ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖެ އައިސް ނެގި ފޮޓޯ ޝޫޓްގެ ބިހައިންޑް ދަ ސީންގެ ފޮޓޯއެއް މިއަދު މި ވަނީ އާއްމުކޮށްފައެވެ. އޭނާ އެ ފޮޓޯ އާއްމުކޮށް ލިޔެފައި ވަނީ "ކަމިންގ ސޫން" ކަމަށެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރްގެ އާއި ހޭއާ ސްޓައިލިސްޓް ޖަވްރްޖީ އެކުގައެެވެ.

ކެޓްރީނާ ރާއްޖެ އައިސް ފުރަތަމަ ހުރީ ވެލެސަރު މޯލްޑިވްސްގައެވެ. އެތަނުގައި މަޑުކުރުމަށްފަހު މިހާރު އޭނާ ހުރީ ސޮނެވާ ފުށީގައެވެ.

އޭނާ އާއްމުކޮށްފައި ވަނީ ސޮނެވާ ފުށީގައި ހުރެ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ އާއްމުކޮށް އޭނާ ވަނީ އެ ހެދުމަކީ ފެޝަން ޑިޒައިނާ ފަލްގުނިޝަންޕީކޮކް ބްރޭންޑްގެ ހެދުމެެއް ކަމަށް ބުނެފައެވެެ. އަދި މޭކަޕް ކޮށްފައި ވަނީ އޭނާގެ އަމިއްްލަ ބްރޭންޑް ކަަަމަށްވާ ކޭބައިކެޓްރީނާގެ މޭކަޕްތައް ބޭނުންކޮށްގެން ކަމަށް ބުނެފައި ވެއެވެ.

ކެޓްރީނާ އިންސްޓަގްރާމް ކުރި އެ ފޮޓޯއިން ފެނިގެން ދަނީ ސޮނެވާގެ ރީތި ގޮނޑުދޮށެވެ. އެ ގޮނޑުދޮށުގައި އޭނާ ރަތް ކުލައިގެ ހެދުމެއް ލައިގެން، ފޮޓޯޝޫޓަށް ތައްޔާރުވެގެން އިށީންދެ އިންއިރު، ކެމެރާތަކުން އޭނާގެ ފޮޓޯ ނަގާ މަންޒަރުވެސް ފެނެއެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެ މިއީ މަޝްހޫރު ގައުމެކެވެ. މިހާރުވެސް މަޝްހޫރު ތަރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދެއެވެ. އޭގެ ތެރޭގައި ޓައިގާ ޝްރޮފް އައި ޑިޝާ ޕަޓާނީ، އަދި ރިތިކް ރޯޝަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯގޯސް

    ތިޔަކަމަކާހު ރެ މޯދީވެސް މިގައުމާ ހިތާވެގެން ނެއްޓެން ނޭންގިގެން އެއުޅެނީ މިތަނުގެ ރީތިކަމުން ބަޓް އިންޑިޔާ އަޢުޓް

    55
    7
    • ޔާގުންޑޭ

      އަސްލުވެސް ކަލޭ ހަމަ ބޯގޯސް

      5
      6
  2. ޅަބޭ

    އޮ ރިޔާންވި ވަ ރަކައް މީހުންގެ ސަމާލުކަން ލިބޭނެ

    56
    5
  3. ޖޯޑަން

    މާދަމާ ރާއްޖޭގެ މަޝްހޫރު މޮޑެލް ޅ. ނައިފަރު ކައިޒީން ވެސް ތިޝޫޓް ޖައްސާނެ. ދެން ބުނާނެ ކެޓްރީނާ ތިމަންނަ ކޮޕީ ކުރީއޭ އެހެންނޫނީ މިކަންވީ އިއްތިފާގަކުންނޭ

    58
    4
  4. ވަތު ތަށި

    ޅ. ނައިފަރާ އަޅައިގަނެގެން ނެއްޓެން ނޭނގެގެން ތިއުޅެނީ ނައިފަރު މީހަކާ ހިތާވީތަ އަނެއްކާ. ހަމަ އަސަރެއް ކޮށްލާނީ.

    12
    47
  5. Anonymous

    އޭނާ އައިސް ކަރަންޓީނު ވިތަ؟