އެމެރިކާގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓް ބައިޑެސް ހެރިސް އަށް ތާއީދުކޮށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެމިނަމް ނެރުނު ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑެން ތާއީދުކުރާ ކަން ހޯމަ ދުވަހު ހާމަކޮށް އެމިނަމް ނެރެފައިވާ ވީޑިއޯ ގެ ނަމަކީ "ވޯޓް" އެވެ.

އެމިނަމްގެ އިންސްޓަގްރާމަށް ވެސް މި ވީޑިއޯ ލާފައިވާ އިރު ވީޑިއޯގެ ބެކްގްރައުންޑް މިއުޒިކްގައި އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕް ކާމިޔާބު ނުވުމަށް އެމިނަމް ބޭނުންވާ ކަން ހާމަކޮށްފައި ވެއެވެ. އެމިނަމްގެ ބައެއް ސަޕޯޓަރުން މިކަމުގައި އެމިނަމްއަށް ތާއީދުކޮށްފައިވާއިރު އަނެއް ބަޔަކު ވަނީ އެމިނަމްގެ ނިންމުމަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

އުމުރުން 48 އަހަރުގެ ރެޕް ލަވަކިއުންތެރިޔާ އެމިނަމްއަށް އެތައް އެވޯޑެއް ލިބިފައިވާ އިރު އޭނާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއް ސަޕޯޓު ލިބިފައިވާ މޮޅު ލަވަ ކިއުންތެރިއެކެވެ. އެމިނަމްގެ އިންސްޓަގްރާމް ފޮލޯވާސްގެ ގޮތުގައި 30.9 މިލިއަން މީހުން ތިބި އިރު އޭނާގެ ޔޫޓިއުބް 44.9 މީހުން ސަބްސްކްރައިބު ކުރެއެވެ.

ނުރައްކާތެރި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ރައީސް ޓްރަމްޕް އާއި ބައިޑަން އެތައް މިލިއަން ބަޔަކު ވަނީ ވޯޓު ލައިފައެވެ. ވަރަށް ވާދަވެރިކޮށް ކުރިޔަށްދާ މި އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާ އަށް ބަލާއިރު ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. ބައިޑެން ތާއިދުކޮށް އެމިނަމްގެ އިތުރުން ހޮލީވުޑްގެ އެތައް ފަންނާނުންނެއް ވަނީ އެކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ޑުވޭން ދަ ރޮކް ޖޯންސަން، ލަވަކިޔުންތެރިޔާ ކާޑީ ބީ ހިމެނެއެވެ.