ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ އައު ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އައު ލަވަ "ދިނދޯރާ ބާޖޭ ރޭ" ލަވަ ރިލީޒް ކުރުމަށް ފިލްމުގެ އިސް ރޯލްތައް ކުޅުނު ތަރިން ކޮލްކަތާއަށް ގޮސްފިއެވެ.

ބޮލީވުޑްގައި މިވަގުތު އެންމެ ގަދައަށް ޕްރޮމޯޓް ކުރެވެމުންދާ މި ފިލްމުގެ ތިން ލަވަ މިހާތަނަށް ރިލީޒް ކުރެވިފައިވެއެވެ. އަދި ފިލްމުގެ ހަތަރު ވަނަ ލަވަ ހޯމަ ދުވަހު ނެރުމަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކަރަންގެ އާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.

ކާމިޔާބު ތަރިން، ރަންވީރް ސިންގްއާއި އާލިއާ ބަޓް އިސް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ކަރަން ޑައިރެކްޓްކުރާ ފިލްމެއް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރަށް ހިންދީ ފިލްމު އިންޑަސްޓްރީގައި ދުވަސްވީ ތަރިން ކަމުގައިވާ ޖަޔާ ބައްޗަންއާއި ދަރްމެންދްރާ ޑިއޯލް އަދި ޝަބާނާ އާޒްމީ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

މި ފިލްމަކީ 2019 ވަނަ އަހަރުގައި ފެނިގެންދިޔަ ޒޯޔާ އަޚްތަރްގެ ފިލްމު "ގަލީ ބޯއި" ގައި ހަރަކާތްތެރިވުމަށްފަހުގައި އާލިއާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެންމެ ފަހުން ކަރަން ޖޯހަރް އާއި އާލިއާ އެކުގައި މަސައްކަތް ކުރީ އާލިއާ ބަޓް ބޮލީވުޑަށް މުޅިން އަލަށް ތަޢާރަފްވެގެންދިޔަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ"ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަންބީރް

    ވަރަށް ފޫހިވާ ބައެއް އާލިއާ އާ ރަންވީރް އަކީ އާލިއާ ރީއްޗެއްވެސް ނޫން ރަންވީރް ހެދުން އަޅަނީ ޖޯކަރެއް ހެން