ބައެއް މީހުންނަށް ނިދުމަކީ އުދަނގޫ ކަމެކެެވެ. ހަމައެގޮތަށް ބައެއް މީހުންނަށް ނިދިން ހޭލުމަކީ ވެސް އުދަނގޫ ކަމެކެވެ. ވަކީން ހާއްސަކޮށް ނިދި ގަދަ މީހުންނަށް މިއީ އުދަނގޫ ކަމެކެވެ.

ނިދިން ހޭލުމަށް އާއްމު ގޮތެއްގައި ބޭނުން ކުރަނީ އެލާމް ގަޑިއެވެ. ނުވަތަ އެލާމެވެ. ބައެއް މީހުންނަށް އެއްފަހަރު އެލާމްވުމުން ވެސް ހޭލެވެއެވެ. އަދި ބައެއް މީހުންނަށް އެތައް ފަހަރަކު އެލާމްވުމުން، ނުވަތަ އެތައް ފަހަރަކު އެލާމް ސްނޫޒް ކޮށްފައި ވެސް ނިދަން ތިބެއެވެ.

އެލާމް ގަޑި ސުނޫޒް ނުކޮށް ނިދިން ހޭލުމަށް މި ކަންތައްތައް ކޮށްލާ!.

އަވަހަށް ނިދައި އަވަހަށް ހޭލުމަށް ހޭނުން.

އަަވަހަށް ހޭލަން ބޭނުންވާ ނަމަ އަވަހަށް ނިދުމަކީ އެންމެ ރަނގަޅު ގޮތެވެ. އެންމެ ލަސްވެގެން ރޭގަނޑު 11 ޖަހާއިރު ނިދުމަށް އާދަ ކުރާށެވެ. އަދި ފޯނާއ،ި ލެޕްޓޮޕް ފަދަ އެއްޗެހި ބޭނުން ނުކުރާށެވެ.

އެކާވީސް ދުވަސް

ކޮންމެ އާދައެއް ވެސް ހަރުލެއްވުމަށް އެކާވީސް ދުވަސް ނަގައެވެ. އެހެންކަމުން އެކާވީސް ދުވަސް ވަންދެން އެއް ގަޑިއެއްގައި ހޭލުމުން ގިނަ ފަހަރަށް އެލާމް ކުރަމަކާ ނުލައި ވެސް އެ ވަގުތަށް ހޭލެވޭނެއެވެ.

ނިދުމުގެ ކުރިން ފެން ބޯށެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބޭނަމަ ހަށިގަނޑު އެކްޓިވޭޓްވެ އަމިއްލައަށް ވެސް ހެނދުނު ހޭލެވޭނެއެވެ. އަދި ހޭލައި އިރުވެސް މީހާގެ ހަށިގަނޑު ހުންނާނީ ތާޒާކަން މަތީގައެވެ.

ހޭލަން ބޭނުންވާ ސަބަބެއް ކަނޑައަޅުން

ފަތިސްނަމާދު ކުރާހިތުން، ކުރަން ބޭނުންވެގެން އުޅޭ މީހެއް ނަމަ އެމީހަކަށް ވެސް ނަމާދު ގަޑިއަށް ހޭލެވޭނެއޭ ބުނެއެވެ. ދަތުރެއް ދިޔުމަށް ނިންމާފައިވަނީ ގަޑި ޖެހުމުގެ މާ ކުރިން ވެސް ހޭލެވެއެވެ. މިގޮތަށް ހޭލަން ބޭނުންވާ ސަބަބެއް ކަނޑައަޅާށެވެ.

އެލާމް ގަޑި ނިދާަ އެނދާައި ދުރުގައި ބެހެއްޓުން

އެއިރުން ގަޑި އެލާމްވުމުން ހޭލެވުމަށްފަހު އެލާމް ކަނޑައިލުމަށް ޖެހޭނީ ތެދުވެގެން ދާށެވެ. އެހެންކަމުން ސްނޫޒު ކުރުން ހުއްޓާލެވޭނެއެވެ.

އަރާމުކޮށް ނިދައިލަން ބޭނުންވާ ފަދައިން ފަސޭހަކަމާއިއެކު ހޭލުމަކީ ވެސް ބޭނުންވާ ކަމެކެވެ. މި ކަންތައްތައް އަޖުމަ ބަލައިލާށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ހޭލުމަކީ އެއްވެސް އިރެއްގަ އުނދަގޫ ކަމެއްނޫން ، ނުނިދިގެން އަބަދު މިއުޅެނީ.

    11
    3
    • ސްލީޕިންގ ބިއުޓީ

      އަޅުގަނޑުވެސް

      4
      3