ބޮލީވުޑްގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އަދިވެސް ނިމޭކަށް ނޫޅެއެވެ. ފަހަރަކު ކަމެއް ދަނީ ފަޅާ އަރަމުންނެވެ. މައްސަލައެއްފަހު މައްސަލައެއް ދަނީ ކުރިމަތިވަމުންނެެވެ. އެންމެ ފަހުން މަސްތުވާތަކެތީގެ މައްސަލައަކާއެކު ދިޕިކާގެ މެނޭޖަރ ކަރިޝްމާ ޕްރަކާޝް މި ވަނީ އޭނާގެ އެޖެންސީންވެސް އިސްތިއުފާ ދީފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން އޭނާ ހާޒިރުކޮށް ސުވާލު ކުރުމަށް ބޭނުންވެފައި ހުއްޓާ، ކަރިޝްމާ މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި އެ އެޖެންސީން އިސްތިއުފާ ދީފައިވާ ކަމަށް އެ އެޖެންސީން މި ވަނީ ބުނެފައެވެ.

އެ އެޖެންސީއާ ގާތްކޮށް މަސައްކަތް ކުރާ މީހަކު ޓައިމްސް ނައުއަށް މައުލޫމާތުދެމުން ބުނެފައި ވަނީ، ކަރިޝްމާ މިހާރު އެ މީހުންނާއެކު މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެތަނުން އޭނާ އިސްތިއުފާ ދީފައި ވަނީ އޮކްޓޯބަރު 21 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާއާ ދިޕިކާ އާއި އަދިވެސް އެހެން އެކްޓަރުންނާއި އޮތީ މުވައްޒަފެއްގެ ހައިސިއްޔަތުން. އެހެންކަމުން އެ މީހުންނާއި އޭނާއާ އޮތް ގުޅުންވެސް ކެނޑޭނެ".

ކަރިޝްމާއަށް ނުގުޅޭ. ފިލީ؟

އެންސީބީން ބުނެފައިވާގޮތުން، އެންސީބީން އޭނާގެ ފޯނަށް ގުޅުމުންވެސް ގުޅޭގޮތް ވަނީ ނުވެފައެވެ. އަދި އެޖެންސީ މެދުވެރިކޮށް އޭނާއަށް އެކަން އެންގުމަށް ފޮނުވި ނަމަވެސް އޭނާއަަށް އެ މެސެޖް ރައްދުވެފައެއް ނުވެއެވެ. އަދި ކަރިޝްމާގެ މަންމަ އަށާއި، އެޖެންސީގެ ވެރިންނަށާއި، އެޖެންސީގެ މުވައްޒަފުންނަށްވެސް ކަރިޝްމާ އެންސީބީއަށް ހާޒިރުވެ ޖާވާބު ދާރީވާން ޖެހޭކަން އެންގި ކަމަށް ވެއެވެ.

އެންސީބީ އޮފިޝަލަކު އައިއޭއެންއެސްއަށް ބުނީ، ކަރިޝްމާ އަށް ނުގުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ބުނެފައެވެ. އަދި އޭނާ ހާޒިރުކޮށް ސުވާލު ކުރަން ބޭނުންވާއިރު، އޭނާއާ އެއްވެސް ވަރަށް ކޮންޓެކްޓް ވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އެންސީބީން ތަހުގީގު ކުރަމުންދާ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލާގައި އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށްފައި ވެއެވެ. އަދި އެ ގެއިން މަސްތުވާތަކެތިގެ ކުޑަ މިންވަރެއް ފެނިފައި ވެއެވެ.