ބޭނުންވާނެ ތަކެތި

3 ވައް ދޮންކެޔޮ (ކޮށާފައި)
¾ ތަށި ސްކިމްޑް މިލްކް
8 އައުންސް ވެނީލާ ޔޯގަޓް
1 ޕްރިމޭޑް ޕައި ކްރަސްޓް (އަމިއްލައަށް ކްރަސްޓް ހަދަން ބޭނުން ނަމަ، މިކްސަރުން ފުނޑުވާފައި ހުރި ބިސްކޯދު ނުވަތަ ފާރޮށިގެ ތެރެއަށް ބަޓަރ އެޅުމަށް ފަހު އަނެއްކާވެސް ފުނޑުމުން ކްރަސްޓް ހެދޭނެ)
3.4 އައުންސް ވެނީލާ ޕުޑިން
ސްޓްރޯބެރީ

ތައްޔާރު ކުރާނެ ގޮތް

ކޮށާފައި ހުރި ދޮންކޭލުން އެއްބައި ޓްރޭ އެއްގައި އަތުރާލާށެވެ. ދެން ކިރު، ވެނީލާ ޔޯގަޓް، އަދި ވެނީލާ ޕުޑިން މިކްސަރަކުން މިކްސް ކޮށްލުމަށް ފަހު މިކްސްކުރިބައި ޓްރޭއަށް އަޅާލާށެވެ. އަދި އެއް ގަޑިއިރު ވަންދެންފްރިޖްގައި ބަހައްޓާށެވެ. އޭގެ ފަހުން ސްޓްރޯބެރީ އަދި ބާކީ ހުރިދޮންކެޔޮ އޭގެ މައްޗަށް އަޅާލާށެވެ.