ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ ވިކީ ކައުޝަލް މިހާރު ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމް ޒަރާ ހަޓްކޭ ޒަރާ ބަޗްކޭގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރަމުންނެވެ. އެ ކޮމެޑީ ފިލްމްގެ ޓްރެއިލާއެއް ދާދި ފަހުން ވަނީ އާއްމުކޮށްފައެވެ. މިދިޔަ ހޯމަ ދުވަހު ލޯންޗިންގ ހަފްލާގައި ބައެއް މީޑީއާތަކުގެ ސުވާލުތަކަށްވެސް ޖަވާބު ދީފައި ވެއެވެ. އޭގެ ތެރޭގައި ބައެއް މަޖާ ސުވާލުތައްވެސް ހިމެނެއެެވެ.

އެގޮތުން އެކަކު ކުރި ސުވާލެއްގައި ބުނެފައި ވަނީ "[އަހަރުމެންގެ ގައުމުގައި ކައިވެންޏަކީ އެތައް އުމުރެއް ވަންދެން ދެމިއޮންނާނެ ކަމަށް ގަބޫލުކުރެވޭ ގުޅުމެއް. މި ވިސްނުމަށް ތާއިދު ކުރަން؟ ނޫނީ ކެޓްރީނާއަށް ވުރެ ރަނގަޅު މީހަކު ފެނިއްޖެނަމަ އޭނާ ވަރިކޮށްފާނަން؟،

އެ ސުވާލު ކުރުމާއެކު ބަތަލާ ސާރާ އަލީ ޚާންއަށް ލިބުނީ ހައިރާން ކަމެކެވެ. އަދި ވިކީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

[އަހަރެން މިރޭ ގެއަށް ދާން ޖެހޭނެ، ތިކުރަނީ މިކަހަލަ ޓްވިސްޓެޑް ސުވާލުތަކެކެވެ. އަހަންނަކީ އަދިވެސް ކުޑަކުއްޖެއް. އަހަރެން ކުޑަކޮށް ބޮޑުވެލާނަން. އަހަރެން މިކަމަށް ޖަވާބު ދޭނީ ކިހިނެއް؟ މިފަދަ ނުރައްކާތެރި ސުވާލަކަށް". އޭނާ ބުންޏެވެ.

ސާރާ އަލީ ހާން އެކު ވިކީ ކޯޝަލް ދެން ފެނިގެންދާނީ "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ" އިންނެވެ. ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ ޖޫން މަހުގެ 2 ވަނަ ދުވަހެވެ.