ބަރުދަން ލުއި ކުރުމަށްޓަކައި ޑައިޓް ކުރުމާއި، ތަފާތު ބުއިންތައް ބުއމާއި، ޖިމް ޖެއްސުން މިއީ އާއްމު ކޮށް ކުރާ ކަންކަމެވެ.

ނަމަވެސް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ބަރުދަން ވެއްޓޭތަނެއް ނުފެނެއެވެ. ކީއްވެ ހެއްޔެވެ؟

ތަޖުރިބާކާރުން ބުނަނީ މިހެންނެވެ. ނިދި ނުލިބުމާއި އެކަށީގެންވާ ވަރަށް ފެން ނުބުއިމަކީ ބަރުދަން ލުއި ކުރުމަށް ހުރަސް އެޅޭ ކަންކަމެވެ.

ނިދި ނުލިބުން:

ހަމަ ނިދި ނުލިބުމަކީ ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ޑިޕްރެޝަނާ މިހާރުވެސް ގުޅިފައިވާ ކަމެކެވެ. އަދި މިއީ ބަރުދަން ލުއިކުރުމުގެ ކުރިއެރުމަށް ވެސް ހުރަސް އެޅިދާނެ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެކަށީގެންވާ ވަރަށް ނިދި ނުލިބޭ މީހުން ހަކުރު ހުންނަ ކާނާ ކެއުމުގެ ފުރުސަތު ބޮޑެވެ.

ނޯތުމްބްރިއާ ޔުނިވާސިޓީގެ ސްޕޯޓްސް، ކަސްރަތު އެންޑް ރިހެބިލިޓޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ އިއާން ވަލްޝޭ 2020 ވަނަ އަހަރު ލިޔުއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ ބަރުދަން ލުއިކުރުމަށް ނިދުމަކީ މުހިންމު ކަމެއްކަން ވަރަށް ސާފު ކަމަށެވެ.

އެހެންކަމުން ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ކެއުމާއި ޖިސްމާނީ ހަރަކާތާއި އެކު ނިދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުން ނުކުރުން:

ދުވާލަކު އަށް ތަށީގެ ފެން ބުއިމަކީ ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ސިއްހީ ދާއިރާގެ އިސްވެރިން ބުނެއެވެ.

އަދި ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ވެސް އެޗް2އޯ އަކީ މުހިންމު އެއްޗެކެެވެ.

ސައިންސްވެރިން ހާމަކޮށްފައިވާގޮތުން، ލިކުއިޑްގެ ސަބަބުން ބަނޑުހައިވުން ދުރުކޮށްދީ، މެޓަބޮލިޒަމް ވަރުގަދަކޮށްދީ، ހަށިގަނޑުން ކެލޮރީސް އަންދާ މިންވަރު އިތުރުވެ، މޯޓިވޭޝަން އިތުރުކޮށްދެއެވެ.

ސިއްހީ މައްސަލައެއް

ރަނގަޅަށް ކެއުމާއި ކަސްރަތު ކުރުމާއި އެކަށީގެންވާ ނިދި ލިބުމަކީ ބައެއް މީހުންނަށް ބަރުދަން ލުއި ނުވެދާނެ ކަމަކަށްވާއިރު، ބައެއް މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލައެއް ސަބަބުންވެސް ބަރުދަން ލުއި ނުވެދާނެއެވެ. އޭގެ ތެރޭގައި އެއް ކަަމަކީ ތައިރޮއިޑް މައްސަލައެވެ.