ދެކުނު ކޮރެއާގެ ބޭންޑެއް ކަަމަށްވާ ބީޓީއެސްގެ މެންބަރު ޖަންގކޫކްއަށް އޭނާގެ ފޭނުން ކާ އެއްޗެހި ފޮނުވާ މައްސަލަ ވަަރަށް ބޮޑުވެއްޖެއެވެ.

ބީޓީއެސްގެ ތަރިން ދެކެ އިންތިހާއަށް ލޯބިވާ އެތައް ބަޔަކު އެބަތިއްބެވެ. އެ މީހުންނަށް ހަދިޔާ ފޮނުވުމާއި އެކިކަންކަން ކުރާ މީހުން ތިބިއިރު، ބައެއް ފަހަރު ފޭނުން ކަންތައް ކުރާގޮތުން އެ މީހުންނަށް އުނދަގޫވެ ހިތްހަމަނުޖެހޭ ހިސާބަށް ދެއެވެ.

މިފަހަރު ޖަންގކޫކްއަށް ވީ އެހެންނެވެ. ފޭނުން އޭނާއަށް ފޮނުވާ ކާ އެއްޗެހި ޑެލިވަރީތަކުގެ ސަަބަބުން އޭނާއަށް އުނދަގޫ ޖެހިއްޖެއެވެ.

އެންމެ ފަހުން އޭނާ މި ވަނީ މިކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ޕޯސްޓެއް ކޮށްފައެވެ. އެގޮތުން އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ، އެކި ތަންތަނުން ގެއަށް ގިނަ އަދަދެއްގެ ކާބޯތަކެތި ލިބެމުން އަންނަ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ގެއަށް ކާއެއްޗެހި ޑެލިވަރީ ނުކުރޭ. އަހަރެން އެ އެއްޗެހި ނުކާނަން". އޭނާ ބުނެފައި ވެއެވެ.

https://twitter.com/kmnnie_/status/1654030859291222016/photo/1

އޭނާ ބުނީ، އެކަންކަމަށްވެސް ޝުކުރު ވެރިވާ ކަަމަށާއި، ނަމަވެސް ގެއިން ބޭނުންވާ ވަރަށް ކާއެއްޗެހި ލިބޭ ކަމަށެވެ. އަދި އަމިއްލައަށް ކާ އެއްޗެހި ގަނެގެން ކެއުމަށް އޭނާ ވަނީ އިރުޝާދު ދީފައެވެ.

"އަހަރެން ރަނގަޅަށް ކަން، އަމިއްލަ ކާއެއްޗެހި ގަނެގެން ކައި. އާދޭސްކޮށްފައި ބުނަން".

އެ ޕޯސްޓު ނިންމާލަމުން އޭނާ ބުނީ "އިތުރަށް ކާއެއްޗެހި ފޮނުވައިފިނަމަ، އެއްޗެއް ފޮނުވި ރިސިޕްޓުން އޯޑަރު ނަންބަރު ޗެކްކޮށް ފިޔަވަޅު އަޅާނަން. އެހެންވީމަ މިކަން ހުއްޓާލާ.".

އޭނާގެ މި ޕޯސްޓާއެކު އެތައް ބައެއްގެ ކޮމެންޓްތައް އޭނާއަށް ލިބިގެން ދިޔައެވެ.