ވަރަށް ގިނަ މީހުންނަކީ މޮބައިލް ފޯނާ އެކު ގައިމުވެސް ހާއްސަ ގުޅުމެއް އޮންނަ ބައެކެވެ. އެނދުގައި އޮތަސް، ބަދިގެއަށް ވަނަސް ނޫނީ ފާހާނާއަށް ވަނަސް އަތުގައި ފޯނު އޮވެއެވެ. ކޮންމެ ތާކު އަތުން ފޯނު ދުކޮށްލަން ބޭނުންވާ ހަމަ އެކަކުވެސް ނެތެވެ.

މިކަމާ އެއްޗެކޭ ބުނަން ކެރޭނީ ވަކި ކާކަށް ހެއްޔެވެ؟ ދުނިޔޭގައި ހިނގާ ހުރިހާ ކަމަކާއި މައުލޫމާތެއް ފަސޭހައިން މިހާރު ފޯނުން ބަލާލެވެއެވެ. އަނެއްކާ މިހާރު ކޮންމެ ވަގުތެއްގައިވެސް މަޖާ އެތައް ވީޑިއޯއެއް ބަލަން ޓިކްޓޮކްވެސް މާ ކަމުދެއެވެ.

އަނެއްކާ ފޯނު އަތުގައި އޮންނައިރު ވަގުތު ފާއިތުވަމުންދާ ގޮތްވެސް ނޭނގޭނެއެވެ. އަނެއްކާ ފާހަނައިގައި އިނދެގެން މި ލިޔުން ކިޔާ މީހުން މަދެއް ނުވާނެއެވެ.

ނަމަވެސް މިއީ ހަގީގަތުގައި ވެސް ވަރަށް ގެއްލުން ހުރި އާދައެކެވެ.

ޔުނިވާސިޓީ އޮފް ލެސްޓާގެ ކްލިނިކަލް މައިކްރޮބަޔޮލޮޖީގެ ސީނިއާ ލެކްޗަރާއެއް ކަމަށްވާ ޕްރިމްރޯޒް ފްރީސްޓޯން އަންނަނީ މޮބައިލް ފޯނު ބޭނުންކުރާ ފަރާތްތަކުން "މޯބައިލް ފޯނުގެ ސާފުތާހިރުކަމާ" މެދު އިތުރަށް ވިސްނުމަށް އިލްތިމާސް ކުރަމުންނެވެ.

މޮބައިލް ފޯނުތަކަކީ ޕެތޮޖެނިކް ބެކްޓީރިއާ އިން ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެދާނެ.

ގިނަ މީހުން ދުވާލު އެތައް ފަހަރަކު އަތް ދޮވެއެވެ. ފާހާނާއަށް ދިއުމަށްފަހުގައި އާއި ކާއެއްޗެހި ގައި އަތްލުމަށް ފަހުގައި އާއި ބޭރުގައި ހުރެފައި ގެއަށް އައިސްވެސް އަތް ދޮވަ ހަދައެވެ. މިއީ ރަނގަޅު އާދައެކެެވެ. ނަމަވެސް ގަވާއިދުން ފޯނު ސާފު ނުކުރާ ނަމަ އަދިވެސް ސިއްހަތަށް ނުރައްކާވެދާނެއެވެ.

އާއްމުކޮށް ފޯނު ބޭނުންކުރާ މީހުން ދުވާލަކު އެވްރެޖްކޮށް 5،427 ފަހަރު ފޯނުގައި އަތްލައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފޯނުތަކަކީ އިންސާނުންނަށް ވަރަށް ގެއްލުންހުރި ބެކްޓީރިއާތަކުން ތަޣައްޔަރުވެފައިވާ އެއްޗެކެވެ.

  • - އީ-ކޯލީ (މިއީ އިންސާނުންގެ ބޮޑުކަމުދާތަކެތިން ނުކުންނަ ބެކްޓީރިއާއެއް)
  • - ހަމުގެ އިންފެކްޝަން ސްޓެފިލޮކޮކަސް
    - އެކްޓިނޯބެކްޓީރިއާ - ޓީބީ ޖެހުމަށް މަގުފަހިކޮށްދޭ
    - ސިޓްރޮބެކްޓަރ - ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންތަކަށް މަގުފަހިކޮށްދޭ
    - އެންޓަރޮކޮކަސް - މެނިންޖައިޓިސް ޖެހުމަށް މަގުފަހިކޮށްދޭ

މީގެ އިތުރުން ފޯނުތަކުން ފެންނަ ޕެތޮޖަންސްތަކަކީ ގިނަ ފަހަރަށް އެންޓިބަޔޮޓިކް ރެސިސްޓެންޓް ބެކްޓީރިއާތަކެވެ. މާނައަކީ ކޮންވެންޝަނަލް ޑްރަގްސް ބޭނުންކޮށްގެން ފަރުވާ ނުކުރެވޭނެއެވެ.