިވާނަކަށެވެ. މިއީ މުންޑު ލާފައި ޓައި އެޅުން ކަހަލަ ކަމެކެވެ. ބޭރު ޤައުމަކަށް ދިޔައަސް މި ދެމަފިރިން ގެ ކިބައިން އަހަރުން ގަންނަން ޖެހެނީ ލަދެވެ. އިބޫ އަށް އިނގިރޭސިން ލިޔެފަ އޮންނަ އެއްޗެއް ކިޔާކަށް ކުޑަކޮށް ވެސް ނޭންގެއެވެ. މިވަރު ވީމާ ވަޒީފާ އިން ވަކި-ވާންޖެހޭނެއެވެ.

  5. ރާޖް

    ރާއްޖޭގައި ވެރިކަމަށް އަރާ މީހުން ހިތުހުރިގޮތަކަށް ބޭރު ދަތުރުކުރުން ހުއްޓުވަން ޖެހޭ. އަދި ބޭރު ދަތުރެއްކުރާނަމަ އެދަތުރެއް ނިންމާފައި އައުމުން 7 ދުވަހުގެ ތެރޭގައި ދަތުރުގެ ބޭނުން، ބައިވެރިވި މީހުންގެ އަދަދު ،ހޭދަވި ފައިސާ އަދި ޖުމްލަކޮށް ގައުމަށް ދަތުރުންވި ފައިދާ ގެއްލުން އިންގޭނެހެން މަޖުލީހަށް ރިޕޯރޓެއް ހުށައަޅަންވާނެ. އަދި މީގައި ހުރިމައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުން ރައްޔުތުންގެ މަޖުލީހަށް މަތިކޮށް ދަތުރުން ރައްޔިތުންނަށް ފައިދާއެއް ނުވާނަމަ ނުވަތަ ކުރަން ނުޖެހޭ ބޭކާރު ދަތުރެއްކަމަށް ފާހަގަވާނަމަ ދަތުރަށް ހޭދަވިފައިސާ ރައީސްގެ މުސާރައިން އުނިކުރަން ގޮވާލަން. ރައީސް ބެނުންވީމަ ފުޓްބޯޅަ މެޗެއް ބަލާލަން ، މިލިއަނުން ހަރަދު އެކޮށްލަނީ ،މީ ބޮޑު ޖޯކެއްނު؟ އޭނާ އެހެރީ ރައްޔިތުން ހަވާލު ކުރި ވަޒީފާއެއްގައި ވަކި މުސާރައެއް ކަނޑައަޅާފައި 5އަހަރުގެ މުއްދަތަކަށް ، ބޭހުންނުންހާ ކަމެއް ކުރާކަށް ނޫން. އަދި ހިތުހުރި ވަރަކަށް ދަތުރުއަޅާކަށް ވެސްނޫން. ހަމަ މިޔާއެކު މީނާ އައްޔަންކޮށްފައި ތިބޭ މިނިސްޓަރުން ކުރާދަތުރުތަށް މި މޭރުމުން ބަލާ ދަުލަތަށް ފައިދާއެއްނެތް ދަތުރުތަކަށް ހޭދަވިފައިސާ ދައުލަތަށް ނަގަންވާނެ.

    2
    1
  6. ދަރަނި ދަންތުރަ

    އޯކޭ ކޮތަޅަކުން 10 ރުފިޔާ ނަގަން ބިލް އިސްލާހުކޮށްލާ ، ޗެންޕިއަންސް ލީގު ފައިނަލް މެޗު ބަލާލަން ސަޕޯޓަރުން ކޮޅަކާއެކު ދާން ތައްޔާރުވޭ މަންމަ ބައްޕަގެ ތަރިކަ މުދާ ދައުލަތުގެ ހަޒާނާގައި ހުރީ ، ސޯލިބޭ ގައުމު ދަވާލައިފި