''ޕާޓަލް ލޮކް''، ''ކައި ޕޯޗޭ''ގައި މުހިންމު ރޯލެއް އަދާކޮށްފައިވާ އާސިފް ބަސްރާ އަމިއްލައަށް މަރުވެއްޖެ އެވެ،

އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ ހިމާޗަލް ޕްރަދޭޝްގެ ދަރަމްޝާލާގައި ހުރި ޕްރައިވެޓް ކޮމްޕްލެކްސްއެއްގެ ތެރެއިންނެވެ. އާސިފްގެ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ފޮރެންސިކް ޓީމުން އާސިފްގެ މަރު ތަހުގީގު ކުރުމަށް އެ ކޮމްޕްލެކްސްއަށް ގޮސްފައިވާ ކަމަށް އެސްއެސްޕީ ކަންގްރާ ވިމްކުތު ރާޖަން ބުނެފައިވެއެވެ.

އުމުރުން 53 އަހަރުގެ އެކްޓަރ މަރުވެފައިވަނީ އަމިއްލައަށް ދަންޖެހިގެންނެވެ. މި މަރާއި ގުޅިގެން އިތުރު އެއްޗެއް ބުނެވޭނީ އަދި އިތުރަށް ތަހުގީގު ކުރުމަށްފަހުގައި ކަމަށް ވެސް ކަންގްރާ ވިމްކުތު ރާޖަން ބުނެފައިވެއެވެ.

ބޮލީވުޑުގެ ފިލުމުތައް ކުޅެން ފެށުމުގެ ކުރިން އާސިފްއަކީ ޓެލެވިޜަން އިންޑަސްޓްރީއާއި ތިއޭޓަރތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

އާސިފް ބަސްރާއަކީ ބޮލީވުޑު ފިލުމުތަކުގައި ފާހަގަ ކޮށްލެވޭ ރޯލުތަކެއް ކުޅެފައިވާ ފަންނާނެއްގެ އިތުރުން އޭނާ ވަނީ ހޮލީވުޑުގެ ފިލުމެއް ކަމަށްވާ ''އައުޓްސޯސްޑް''ގައި ވެސް މަސައްކަތް ކޮށްފައެެވެ.

އާސިފްގެ އެންމެ ފާހަގަ ކޮށްލެވޭ ރޯލަކީ ހޮލީވުޑުގެ ކޮމެޑީ ފިލުމެއް ކަމަށްވާ ''އައުޓްސޯސްޑް''ގައި އޭނާ އަދާ ކޮށްފައިވާ ރޯލުކަމަށް ވެސް ގިނަ ބައަކު ފާހަގަ ކުރެއެވެ.

1998 ވަނަ އަހަރުން ފެށިގެން މި އިންޑަސްޓްރީއާއި ގުޅުނު އާސިފު ވަނީ މިހާތަނަށް 45 ފިލުމަށްވުރެ ގިނަ ފިލުމުތަކާއި ޓީވީ ޑުރާމާތަކުގައި މަސައްކަތް ކޮށްފައެވެ.

އާސިފުގެ ކުޅޭފައިވާ ބައެއް ފިލުމުތަކަކީ ''ވޮހް''، ''ބުލެކް ފްރައިޑޭ''، ''މައި ފުރެންޑު ޕިންޓޯ''، ''ޖަބް ވީ މެޓް''، ''ކްރިޝް 3''، ''ފްރީކީ އަލީ'' ފަދަ އެތައް ފިލުމުތައް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހެންވީމަ......

    އެހެންވީމަ ކައިޕޯޗޭ ކުޅުނު ދެ ސްޓާރުން އެއްގޮތަކަށް މަރުވީ އެވެ. މިބުނީ ސުޝާންތު ސިންގ އާއި މި، ޢާޞިފް ބަޝްރާ ވެސް މަރުވީ އެއްގޮތަށް ކަމަށްވާތީ އެވެ.

    15
    1