ބޮލީވުޑްގެ އެންމެ ގިނަބަޔަކަށް ކަމުދާ ދެމަފިރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް ވަރިވާން އުޅޭ އަޑުތައް ގަދަވެގެން ދިޔައީ، މި ދެމަފިިރިން ދިޔަ އިވެންޓެއްގައި ރަންވީރު ދިޕިކާގެ އަތުގައި ހިފާލަން އަތް ދިއްކޮށްލުމުން އަތުގައި ނުހިފާ ކުރިއަށް ދިއުމުންނެވެ.

އީ ކުޅިވަރުގެ ދުނިޔޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހަފްލާއެއްގައި ހިނގާދިޔަ މިކަންތަކާއެކު އަޑުތައް ގަދަވެގެން ދިޔައިރު، އެކަމަށް ރައްދު ދީފައި ވެސް ވެއެވެ. އެކަމަށް ރައްދު ދީފައި ވަނީވެސް ރަންވީރު ދިޕިކާއާ، "ފްލާޓް" ކުރާ ވީޑިއޯއަކުންނެވެ.

އޭގެ ފަހުން މި ދެމަފިރިން އަތުގުޅުވައިގެން ތިބި ވީޑިއޯއެއްވެސް މި ވަނީ ވައިރަލް ވެފައެވެ.

އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭ މުމްބާއީގެ ބަންދްރާ-ކުރްލާ ކޮމްޕްލެކްސްގެ ޖިއޯ ވޯލްޑް ގާޑަންސްގައި ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ހުޅުވުމުގެ ރަސްމިއްޔާތަށް އައިއިރު، ދެ މީހުން އަތުގައި ހިފަހައްޓައިގެން ތިބުމުންނެވެ. މިއާއެކު ފޭނުންގެ މޫނުމައްޗަށް ހިނިތުންވުމެއް ވަނީ ވެރިވެގެން ގޮސްފައެވެ.

ދެމަފިރިން އެތަނަށް ވަންނަ މަންޒަރު ފެނިގެންދިޔައިރު، ރަންވީރު ހުރީ ރިހި ކުލައިގެ ޝެރްވާނީ ސޫޓެއް ލައިގެންނެވެ. ދީޕިކާ ފެނުނީ އޭނާގެ ކްރީމް އަދި ގޯލްޑަން އައުޓްފިޓްގައި ކޭޕެއް އަޅައިގެން ހުއްޓާއެވެ. އަދި ޝަޓަބަގްސް އިން ފޮޓޯ ނެގުމަށް ދައުވަތު ދިނުމުން ރަންވީރު ދީޕިކާގެ އަތުގައި ހިފަހައްޓައިގެން އެތެރެއަށް ވަދެގެން ދިޔައީ ބޮޑު ހިނިތުންވުމަކާއެކުގައިކަންވެސް ފާހަގަކޮށްލެވެއެވެ.

 

View this post on Instagram

 

A post shared by Bol.Bollywood (@bol.bollywood)


ދީޕިކާގެ ކަންފަތުގައި ރަންވީރު ސިއްރުން އެެއްޗެއް ބުނާހެން ހީވާއިރު، ދީޕިކާ ވަނީ ލަދުން ހީނގެންފައެވެ. އެ މީހުންގެ އުފާވެރި ޔޫނިއަންގެ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި ވަރަށް ބޮޑު ސަމާލުކަމެއް ހޯދަމުންނެވެ..