އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައިގެން ރައީސް ކަމަށް ހޮވިވަޑައިގަތް ޖޯ ބައިޑަންއަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބައިޑެންއަކީ ސިޔާސީ ދާއިރާގެ އިތުރުން އާންމު ދިރިއުޅުމުގައި ވެސް ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެކެވެ.

އެމެރިކާގެ 46 ވަނަ ރައީސް ބައިޑަށް އަކީ އެކި ވައްތަރުގެ ކާރުތައް ގެންގުޅޭ ކާރު ފޭންއެކެވެ. ކާރުތަކަށް ލޯބިކުރާ މާހައުލަކަށް ބައިޑަން އުފަންވި އިރު ބައިޑެންގެ ބައްޕައަކީ ކާރުތައް ޑީލުކުރުމުގައި އެތައް އަހަރެއްގެ ތަޖުރިބާއެއް ހުރި މީހެކެވެ.

ފޮޓޯ: ގޫގުލް

އުމުރުން 34 އަހަރު ވަންދެން ބައިޑެންގެ ބައްޕަ ދެލެވާރުގައި ކާރުތަކުގެ ޑީލު ހެދުމަށް އުޅުނު އިރު އޭނާ ޑީލު ހަދާ ކާރުތަކުގެ ތެރޭގައި ޗްރީސްލާ ކާރުތައް ހިމެނެއެވެ. ބައިޑެން އެންމެ ފުރަތަމަ ބޭނުން ކުރި ކާރަކީ 1951 ގައި ދުއްވި ސްޓޫޑްބާކާ ނަމަކަށް ކިޔާ ކާރެކެވެ. އޭނާ އެންމެ ގަޔާވާ ކާރަކީ 1967 ގައި އޭނާ ގެންގުޅުނު ކޯވެޓް ކާރެވެ.

ޗެވްރޮލެޓް ކޯވެޓް ކާރަކީ ބައިޑެން އެންމެ ގަޔާވާ ކާރަށް ވާއިރު އެ ކާރަކީ 350 ހޯސް ޕަވަރުގެ އިންޖީނެއް ހުރި ކާރެކެވެ. މި ކާރަކީ ބައިޑެންގެ ކައިވެނީގެ ހަދިޔާއަކަށް އޭނާގެ ބައްޕަ 1967 ގެ އޯގަސްޓު މަހު ދިން ކާރެކެވެ. މިއަދާއި ހަމައަށްވެސް ބައިޑަން ގެ އަތުގައި ރައްކާތެރިކަމާއި އެކު މި ކާރު އެބަ އޮތެވެ. ބައި ގަރުނު ވެފައިވާ މި ކާރުގެ އިންޖިނު އަލުން ހަދާފައިވާއިރު ކާރުގެ ބޭރުވެސް ވަނީ އިތުރަށް ރީތިކޮށްފަ އެވެ.

އެމެރިކާގެ ނައިބު ރައީސްގެ ދައުރުގައި ބައިޑެން ބުލެޓް ޕްރޫފް ކާޑިލެކް ލިމޯސީން އެއްވެސް ވަނީ ދުއްވައިފައެވެ. އޭނާ މިހާރު ދަތުރުކުރާނީ 'ދަ ބީސްޓް' ނަމަކަށް ކިޔާ ކާރަކުންނެވެ.

ފޮޓޯ: ގޫގުލް

ކާރުތަކަށް ލޯބިކުރާ ރައީސް އަކަށް ޖޯ ބައިޑެން ވި އިރު އޭނާގެ ޒައާމަތުގައި ކަރަންޓުން ދުއްވާ ކާރުތައް އުފައްދަން އިތުރަށް ބާރުއަޅާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ބައިޑަން އާއި ނައިބު ރައީސް ކަމަށް ހޮވުނު އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސް ކަމާލާ ހެރިސް އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެންމެ ބާރަށް ވާހަކަ ދައްކަވާ ދެ ބޭފުޅުންނެވެ. ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މިކަންކަމާއި ގުޅިގެން ހައްލުކުރަންޖެހޭ މައްސަލަތަކާއި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދުއްވާ ތަކެތި އުފެއްދުމަށް ބާރުއަޅާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބޮޑު ތަފާތަކުން އެމެރިކާގެ ރިޕަބްލިކް ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވައި ބައިޑަން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިރު އޭނާ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ބައިޑަން އެމެރިކާގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި އިރު ބައިޑަން އާއި ވާދަކުރެއްވި ޓްރަމްޕް އިންތިހާބު ގަބޫލު ނުކުރެއެވެ. އޭނާ ތުހުމަތު ކުރަމުން ގެންދަނީ އިދިކޮޅުން ވޯޓު އޮޅުވާލާފައިވާ ކަމަށެވެ. ޓްރަމްޕް ކޯޓަށްވެސް މައްސަލަ ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމިޔާ އަހުމަދު

    ވަރަށް ސުމާޓުވެސްބޭފުޅެއް !!♡♡ އަސްލުވަރަށްލޯބިމިހާރުވެސް!!

    13
    4
  2. ގަޔާވޭ

    އަސްލުވެސް ދުވަސްވެފަ ހުއްޓަސް ވވ.ސަޅިގޮތެއްހުރޭ

    8
    2
  3. ނާސާ

    ކޮބާ އެންމެފަހުން ބައްލަވައިގެންނެވި ސަރުކާރު ފޮޓޯ

    1
    1