އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އޭނާގެ ފިރިމީހާ ސޭމް އަސްގަރީއާ ވަރިވެފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ. މި ދެ މީހުންގެ ގުޅުން ނިމުމަކަށް އައިސްފައި ވަނީ ބޭވަފާތެރިކަމުގެ ތުހުމަތުތަކެއްގެ ސަބަބުން ކަަމަށް ވެއެވެ.

ޓީއެމްޒެޑުން ތުހުމަތުކުރާ ގޮތުގައި އޮގަސްޓް މަހުގެ ކުރީކޮޅު ސޭމް ލަވަކިޔުންތެރިޔާއާ ކުރިމަތިލީ އޭނާ އޮޅުވާލި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ. އަދި އެ ދެ މީހުންގެ ދެމެދުގައި ބޮޑު ޒުވާބެއް ހިނގި ކަަމަށްވެސް ވާހަކަތަކެއް ދެެކެވުނު ކަަމަށްވެސް ވެއެވެ.

އަދި އެ ޒުވާބުގެ ސަބަބުން ސޭމް ލޮސް އެންޖެލިސްގައި އެ މީހުން ދިރިއުޅެމުންދާ ގެއިން ނުކުންނަން ޖެހުނުއިރު، ސޭމް ގެެއިން ނުކުމެގެން ދިޔައީ އޭނާގެ ކައިވެނީގެ ބޭންޑާ ނުލައި ކަމަށް ވެއެވެ. މިއާއެކު ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ ކަަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރިޓްނީ އާއި ސޭމް ކައިވެނީގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރީ މީގެ 13 މަސް ކުރިން 2022 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ 2016 ވަނަ އަހަރު "ޕާފިއުމް" ގެ މިއުޒިކް ވީޑިއޯގެ ސެޓުގައި ބައްދަލުވުމަށް ފަހުގައި ކަަމަށް ވެއެވެ.

މި ގުޅުން ނިމުމަކަށް އައިސްފައި ވަނީ ބްރިޓްނީ އަލުން މިއުޒިކަށް އެނބުރި އައީ ތަނާހެންނެވެ. އޭނާ އެންމެ ފަހުން ކިޔާފައި ވަނީ ވިލިއަމް އާއެއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަނުބެ

    އާދޭ މަ ގާތަށް

    6
    1
    • ބުރިޓްނީ

      ކަލޭ މާ ކަޅު..

      12
      2
  2. Anonymous

    ޑޭޓު ދޭން ހަ އަހަރު. ކައިވެންޏަށް ހަމަސް. ވަރަށް ތާހިރެއްނުން. މިއީ ހުޅަނގުގެ ސަގާފަތް.

    13
    2
  3. ހައްވައްތަ

    މީގެ މީހެއް ވަރި ވީމަ އިނގެނީވެސް މީހަކާ އިނދެގެންކަން އުޅެނީ

    6
    2