ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ދިޕިކާ ޕަދުކޯން މީސް މީޑިއާއާށް ފޮޓޯއެއް ދޫކޮށްލާއިރު، އެތައް ބައެއްގެ ސަމާލުކަން ލިބިގެން ދެއެވެ. މިފަހަރު އެންމެންގެ ސަމާލުކަމެއް ލިބިފައި ވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެވެ.

އަމިއްލަ ސްކިންކެއަރ ބްރޭންޑް 82 އީ ގެންގުޅޭ ދިޕިކާ އާއްމު ކޮށްފައި ވަނީ އޭނާގެ ސެލްފީއެކެވެ. އެ ސެލްފީން ފެނިގެން ދަނީ އޭނާ ތޮތްޕެއް އަޅައިގެން ހުންނަ ތަނެވެ. އޭގެން އޭނާގެ މޫނު މަތި ވަރަށް ތާޒާ ކަމަށް ފެނިގެން ދެއެވެ.

އެއީ އޭނާގެ މޭކަޕެއް ނެތް ފޮޓޯއެކެވެ.

ފެހި ކުލައިގެ ގަމީހަކާއި، ރަން ގަހަނާއެކު ދިޕިކާ ފެނިގެންދާއިރު، އޭނާ އެ ފޮޓޯ ދޫކޮށްލާފައި ވަނީ އިރުގެ އެމޯޖީއާއި އެކުގައެވެ.

ދިޕިކާގެ މޭކަޕާއި ނުލާ ނަގާފައިވާ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، އެއަށް ކޮމެންޓް ކުރި މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ގިނައީ "ޕޮޒިޓިވް ކޮމެންޓް" ތަކެވެ. އެއަށް ކޮމެންޓް ކުރި މީހުންގެ ތެރޭގައި އިންޑިއާގެ ޓޮޕް ބިއުޓީ އިންފްލުއެންޒާ މަލްވިކާ ސިޓްލަނީވެސް ހިމެނެއެވެ.

މަސައްކަތަށް ބަލާއިރު ދީޕިކާ އެންމެ އަވަހަށް ފެނިގެން ދާނީ އެކްޝަން ފިލްމު "ޕްރޮޖެކްޓް ކޭ" އިންނެވެ. އެ ފިލްމްގައި އޭނާއެކު ފެނިގެން ދަނީ އެކްޓަރުން ކަމަށްވާ ޕްރަބާސް އާއި އަމީތާބް ބައްޗަންއާ އެކުގައެވެ. ރިތިކް ރޯޝަންއާ އެކު އިތުރު އެކްޝަން ފިލްމެއް ކަމަށްވާ ފައިޓާގައި ވެސް ދިޕިކާ ފެނިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަވަށުމީހުން

    ބަލާލީމާ އެނގޭނީ.. އެކަމް ފެންނުވަރާ މަތިހަދާގެން ހަތަރު ފަސްދުވަހު އުޅޭކަމަށް ވަނީ..

    8
    2
  2. ބިސްބެ

    ޗަކަ ދިވެއްސަކައް ވުރެން ރީތި!

    5
    11
    • ޗަކޮއި

      ކާޖަލް ގައިން ދުވާކަހަލައޮރި ވަހެއް ނުހުންނާނެ.. ލޮލް

      2
      1
  3. Anonymous

    ކާފަރުންނަށް ރީތިވާނީ ކާފަރުން. ލަނޑަޔާ ވާނީ ލަނޑަޔާ. އަހަރުމެން އިސްލާމުންނަށް ރީތިވަނީ އަލް އިސްލާމް.