ހޮލީވުޑްގެ ފިލްމީތަރި ޒެކް އެފްރޯން އޭނާގެ ލޯބިވެރިޔާ ގާތު ކައިވެންޏެއް އެހުމަށް ފަހު އޮސްޓްރޭލިޔާއަށް ގޮސް މިހާރު އުޅެނީ ވަރަށް އާދައި ދިރިއުޅުމެއްގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ،

ނިމިދިޔަ ހުކުރު ދުވަހު ދެކުނު އޮސްޓްރޭލިޔާއަށް ދިޔަ ޒެކް މިވަނީ ކްރިސްމަސް އަށް ތައްޔާރުވާން ވިޔަފާރިކުރަން އެކަނި ގޮސް އުޅެނިކޮށް ފެނިފަ އެވެ. އެޑެލައިޑޭގެ ރަންޑަލް މޯލް އިން ޒެކް ފެނިފައިވާއިރު އޭނާ ހުރީ އަޅި ކުލައިގެ ހުޑީ އަކާއި ހަމަ އެ ކުލައިގެ ޖިންސެއް ލައިގެންނެވެ.

އުމުރުން 33 އަހަރުގެ ޒެކް މީހުންނަށް އޭނާ އަކީ ކާކުކަން ނޭންގުމަށް ބޮލުގައި ބާސްކެޓްބޯޅަ ތޮއްޕެއް އަޅައިގެން ހުރި އިރު އޭނާ ހުރީ އާދައިގެ ފައިވާނަކަށް އަރައިގެންނެވެ. މީގެ ދުވަސްކޮޅެއް ކުރީން އެޑެލައިޑޭގެ ސީބީޑީގައި ހުންނަ މަޝްހޫރު ޑައިވް ބާ ކްރައި ބޭބީ ކައިރިންވެސް ފެނިފައި ވެއެވެ. ހުކުރު ދުވަހު އެއާޕޯޓުންވެސް ޒެކް ފެނުނު އިރު އެދުވަހު އޭނާ ދެކުނު އޮސްޓްރޭލިޔާގައި ފިލްމެއް ކުޅޭނެ ކަން އިޢުލާން ކޮށްފައި ވެއެވެ.

މީގެ އިތުރުން ވިޔަފާރިކޮށްގެން މަގުމަތީން ހިނގާފައި ދަނިކޮށް ޒެކް ފެނިފައި ވެއެވެ. އެ ދުވަހު އޭނާ އާއި އެކު އޭނާގެ ރައްޓެއްސެއްވެސް ކައިރީގައި ހުއްޓެވެ. ނަމަވެސް ޒެކްގެ ލޯވިވެރިޔާ ވެނެސާ ވަލަޑަރެސް ނުފެނެ އެވެ.

އެންމެ އަވަހަށް ޒެކް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެ ފިލްމުގައި ޒެކް ގެ އިތުރުން ދެން ފެނިގެންދާނީ އޮސްޓްރޭލިޔާގެ ފިލްމީ ތަރިއެއް ކަމަށްވާ އެންތޮނީ ހަޔެސް އާއި ސޫސީ ޕޯޓާ އެވެ. މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބޭރުގެ ބައެއް މީޑިޔާތަކުން މަޢުލޫމާތު ދޭ ގޮތުގައި ޒެކް އަށް އޭނާ އެންމެ ފަހުން ކުޅެން ފުރުސަތު ލިބުނު ފިލްމު ލިބުނީ އެ ފިލްމު ކުޅެން ކުރިން ހަވާލުކުރި ސެމް ވޯތިންޓަން ދުރުކުރުމަށްފަހުގައި އެވެ.

ފިލްމް ގޯލްޑް ގެ ޑައިރެކްޓަރު 43 އަހަރުގެ އެންތޮނީ ބުނީ ޒެކް އޭނާގެ ފިލްމު ކުޅެން ޖެހުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ ފިލްމުގެ މައިގަނޑުގެ މީހާގެ ގޮތުގައި ފެނިގެން ދިއުމުން އެއީ ލިބުނު ބޮޑު ހަދިޔާއެއް ކަމަށް އޭނާ ސިފަކުރި އެވެ. އަދި ބެލުންތެރިންނާއި ހަމައަށް ފިލްމު ގެނެސްދިނުމަށް އޭނާ ކެތް މަދުވެފައިވާކަމަށްވެސް ބުނެފައި ވެއެވެ. މި ފިލްމު ސިނެމާ ތަކުގައި ދައްކަން ފަށާނީ އަންނަ އަހަރުގައި އެވެ.

ފިލްމު ކުޅުމުގެ އިތުރުން ލަވަކިއުމުގެ ހުނަރުވެސް ލިބިފައިވާ ޒެކް މިހާތަނަށް މަޝްހޫރު އެތަކެއް ފިލްމެއް ކުޅެފައިވާއިރު އޭގެ ތެރޭގައި ހައި ސްކޫލް މިއުޒިކަލް ޓްރިލޮޖީ (2006-2008) ، ހެއާ ސްޕްރޭއި (2007)، ކޮމެޑީ ފިލްމު 17 އެގެއިން (2009) ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ މިލްމަކީ ސްކޫބް ހިމެނެއެވެ.