ލޯބީގެ މަންޒަރުތައް ކުޅޭ ޑްރާމާ ތަރިންގެ މެދުގައި ލޯބި ނުއުފެދެންވީ ކީއްވެބާއެވެ؟

ލޯތްބަކީ ފުރަތަމަ ނަޒަރުން އެކަނި ވެވޭ އެއްޗެއް ނޫން ކަންނޭނގެއެވެ. ލޯބި ވެވޭނީ އެކަކު އަނެކަކާއި އެއްކޮށް "ރޮމޭންޓިކް" މާހައުލެއް ގިނަ ވަގުތު ހޭދަކޮށްގެން ކަމަށް ތަޖްރިބާކާރުން ބުނެ އުޅެއެވެ. އެހެން ކަމުން، ފިލްމީ ތަރިން އަދި ޑްރާމާ ސިލްސިލާތަކުގައި ހަރަކާތްތެރިވާ އޮން ސްކްރީން ލޯބިވެރިން ނުވަތަ ދެމަފިރިން ހަގީގަތަށްވެސް އޯފް ސްކްރީން ޖޯޑަކަށް ބަދަލުވެގެން ދާ ތަން ފެންނަނީ މަދަކުން ނޫނެވެ.

މި ގެނެސްދެނީ ކޮރެއާ ޑްރާމާތައް ބަލަން ފޯރި ހުންނަ މީހުންނަށް ޓީވީ ސެޓުން ދިމާވެގެން ލޯބި އުފެދި ކައިވެންޏަކާއި ހަމައަށް ދިޔަ ބައެއް ކޮރެއާ ތަރިންގެ ލިސްޓެކެވެ.

1- ލި ބޯ ޔޮންގްއާއި ޖި ސުންގް

"ސޭވް ދަ ލާސްޓް ޑާންސް" ގައި ފެނިގެންދިޔަ މި ދެ ތަރިން 2013 ގައި ކައިވެނިކުރުމަށްފަހު މިހާރު އެ ދެ މީހުންގެ ދެ ކުދިން ތިބެއެވެ.

2- ސޮންގް ޖޫންގް ކީއާއި ސޮންގް ހްޔޭ ކްޔޯ

ރީތިކަމަށް މަޝްހޫރު މި ދެ ތަރިން ދިމާވީ މަގްބޫލް ޑްރާމާ "ޑިސެންޑެންޓްސް އޮފް ދަ ސަން"އިންނެވެ.

3- ސޮން ޔޭ ޖިންއާއި ހްޔުން ބިން

"ކްރޭޝް ލޭންޑިންގ އޮން ޔޫ" ގެ ކާމިޔާބީއަށްފަހު، މި ދެ ތަރިން ވަނީ ކައިވެނިކޮށްފައެވެ. މިހާރު އެ ދެމީހުންނަކީ ކޮރެއާގައި ތިބި އެންމެ މަގްބޫލު ޖޯޑުކަމަށް ބެލެވެއެވެ.

4- ޗޭ ޓޭ ޖޫންއާއި ޕަކް ޝިން ހޭ

ޗޭ ޓޭ ޖޫންއާއި ޕާކް ޝިން ހޭ ކައިވެނި ކުރީ މިިދިޔަ އަހަރުގައެވެ.