މަޝްހޫރު ބޮލީވުޑް ބަތަލާ އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓްއަކީ ޑޯންއެއް ކަމަށް ބަތަލާ ލުވިއެނާ ލޯދް ބުނެފިއެވެ.

ލުވިއޭނާ ބުނީ މަހޭޝްއަކީ އިންޑަސްޓްރީގައި އޮންނަ އޭނަގެ ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ މީހެއް ކަމަށެވެ. އެ ބަތަލާ ބުނިގޮތުންނަމަ، މަހޭޝްއަކީ އޭނާ ބޭނުން ނުވާ މީހަކު އިންޑަސްޓްރީން ބޭރުކޮށްލާ މީހެކެވެ.

"އޭނާ ވަނީ އެތަކެއް މީހުންގެ ދިރިއުޅުން ހަލާކުކޮށްފައި" ލުވިއެނާ ބުނެފައިވެއެވެ.

މީގެ އިތުރަށްވެސް، ޒުވާން އަލަށް ފިލްމީ ކެރިއަރ ފަށަން ގަސްދުކުރި އެތައް އަންހެން ފިލްމީ ތަރިންނަށް ޑްރަގް ދީގެން އެމީހުން ޑްރަގް އެޑިކްޓުންނަށް ބަދަލުކުރުމުގައި މަހޭޝް އިސްދައުރެއް އަދާކޮށްފައިވާ ކަމަށް ލުވިއެނާ ބުނެފައިވެއެވެ.

ލުވިއެނާ ވަނީ މަހޭޝްގެ ބައެއް އާއިލާ މެންބަރުންނަށްވެސް ތުހުމަތުކޮށްފައެވެ.

"އަހަރެން ކައިވެނިކޮށްގެން އުޅުނީ މަހޭޝް ބަޓްގެ ކޮއްކޮ ސުމިތު ސަބަރުވާލް އާއި ނަމަވެސް ވަރިއަށް ހުށަހަޅަން ޖެހުނީ އޭނާ ބަތަލާއިންނަށް މަސްތުވާތަކެތި ސަޕްލައި ކުރާކަން އެނގުމުން. އަންހެން ކުދިންވެސް ސަޕްލައި ކުރޭ.". ލުވިއެނާ ބުނެފައިވެއެވެ.

މީގެ އިތުރަށްވެސް، ޕޫޖާ ބަޓްގެ ޑައިރެކްޓޯރިއަލް ފިލްމު "ދޯކާ" އަށް ބަތަލާ ކަންގަނާ ރަނައުތް ދެކޮޅު ހެދުމުން، މަހޭޝް އޭނާއަށް އަނިޔާ ނުކުރީ ކިރިޔާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. 2019 ވަނަ އަހަރު ކަންގަނާގެ ކޮއްކޮ ރަންގޯލީ ޗަންޑެލް ބުނީ "ވޯ ލަމްހޭ"ގެ ސްކްރީނިންގެ ތެރޭގައި މަހޭޝް ކަންގަނާއާއި ދިމާލަށް ޗައްޕަލެއް އުކާލި ކަމަށާއި ޕްރިވިއު ބަލާލުމުގެ ފުރުސަތުވެސް ނުދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިޝަތު

    އައި ހީކުރީ މިހުރިހާ ދުވަހު އިންސާނެއް ކަމަށް

  2. ވާޒީ

    މިހާ ގިނަދުވަސްކޮށްފަ ތިދައްކަނީ ޒާތީ ވެގަނެގެން ދައްކާ ހޮޅި ވާހަކަތަކެއް ކަމަށް ދެކެން.

    2
    1