ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ގިނަ ބަޔައެއްގެ މަގުބޫލުކަން ހޯދައިފައިވާ ދެކުނު ކޮރެޔާގެ މިޔުޒިކު ގުރޫޕެއް ކަމުގައިވާ ބެންގޓަން ބޯއީސް ނުވަތަ ބީޓީއެސްގެ ސަޕޯޓަރުންނަށް އަނެއްކާ ވެސް މި އޮތީ އުފާވެރި ޚަބަރެކެެވެ.

އެ އުފާވެރި ޚަބަރަކީ މި އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ރިލީސް ކުރި ''ޑައިނަމައިޓް''އަށް ފަހު ބީޓީއެސްގެ މުޅިން އައު ލަވައެއް މި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމެވެ.

މި މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ލަވައަކީ ''ބީ''އެވެ. މިއީ ޑިލަކްސް އެޑިޝަންއެކެވެ. ''ލައިފް ގޯސް އޮން''ގެ ތީމަށް ތައްޔާރު ކޮށްފައިވާ މި ލަވައިގައި ކިޔައިދެނީ ކޮރޯނާ ވައިރަސްގެ ސަބަބުން ދިރިއުޅުމަށް އައި އައު އާއްމު ހާލަތުގައި ވެސް ދިރިއުޅުން ކުރިއަށް ދާނެ ކަމެވެ.

ޖަން ކުކް، އާރްއެމް، ޖިމިން، ވީ، ޖޭ-ހޮޕް، ޖިން އަދި ސުގާ ހިއްސާވެގެން ނެރޭ މި ލަވައިގައި ކިޔައިދެނީ މި ދުވަސްވަރާއި ގުޅިގެން މި ފަންނާނުންގެ އިހްސާސްތަކާއި ޝުޢޫރުތަކެވެ.

މި ލަވައަށް އެންމެ ފުރަތަމަ ބީޓީއެސް ޕާރފޯމް ކުރާނީ މި އަހަރުގެ އެމެރިކަން އެވާޑްސްގައި މި މަހުގެ 22 ވަނަ ދުވަހުއެވެ. މިކަން އިޢުލާން ކޮށްފައިވަނީ އޮކްޓޫބަރ މަހުގެ 10 އަދި 11 ވަނަ ދުވަހު ބޭއްވި ''މެޕް އޮފް ދަ ސޯލް ވަން''ގެ ވާޗުއަލް ކޮންސާރޓަށް ފަހުއެވެ.

މިފަދަ ދުވަސްވަރެއްގައި އެމީހުންގެ ސަޕޯޓަރުންނާ ގުޅުވައިދީފައިވަނީ ޓެކްނޮލޮޖީ ކަމަށްވާތީ ޓެކްނޮލޮޖީގެ ތަފާތު ބާވަތްތަކަށް ޝުކުރު އަދާ ކޮށްފައިވެއެވެ. ވަކީން ހާއްސަކޮށް ''އާރމީ'' (ބީޓީއެސްއަށް ސަޕޯޓްކުރާ މީހުންގެ ގުރޫޕް) އަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ލީން

    ބީޓީއެސް 💜💜💜💜💜💜💜💜💜

    41
    35
  2. ބިސްކޯދު

    އައި އޭމް ސޯ ހެޕީ... އައި ލަވް ބީޓީއެސް 🥰🥰🥰🥰🥰🥰🥰

    36
    30
  3. މިއުޒިކް އެއީ ހަރާމް އެއްޗެއް

    ޕިސްޕިސްޕިސް. މީވެސް ދެން ހަބަރެއްތަ؟ ބީޓީއެސް އަކީ ކާފަރުން. ފިސާރި ހިތިގޮތަކަށް ނިމިގެން ދާނެ ބައެއްތިއީ.

    25
    42
  4. ކޮންމެސް ކުއްޖެހް

    ކާފަރުންނައްވީމަ އޭގެ މާނަައަކީ އެމީހުންނަކީ ގޯސް މީހުންނޭތަ؟
    ފުރަތަމަ އަމިއްލަ މީހާ ރަނގަޅުވެފަ އެހެންމީހުންނާ ކިޔާބަ ދޯ!

    42
    15
    • ބިސްކޯދު

      ދޯ

      31
      9
  5. ލަނޑާ

    އަހަރުން ދަންނަބައެއްވެސް ނޫން ތީކީ.. ޝައުގެއްވެސް ނެއް.. އެކަމަކު ބައެއްމީހުން ހާދަހާވާ ލޯބިވާބައެކޭމީ.. ނޭންގެ ކިހިނެއް ވެގެންކަމެއްވެސް.. ކޮންމެވެސް މީހަކު ބުނެދީބަލަ އެތާއެތިބީ އަންހެން ކުދިންތަކެއްތަ ނޫނީ ފިރިހެން ކުދިން ތަކެއްތަ؟؟؟ ދެން އަނެއްކާ މަ މި ސުވާލު ކުރީމަ ކެކިގެން އަރާނީކީ ނޫން.. ހަމަ އުފެދުނު ސުވާލެއް މީ..

    20
    37
    • އާރމީ

      ހުސް ވެސް ބޯއީސް އެތިބީ

      27
      3
    • އާރމީ💜💜

      އެއީ ހުސް ފިރިހެން ކުދިން. މިހާރު ތިޔަ އުފެދުނު ސުވާލަށް ޖަވާބު ލިބިއްޖެން 🙂

      21
      3
    • ނޮ

      ދަންނަ ބައެއް ނޫންވީމަ މި ޙަބަރު ތިކީ ކިޔެއްވެ؟؟

      18
      4
  6. ޖިމިން ގެ ޖޭމްސް

    މިތާ ބީޓީއެސް ގެ ހޭޓަރުން މިކުރަނީ ކޮންކަމެއް؟ ބީޓިއެސް ދެކެ ރުޅިއަންނަންޏާ މިހަބަރަށް ކްލިކްކޮށް އެހެން ހޭޓަރުން ލިޔެފަ ހުންނަށް ކޮމެންޓް ތަކަށް ލައިކް ދިނުމެގެ ބޭނުމަކީ ކޮބާ؟ މަށަށް އެނގޭ. ކައެމެންނަން ހަމަ ހަޖަމު ނުވަނީ.

    26
    13
    • ޖިމިންގެ ޕާން

      މިތާ ކޮންމެ މީހަކު ކޮންމެ ކޮމެންޓަކަށް ލައިކް ދިނަސް ޑިސްލައިކް ދިނަސް އެ އެއްވެސް މީހަކާ ބެހޭ ކަމެއްނޫން.

      14
      4
    • އަސްލު

      މިތާ ކޮންމެ މީހަކު ކޮންމެ ކޮމެންޓަކަށް ލައިކް ދިނަސް ޑިސްލައިކް ދިނަސް އެ އެއްވެސް މީހަކާ ބެހޭކަމެއްނޫން. ޑިސްލައިކް ދެނީ އެ ހިޔާލަށް ތާއިދުނުކުރާތީދޯ.

      13
      6
      • މަ

        ނެތްތަ އާވާހަކަ އެއް..

  7. ޖިމިން

    #ލަވް ބީޓީއެސް

    18
    6
  8. ޢައިމިނަތް

    ❤️❤️❤️❤️❤️💝💓💞💕💔♥️❣️

    12
    4