ބޮލީވުޑްގެ މަޝްހޫރު ދެމަފިރިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްއަކީ ތަރިންނަކީ އެންމެންގެ ފޭވަރޭޓެކެވެ. އެ ދެ މީހުންގެ ކައިވެނީގައި އޮންނަ ފަދަ ގުޅުމެއް ބާއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ މީހުންވެސް މަދެއް ނޫނެވެ.

އެކަމަކުގެ މިހާރު އަޑުތައް ފެތިފައި ވަނީ ކައިވެނީގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދި އެކަމާއި ހެދި ދެ މީހުންގެ ދެމެދުގައި ޒުވާބެއްވެސް ގޮސްފައިވާ ކަމަށް ބުނެ ޓްވީޓެއްވެސް ކޮށްފައި ވެއެވެ.

ވައިރަލްވި ޓުވީޓުގައި ބުނެފައިވަނީ ވިކީ އޭނާގެ ވެނިޓީ ވޭނުގައި ކެޓްރީނާއާ ފޯނުން ޒުވާބުކޮށް ރުޅި އައިސްގެން އަމިއްލަ ފޯނު ބިންމައްޗަށް ޖަހާ ހަލާކުކޮށްލި ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ވިކީ އާއި ކެޓްރީނާ އެކުގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށްވެސް މީޑިއާ ތަކުން ދަނީ ބުނަމުންނެވެ.

މިހާރު އާއްމުވެފައިވާ ޓުވީޓާ ބެހޭ ގޮތުން ބޮލީވުޑްލައިފް އިން ބުނީ މި ހުރިހާ ޓުވީޓެއް ބަލާލުމުން އެނގެނީ އޭނާއަކީ ޔަގީނުން ވެސް އިންޑަސްޓްރީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭ މީހެއް ނޫން ކަމަށެވެ.

އަދި ވިކީ އާއި ކެޓްރީނާގެ ފޭނުން އެފަދަ ވާހަކަތައް ދެއްކި ފިރިހެން މީހާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނާއިރު، ދެމަފިރިން އުޅެނީ ވަރަށް ލޯބިން އެކުގައި ކަމަށްވެސް ވާހަކަތައް ދެކެވޭ ކަމަށްވެސް ބުނެފައި ވެއެވެ.